ރަސްފަންނުގައި ހަރުކުރި ކެންޑިޑޭޓެއްގެ ބިލްބޯޑެއް ނެގުމުން ކަންބޮޑުވެއްޖެ، ސިޓީ ކައުންސިލުން ބުނީ ހުއްދަ ނުނަގާ ކަމަށް

މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ބަހައްޓާފައިވާ އަމިއްލަ ކެންޑިޑޭޓެއްގެ ބިލްބޯޑެއް: އެ ބިލްބޯޑު މިހާރު ސިޓީ ކައުންސިލުން ވަނީ ނަގައިފައި - ފޮޓޯ: އާމިނަތު ހަސަންގެ ކެމްޕެއިން ޓީމް

މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ބަހައްޓާފައިވާ އަމިއްލަ ކެންޑިޑޭޓެއްގެ ބިލްބޯޑެއް: އެ ބިލްބޯޑު މިހާރު ސިޓީ ކައުންސިލުން ވަނީ ނަގައިފައި - ފޮޓޯ: އާމިނަތު ހަސަންގެ ކެމްޕެއިން ޓީމް

މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ހަރުކުރި، މާފަންނު މެދު ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓު އާމިނަތު ހަސަންގެ ބިލްބޯޑެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސް ނެގުމުން، އެ ކަމުގެ ކަންބޮޑުވުން އޭނާގެ ކެމްޕެއިން ޓީމުން ފާޅުކޮށްފި އެވެ.

އޭނާގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން، ބިލްބޯޑުތައް ޖެހުމުގެ ހުއްދައަށް މިދިޔަ ފެބްރުއަރީ 18، ގައި ސިޓީ ކައުންސިލްގައި އެދުނެވެ. އަދި ބިލްބޯޑު ޖެހުމުގެ އިއުތިރާޒެއް ނެތް ކަން ސިޓީ ކައުންސިލުން އެންގި ކަމަށް ވެސް އޭގައި ބުނެ އެވެ. އެކަަމަކު ފޯނުގެ ޒަރީއާއިން ކަމަށެވެ.

މާލޭގައި ބިލްބޯޑު ހަރުކުރުމުގައި ޢަމަލުކުރާ އުސޫލު ހިއްސާކޮށްދިނުމަށް އެދި ފެބުރުއަރީ 28، ގައި އޮފީހުން އެދިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ ސިޓީއަށް ޖަވާބުދީފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އިއްޔެ ހެނދުނު، ސިޓީ ކައުންސިލުން އެ ތަކެތި ނެގުމަށް އެންގި ކަމަށް ބަޔާނުގައިވެ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ބިލްބޯޑު ހުރީ ޕޭވްމަންޓަށް ގެއްލުން ދީގެން ހަރު ކުރުމުން ކަމަށް ބަޔާނުގައިވެ އެވެ. އެކަމަކު ޕޭވްމަންޓަށް ގެއްލުމެއް ނުދޭތީ، އެ ކަން ބަޔާންކޮށް ސިޓީއެއް ތައްޔާރު ކުރަމުން ދިޔަ ކަމަށް ވެސް ބުންޏެވެ.

"ކަމުގެ ހަގީގަތް ބަޔާންކޮށް [ސިޓީ ކައުންސިލްގެ] އީމެއިލްއަށް ޖަވާބު ތައްޔާރު ކުރަމުން ދަނިކޮށް އާންމުންގެ ފަރާތުން މައުލޫމާތު ލިބުނީ ސިޓީ ކައުންސިލްގެ ފަރާތުން ބިލްބޯޑަށް ގެއްލުންދީ އެ ތަކެތި ނައްތާލާމުންދާ ކަމަށް،" އޭނާގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އެ ސުވާލު ކުރުމުން، މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "އަދަދު" ނޫހަށް ވިދާޅުވީ ރަސްފަންނު ސަރަހައްދުގައި އެ ބިލްބޯޑު ހަރުކުރީ ސިޓީ ކައުންސިލްގެ ހުއްދަ ނުނަގާ ކަމަށެވެ. އަދި އެއީ ވެސް މާލެ ސަރަހައްދުގައި ބިލްބޯޑު ހަރުކުރަން ސިޓީ ކައުންސިލުން ހުއްދަދޭ ސައިޒަށް ވުރެ ބޮޑުކޮށް ކަމަށެވެ.

"ހުއްދަ ނުނަގާ، އަދި ހުއްދަދޭ ސައިޒަށް ވުރެ ބޮޑު ބިލްބޯޑެއް ބެހެއްޓުމުން ސިޓީ ކައުންސިލުން އެންގިން، އިއްޔެ މެންދުރު 12:00 ގެ ކުރިއަށް ނަގަން، ނުނަގާ ބެހެއްޓުމުން އިއްޔެ ހަވީރު ސުޕަވައިޒަރުގެ އިރުޝާދާއެކު ބިލްބޯޑު ނެގީ،" ޝަތުފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ އެހެން ކެންޑިޑޭޓުން ވެސް ހުއްދަ ނަގައިގެން ބިލްބޯޑުތައް، މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކަމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސް އަޅާނެ ކަމަށް އެ ކައުންސިލުން ނުކުރާނެ ކަމަށެވެ.

އާމިނަތުގެ ހަސަންގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބިލްބޯޑު ނެގުމުން ވަރަށް ބޮޑަށް ސިޓީ ކައުންސިލަށް ފާޑުކިޔައިފައިވެ އެވެ. އެ ކައުންސިލްގެ އަމަލަކީ، "މިނިވަން" އަމިއްލަ ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސް އަޅަން ހިންގި އަމަލެއް ގޮތަށް ސިފަކޮށްފައިވެ އެވެ. އަދި އެ ޓީމުން ބުނާ ގޮތުގައި އެ ސައިޒުގެ އެހެން ބިލްބޯޑުތައް ވެސް އެބަ ހުރި ކަމަށާއި، އެހެންވިޔަސް ބިލްބޯޑު ނެގީ އެހެން ބޭނުމަކު ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox