ރޯދަ މަސް ދެބައިވީ، ކަރަންޓު ކެޕްކުރުން އަދިވެސް މަޝްވަރާގައި

އެންވަޔަރަމަންޓް މިނިސްޓްރީން ޔުޓިލިޓީ ކުންފުނިތަކާ ބައްދަލުކުރަނީ: މި ބައްދަލުވުމުގައި މަޝްވަރާކުރީ ރައީސްގެ އެންގެވުމަށް ކަރަންޓު ކެޕްކުރުމާ ގުޅޭގޮތުން  -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓްރީން ޔުޓިލިޓީ ކުންފުނިތަކާ ބައްދަލުކުރަނީ: މި ބައްދަލުވުމުގައި މަޝްވަރާކުރީ ރައީސްގެ އެންގެވުމަށް ކަރަންޓު ކެޕްކުރުމާ ގުޅޭގޮތުން -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރޯދަ މަހު ގޭގޭގެ ކަރަންޓާއި ފެން ބިލުތައް ބޮޑުނުވާނެ ގޮތަށް އާންމު މަހެއްގައި ހުންނަ ރޭޓުގައި ކެޕްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރާނެ ގޮތެއް އަދިވެސް ނުނިމޭ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ކަރަންޓާއި ފެން ބިލުތެއް ކެޕްކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރޯދައިގެ ކުރިން ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން، ބ. އޭދަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ މިކަން ކުރަން ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ގާތު ދެންނެވުމުން އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"މިހާރު ފެނަކަ އާއި ސްޓެލްކޯއަށް އަޅުގަނޑު ދަންނަވާފައި ވާނެ. އެމްޑަބްލިޔޫއެސްސީއަށް ވެސް ދަންނަވާފައިވާނެ. އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި," ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފެން ބިލް ވެސް އާންމު މަހެއްގައި ހުންނަވަރަށް. ކިތަންމެ ލޯޑް ބޮޑުވިޔަސް، އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް ކަރަންޓް ބިލަކުން ވެސް. އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން."

ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން މިކަމަށް އެއްބަސްވީ ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެނީ، ކެޕްކުރުމާ ގުޅޭ ކަންކަން އިއުލާން ނުކުރެވިގެން އުޅެނީ މިކަން ކުރާނެ ގޮތަކާ މެދު އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކުުންފުނިތަކުން އެއްބަސްވުމަކަށް ނާދެވޭތީ އެވެ. އެންމެ ބޮޑު ހުރަހަކަށް ވެގެން އުޅެނީ ކުންފުނިތަކަށް ލިބޭ މާލީ ގެއްލުން ފޫބައްދާނެ ގޮތެކެވެ.

މިކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގައި ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިނިސްޓަރު ތޯރިގު އިބްރާހިމް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް މިކަމާ ގުޅޭ މަޝްވަރާތައް ކުރިކަން ކަށަވަރުކޮށްދީފަ އެވެ. އެ މިނިސްޓްރީގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓަކުން އެނގެނީ މި ބައްދަލުވުމެއް ބޭއްވީ މި މަހުގެ 14 ގައި ކަމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޕޯސްޓުގައި ކަރަންޓު ކެޕްކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ކަން ނަންނުގަނެ ލިޔެފައި ވަނީ، ރޯދަ މަހުގެ ތެރޭގައި ކަރަންޓު ބިލުތައް އަގުހެޔޮ ކުރެވޭނެ ސްޓްރެޓަޖީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

ނަމަވެސް އެތަނުން އެއް ފޮޓޯއިން މި ބައްދަލުވުން ބޭއްވުނީ ބ. އޭދަފުށީގައި ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން ކަން ހާމަވެ އެވެ. އެ ފޮޓޮއިން ފެންނަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދަށް އެޑްރެސްކޮށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި ވަނީ ރައީސް ނިންމަވާ އިއުލާންކުރައްވާފައިވާ ގޮތަށް އާންމު މަހެއްގައި ހުންނަ ވަރަށް ބިލުތައް ކެޕްކުރުމަށް ޔުޓިލިޓީ ކުންފުނިތަކަށް އެންގުމަށެވެ.

ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ބިލުތައް ކެޕްކުރަން ސަރުކާރުން ނިންމިއިރު މި އަހަރުގެ ރޯދަ މަސް އިއްތިފާގުވީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާ އެވެ. މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑުވެގެން އާންމުކޮށް ޝަކުވާތައް އާދެ އެވެ.

އެހެންކަމުން އާންމު މަހެއްގައި ހުންނަ ވަރުގައި ބިލުތައް ކެޕްކޮށްފި ނަމަ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބުނު ނަަމަވެސް ނަމަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫގައިވާ ގޮތުން އެ އޮތޯރިޓީން އަންގައިގެން އަގަށް އަންނަ ބަދަލުގެ ގެއްލުން ސަރުކާރުން ފޫބައްދައިދޭން މަޖުބޫރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox