މަޝްރޫއުތައް ހުއްޓުނީ މުވައްޒަފުންނަށް ކުރާ ހަރަދު ބޮޑުވެގެން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

މި ސަރުކާރުގައި މުވައްޒަފުންނަށް ކުރާ ހަރަދު ބޮޑުވިޔަސް، ތަރައްގީގެ މަޝްރޫއުތަކުގެ ހޭދަ ދަށްވެ، މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ އެމްޑީޕީ ސަރުކާރުގެ ހަރަދު ބޮޑުވެގެން ކަމަށާއި ނަމަވެސް މި ސަރުކާރުން މުވައްޒަފުންނަށް ކުރާ ހަރަދު މާ ބޮޑަށް އިތުރުވެއްޖެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކާ ހަވާލާދީ ނޫހެއްގައި ލިޔެފައިވާ ލިޔުމަކަށް ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ކުރި ހަރަދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މިންވަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

"މާނައަކީ ކޮންމެ މަހަކު 150 މިލއަިން ހަމައަކިނި މުވައްޒަފުންގެ ހަރަދާއި އިނާޔާތްތަކަށް ހަރަދު ވެއްޖޭ މި ސަރުކާރުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވަޒީފާ އުފެއްދުމަކީ ސަރުކާރުގެ ވަޒީފާތައް އިތުރުކުރުން ނޫން ކަމަށާއި ވަޒީފާ އުފައްދަން ޖެހޭނީ އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށްގެން ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު ކުރީ ސަރުކާރުން މުސާރައަށް 1.9 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި 2.1 ބިލިއަން ރުފިޔާ މުސާރައަށް ހަރަދު ކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

މުވައްޒަފުންގެ ހަރަދު ބޮޑުވެގެން ދިޔައިރު، މަދުވެގެން ދިޔައީ ތަރައްގީގެ މަޝްރޫއުތަކުގެ ހޭދަ ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގެ ސަރުކާރުން މަޝްރޫއުތަކަށް ފުރަތަމަ ދެ މަހު 2.7 ބިލިއަން ރުފިޔާ ހާދަކޮށްފައި ވާއިރު، މި ސަރުކާރުން މި ވޭތުވެދިޔަ ދެ މަހު ހޭދަކޮށްފައި ވަނީ އެންމެ ބިލިއަނެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރަށް ކުރެވިފައި އޮތީ އެންމެ އެއްހާސް މިލިއަން (އެއް ބިލިއަން)، އެންމެ އެއްހާސް މިލިއަން. އެއީ ތަންތަނުގައި މަޝްރޫއު ނުހިނގައިގެން އުޅޭ ސަބަބަކީ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހުއްޓާލައިފައިވާ ކަމަށް ކުރީގެ ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox