ހުލާސާކޮށް އިއްޔެ: ސަރުކާރު ކެންޑިޑޭޓުން ވަކިކުރަން ނޭގުން

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 'ސަރުކާރުގެ' ކެންޑިޑޭޓުންނަކީ ކޮބައިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަކިވެވަޑައިގަންނަވާހެން ހީނުވާ ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުންޏެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ އަދާހަމަ ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެއް ދާއިރާއަކުން ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބުނާ އެތައް ބަޔަކު ވާދަކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން، ޕީއެންސީއިން ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކާއި އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ގެ ކެންޑިޑޭޓުންނާއި ރައީސް މުއިއްޒުގެ ކެންޑިޑޭޓުން އަދި މިހާރު ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑޭޓުން ފެންނަ ކަމަށް އީސާ ތުހުމަތު ކުރެއްވި އެވެ.

"ތިމަންނަ މީ ސަރުކާރުގެ ކެންޑިޑޭޓޭ ކިޔާފަ ތިބި ފަސް ވަރަކަށް ކެންޑިޑޭޓުން ތިބި ދާއިރާތައް އެބަހުރި، ކޮންމެ ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ ޕޯސްޓަރުގަ ރައީސް ފޮޓޯވެސް އިނދޭ،" އީސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހުރިއްޔާއަށްވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ."

އީސާ ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުން ސާފުކުރުމުގެ ސުވާލަށް ރައީސަށްވެސް ޖަވާބު ދެވޭނެހެން ހީނުވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު ސަރުކާރު ކެންޑިޑޭޓުން ވަކިނުވާ މައްސަލާގައި ސީދާ ރައީސްއާ ސުވާލު ކުރެވޭގޮތަށް ފެބްރުއަރީ 24، ގައި ބޭއްވި 'އަހާ' ޕަބްލިކް ފޯރަމްގައި މީހަކު ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެރޭ ރައީސް އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

"ޕާޓީ ނުވަތަ ސަރުކާރަށް ނިސްބަތް ނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން ރައީސްގެ ފުރިހަމަ ތާއިދު އޮތް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުން ދާތީ, ތިން ރަށުގެ މީހުންގެ މިހަކާ މެދު ހިޔާލު ތަފާތުވުމާއި ނުތަނަވަސްކަމާ އެބަ އޮތް. މިކަމާ މެދު ރައީސް ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ" އެ ރޭގެ ފޯރަމުގައި ޒުވާނަކު ސުވާލު ކުރި އެވެ.

ޕްރައިމަރީން ހޮވި ކެންޑިޑޭޓަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް ސުވާލުކޮށްފަ އެވެ.

ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އަދި ރޭގެ މައުލޫއާ ނުގުޅޭ ކަމަކަަށް ވާތީ ޖަވާބު ދެއްވުމަށް ރައީސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސްއާ ސުވާލުކުރި އިރު, ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ, ރައީސްގެ ކެންޑިޑޭޓުންގެ ގޮތުގައި އިތުރު ކެންޑިޑޭޓުންތަކެއް ބައެއް ދާއިރާތަކަށް ނިކުންނަ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox