ޓްރީޓޮޕުގެ އީއެންޓީ ޓީމުން ބަލި މީހެއްގެ ޕެރަޓޮއިޑް ޓިއުމަރެއް ނަގައި، ކާމިޔާބުކަމާއެކު ޕެރޮޓިޑެކްޓޮމީ ސާޖަރީއެއް ހަދައިފި އެވެ.
ޕެރަޓޮއިޑް ޓިއުމަރަކީ ކަންފަތާއި ކަތުރުކަށިގަނޑާއި ދެމެދު ހިމެނޭ ޕެރަޓޮއިޑް ގްލޭންޑުގައި އުފެދޭ ޓިއުމަރެކެވެ. މޫނުގެ ގިނަ ނާރުތަކެއް ހިމެނޭ ސަރަހައްދުގައި ކުރަން ޖެހޭ މި ސާޖަރީއަކީ އުނދަގޫ އަދި ކޮމްޕްލެކްސް ސާޖަރީއެކެވެ.
ޓްރީޓޮޕުން ބުނީ އެހެން ހޮސްޕިޓަލުތަކުން ނުކުރެވޭނެ ކަމަށް ބުނެފައިވާ މި ސާޖަރީ ޓްރީޓޮޕުން ކުރުމުގެ ތެރޭގައި ބަލިމީހާގެ މޫނުގެ އެއްވެސް ނާރަކަށް ގެއްލުން ނުލިބި ކާމިޔާބުކަމާއެކު ކުރެވުނު ކަމަށެވެ.
މި ސާޖަރީއާއެކު ޓްރީޓޮޕްގެ އީއެންޓީ ޓީމަށް އޮތް އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީޓޮޕްގައި ޕެރޮޓިޑެކްޓޮމީ ސާޖަރީ ހެދި ޓީމުގެ ލީޑިން ސާޖަން އަކީ އެ ހޮސްޕިޓަލުގެ ލީޑިން އީއެންޓީ ޑޮކްޓަރު ރަޖޭޝް އޭ. ވަލަންދް އެވެ.

ޓްރީޓޮޕުން އަންނަނީ ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގައި ގިނަ ކުރިއެރުންތައް ހޯދައި، އެހެން ހޮސްޕިޓަލުތަކުން ނުދެވޭ ގިނަ ހިދުމަތްތައް ދެމުންނެވެ.












