މުއިއްޒަށް މަޖިލިސް ލިބިއްޖެ ނަމަ އަނިޔާވެރިކަމާއި ފަސާދަ ނޫން ކަމެއް ނޯންނާނެ: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު -- ފޮޓޯ: އަދަދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު -- ފޮޓޯ: އަދަދު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަމާއި ފަސާދަ ނޫން ކަމެއް ނޯންނާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ރޭ ގެނެސްދިން "ކުޅިކޮށް" ޕްރޮގްރާމުގައި ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނެންގެވިއްޖެ ނަމަ ދެން ޝަރުއީ ނިޒާމު ވެސް މިނިވަން ނުވާނެ ކަމަށެވެ.

"ތިން ބާރު އެކެއްގެ މުށަށް ލެވިއްޖެ ކަމަށް ވަންޏާ އެޔަކުން ނުކުންނާނެ އަނިޔާވެރިކަން ނޫން އެހެން އެއްވެސް ކަމެއް ނޯންނާނެ. އެޔަކުން ނުކުންނާނެ ފަސާދަ އާއި ކޮރަޕްޝަން ނޫން ނޫން ކަމެއް ނޯންނާނެ." ވަހީދު ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގަތުމަށް ދެ ވަނަ ދައުރެއްގެ އެދުން އުފެދޭނެ ކަމަށާއި ދައުލަތުގެ ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރާނެ ކަމަށާއި މި ވެރިކަމުން މިހާރު ވެސް އެ ކަންކަން ފެންނަން ފަށާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިއްޖެ ނަމަ، މުއައްސަސާތައް ވެސް މިނިވަން ނުވާނެ ކަމަށާއި، ނޫސްވެރިކަން ވެސް މިނިވަންކަމާއެކު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް އެ މަނިކުފާނު އަދިވެސް ހުރީ މާލޭ ބަންދުގަ އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން މިއަދުގެ ސަރުކާރަށް ދަތިވެގެން އުޅެނީ ކޮންކަމާ ގުޅިގެންތޯ ސުވާލު އުފައްދަވައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕާމެދު ކުރީގެ ރައީސް އަބްދުالله ޔާމީން ހިތްހަމަނުޖެހުން ވަނީ ފާޅުކުރައްވައިފަ އެވެ.

ޑްރޯން ގަތުމުގެ މުއާމަލާތް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަތަރު މަސް ދުވަސްވީއިރު، އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފެށި ފުށިދިއްގަރުފަޅު ހިއްކުމުގައި އަދި އެންމެ ފަހުން ތައާރަފު ކުރި އެމްއެންޑީއެފްގެ ޑްރޯން ހޯދުމުގެ މުއާމަލާތުގައި ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭއިރު، އެކަންކަން ބަލަންޖެހޭ ކަންކަން ކަމަށް ވަހީދު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވިޔަސް، ދައުލަތުގެ ވަސީލަތާއި ބާރާއި އިހުތިޔާރުތަކަކީ، "އަލާއުއްދީންގެ ވޮއްގަނޑުހެން އަތް ކާތާލާފައި ބޭނުން ކަމެއް ފުއްދަން އޮތް ޖާގައެއް ނޫން" ކަމަށާއި ދައުލަތުގެ މާލިއްޔަތަކީ ރައްޔިތުންގެ އެއްޗަކަށް ވާއިރު، ކުރެވޭ ހޭދަ ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ޑްރޯން މުއުލޫމާތު ގައުމީ ސަލާމަތުގެ ނަމުގައި ހިފަހައްޓާފައި ވާއިރު، ރައީސް މުއިއްޒާއި ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތް އިރު އެންމެ ބޮޑަށް އަޑު އުފުލަމުން ދިޔައީ އިންޑިއާއާއެކު އޭރު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމާއި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ އެއްބަސްވުންތައް ހާމަ ނުކޮށް، އިތުރަށް ސިއްރު އެއްބަސްވުންތައް ދަނީ ހަދަމުންނެވެ.

ވަހީދު ވިދާޅުވީ ތުރުކީން ގެނައި ޑްރޯން ދެ މިލިއަން ޑޮލަރަށް ވެސް ވިއްކާފައި ހުރި ކަމާއި ފަސް މިލިއަން ޑޮލަރުގެ އަގުން ބެލިޔަސް 560 މިލިއަން ރުފިޔާ ތިން ޑްރޯންނަށް ހޭދަ ނުވާނެ ކަމަށެވެ.

ޑްރޯންއާ ގުޅޭ އެއްވެސް މުއާމަލާތެއް ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ޑްރޯންތައް ގަތުމަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު ހަމަޖެއްސި ކަމަށް އަދަދު ނޫހުން ހާމަކުރި އެވެ. އެކަމަށް އެމްއެންޑީއެފް އިން އަދި ސަރުކާރުން ރައްދެއް ދީފައި ނެތް އިރު، މިދިޔަ ހަފުތާގައި ޑްރޯންތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑްރޯން މުއާމަލާތުގެ ގިނަ ތަކެތި ހިލޭ ލިބުނު ކަމަށެވެ. ނަމަވެސް ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

"އެހެންވީމަ [އެއީ] ކަނޑައެޅިގެން ހިޔާނާތް، ކަނޑައެޅިގެން އޮޅުވާލުން. އެބޭފުޅުންނަށް އެއްވެސް ހައްގެއް، އެއްވެސް އިހުތިޔާރެއް ނޯންނާނެ އެހާ ބޮޑެތި އަދަދުތަކުން ރައްޔިތުންގެ މާލިއްޔަތުން، އަދި ކިތަންމެ ކުޑަ އަދަދެއް ވިޔަސް ހޭދަކޮށްފައި އޭގެ މައުލޫމާތު ނުދީ ހިފަހައްޓައިގެން ތިބުމުގެ ޖާގައެއް،" ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ވެސް ކުރަންޖެހޭނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކީގައި ކަމަށާއި އެކަމަށް ކުރެވޭ ހޭދަ ވެސް ވާންޖެހޭނީ ރައްޔިތުންނަށް ހާމަވާ ހޭދައަކަށް ކަމަށް ވަހީދު ވިދަޅުވި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފުރަތަމަ ތާވަލުކުރީ މާޗު 17 އަށެވެ. ނަމަވެސް، އެއްވެސް އިންތިހާބެއް ރޯދައިގެ ތެރޭގައި ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާނެ އާ ތާރީހެއްގެ ގޮތުގައި އޭޕްރީލް 21 ވަނީ ކަނޑައަޅައިފަ އެވެ.

މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްވެސް ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ އެމްޑީޕީގެ ޓިކެޓު ދީފައި ވަނީ 90 ކެންޑިޑޭޓަކަށެވެ. ސަރުކާރު ހިންގާ ޕީއެންސީން މަޖިލިސް އިންތިހާބަށް ނެރެފައި ވަނީ 89 ކެންޑިޑޭޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox