މި އަހަރު ސަރުކާރުން މުސާރައަށް 270 މިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކޮށްފި: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިލަންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިލަންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

މި އަހަރު ސަރުކާރުން މުސާރައަށް 270 މިލިއަނާއި 300 މިލިއަން ރުފިޔާއާ ދެމެދު އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށާއި، ބަޖެޓުގައި ފައިސާ ނެތީ އެހެންވެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ރިޒާގެ މިލަންދޫ ކެމްޕޭނު ޖަލްސާގައި ސޯލިހު ވިދާޅުވީ ސަރުކާރުން ފާއިތުވި ޖެނުއަރީ އަދި ފެބުރުއަރީ މަހު މުސާރައަށް ގާތްގަނޑަކަށް 270 މިލިއަނާއި 300 މިލިއަނާ ދެމެދުގެ އަދަދަކަށް އިތުރަށް ހަރަދު ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު ކުރީ ސަރުކާރުން މުސާރައަށް 1.9 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި 2.1 ބިލިއަން ރުފިޔާ މުސާރައަށް ހަރަދު ކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

Advertisement

ހިތާމައަކީ ރައްޔިތުން ބޭނުންވި މިސްރާބަށް ފާއިތުވި ތިން މަހު މި ސަރުކާރުގެ މިސްރާބު ނުދާތީކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ފެނިގެންދަނީ ސަރުކާރުން ސިޔާސީ މަގާމުތަކަށް ދުވަހުން ދުވަހަށް މީހުން އިތުރުކޮށް، 1500 ސިޔާސީ މުވައްޒަފުން ސަރުކާރު ތެރޭގައި ހިމެނުމަށް އަމާޒު ހިފާފައިވާ މަންޒަރު ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ނުދަނީ މި ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރަން ފަށްޓާފައި ހުރި ގާގްގަނޑަކަށް ހުރިހާ މަސައްކަތެއް ހުއްޓާލައިފި. ވިދާޅުވަނީ ފައިސާ ނެތް ވާހަކަ. ކުންފުނިތަކެއް ނުހިނގާ. ވިދާޅުވަނީ ހިންގާކަށް ފައިސާއެއް ނެތޭ" ސޯލިހު ވިދާޅުވި އެވެ.

ދައުރު ނިމުނު ފަހުން، ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މިހާ ތަފްސީލީކޮށް ވާހަކަ ދައްކަވަމުން ސޯލިހު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދިމާވި ދަތި އުނދަގުލާއެކު ވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކުރުމަށް ފަހަތަށް ނުޖެހޭ ކަމަށާއި، ފައިސާ ހޯދައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އިސް ނެގި ކަމަށެވެ.

އޭގެ އިތުރުން ސޯލިހު ވިދާޅުވީ މާބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އާއިލާއާއެކު ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި، އެއީ މި ރާއްޖެ ތަރައްގީ ކުރުމަށް މަސައްކަތް ފަށަން ޖެހިފައި އޮތް ހިސާބު ކަމަށެވެ. އަދި އެދެވޭ ގޮތެއްގައި ރާއްޖެ ތަރައްގީ ނުކުރެވިފައި އޮތީ ތަރުތީބުވެގެން ތަރައްގީ ކުރުމަށް ފަސްޖެހޭތީ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ ބޭނުން އެންމެ ރަނގަޅަށް ބޭނުން ނުކުރާތީ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox