ރޯދަ މަހު ފުރަތަމަ 19 ދުވަހު, ހެނދުނު 9:30 ގެ ކުރިން މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާ

ބާޒާރު މަތީގައި, މުދާ އުފުލާ އުޅަނދަކުން ކަރާ ބަސްތާއެއް ބާލަނީ; ރޯދަ މަހު ބައެއް ގަޑިތަކުގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާ -- ފޮޓޯ: އަދަދު

ބާޒާރު މަތީގައި, މުދާ އުފުލާ އުޅަނދަކުން ކަރާ ބަސްތާއެއް ބާލަނީ; ރޯދަ މަހު ބައެއް ގަޑިތަކުގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާ -- ފޮޓޯ: އަދަދު

ރޯދަ މަހުގެ ބައެއް ގަޑިތަކުގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން ސަރުކާރުން މަނާ ކޮށްފި އެވެ.

ފުލުހުން ބުނީ, ރޯދަ މަހުގެ ފުރަތަމަ 19 ދުވަހުގެ ހެނދުނު 6:00 އިން 9:30 އާ ހަމައަށް އަދި ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ހަމައަށް އެއްވެސް މުދާ އުފުލާ ބާވަތެއްގެ އުޅަނދެއް ގްރޭޓާ މާލެ ސަަރަހައްދުގައި ދުއްވުން މަނާވާނެ ކަމަށެވެ.

އަދި ރޯދަ މަހު 20 އިން ފެށިގެން ރޯދަ މަސް ނިމެންދެން މުދަ އުފުލާ އުޅަނދުތައް ދުއްވުން މަނާ ވާނީ ހަމައެކަނި ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ހަމައަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ, ރޯދަ މަހުގެ ފުރަތަމަ 19 ދުވަހުގެ ތެރެއިން ރަސްމީ ދުވަސްތަކު ހެނދުނު 9:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރޯދަ މަހު 20 އިން ފެށިގެން ރޯދަ މަސް ނިމެންދެން ހެނދުނު 6:00 އިން 4:30 އާ ހަމައަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވޭނެ ކަމަށެވެ.

މުދާ އުފުލާ އުޅަނދުތައް ދުއްވުމުގެ ހުއްދަ ދެނީ, ރަސްމީ ދުވަސްތަކުގެ ހެނދުނު ސްކޫލުތަކާއި އޮފީސްތަކަށް ދާ ވަގުތު ފަހަނައެޅުމުންނެވެ. އަދި އިރުއޮއްސޭ ވަގުތާއި, ތަރާވީސް ނަމާދުގެ ވަގުތު އެ އުޅަނދުތައް ދުއްވުން މަނާ ކުރީ މަގުމަތީގައި ބާރު ބޮޑުވާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox