ހުއްދަ ދިން ނަމަވެސް ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯއެއް ދެން ނުޖެހޭނެ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ. ވޯޓު ކަރުދާސްތައް ޕްރިންޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހާމަކުރެއްވި -- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ. ވޯޓު ކަރުދާސްތައް ޕްރިންޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހާމަކުރެއްވި -- ފޮޓޯ: އަދަދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ނަން ހުށަހެޅުއްވި ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ލޯގޯ ޖެހުމުގެ ހުއްދަ ދިން ނަމަވެސް ވޯޓު ކަރުދާހުގައި ލޯގޯ ޖެހުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާރު ވޯޓު ކަރުދާސްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި، އެހެންވީމާ އެ ބޭފުޅުން އެދިލެއްވި ގޮތަށް ލޯގޯ ބޭނުން ކުރުމުގެ ހުއްދަ އަޅުގަނޑުމެންނަށް ދެވުނަސް ވޯޓު ކަރުދާހުގައި ލޯގޯ ޖެހުމުގެ ފުރުސަތެއް ދެން ނޯންނާނެ،" ހަސަން ވިދާޅުވި އެވެ.

ޕީއެންއެފް ރެޖިސްޓަރީ ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އަދި ރަސްމީކޮށް ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާ ނުވާކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް އިލެކްޝަނަށް ހުށަހެޅުމާއި ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށް ވެސް ދުވަސްކޮޅެއް ހޭދަވާނެ ކަމަށެވެ.

"މިސާލަކަށް މިއަންނަ ހަފުތާގައި އެ ބޭފުޅުން ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ފޯމު ހުށަހެޅި ނަމަވެސް އަދި ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށް ވެސް ދެ ހަފުތާއެއްވަރު ނަގާނެ،" ހަސަން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރާ ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި އިލެކްޝަނަށް ނަން ހުށަހަޅުއްވާފައި ވަނީ ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ. ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖަހައިދިނުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިއްޔެ ވަނީ އީސީގައި އެދިފަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީ މި ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އެވެ. ނަމަވެސް އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމުތައް އީސީއަށް ހުށަހެޅީ އަމިއްލަ ގޮތުން ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ

ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ މެންބަރުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖެހުމަށް މީގެ ކުރިން ވެސް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީގައި އެދުނެވެ. ނަމަވެސް ޕީއެންއެފްއަކީ ރެޖިސްޓަރީ ނުވެ އޮތް ޕާޓީއަކަށް ވާތީ އޭރު އިލެކްޝަނުން ނިންމީ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ނުދިނުމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދާއެކު 40 ދާއިރާއަކަށް ވާދަ ކުރުމަށް ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox