ހުލާސާކޮށް އިއްޔެ: "ދަތްދޮޅި ދުއްވާލާ" ވާހަކަ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް އަސްލަމް ވިދާޅުވުން

ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް -- އަދަދު

ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް -- އަދަދު

މަޖިލިސް މެމްބަރެއްގެ ގޮތުގައި މިއަދު ވެސް ހުންނެވި ނަމަ މަޖިލިސް މެމްބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް ދެއްކެވި ވާހަކައަކީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެެވ.

އާދަމް ޝަރީފު ދެއްކެވި ވާހަޖައާ ގުޅޭ ގޮތުން އަސްލަމް "އަދަދު" އަށް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް އަންނަމުންދާ ދުވަސްވަރެއްގައި ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކު މަޖިލިސް ތެރޭގައިވިޔަސް މަޖިލީހުން ބޭރުގައިވިޔަސް އެއްވެސް ބަޔަކަށް އަނިޔާވެރިވާ ގޮތަށް އަމަލު ކުރަން ހިތްވަރުދިނުން އެއީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށް އޮންނަ ދުވަހެއްގައި މަޖިލީހުގެ އިމްތިޔާޒްތަކާ ބެހޭ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅުއްވާނެކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ގަބޫލު ކުރެވޭތީވެ، މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ އަޅުގަނޑު ހުށަހަޅާނަން، ދެން މަޖިލީހުގެ ޖަލްސާއެއް އެންމެ ފުރަތަމަ އޮންނަ ދުވަހެއްގައި އަޅުގަނޑު ފޮނުވާނަން، ދެން އިމްތިޔާޒުތަކާ ބެހޭ ކޮމެޓީން ނިންމާ ގޮތަކަށް އަޅުގަނޑު އަމަލު ކުރާނަން، ތަކުރާރުކޮށް އެބޭފުޅާ އެގޮތަށް ބަސް ވިދާޅުވަމުން ގެންދިޔުމަކީ ކަންބޮޑުވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

"އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން، އަދި ދައުލަތުގެ އެފަދަ މަގާމެއްގައި ހުރެފައި މާރާމާރީއަށް ހިތްވަރުދެވޭ ގޮތަށް ވާހަކަދެެއްކުމަކީ ވަރަށް ނުރައްކާތެރިކަމެއް،،" އޭނާ ވިދާޅުވި އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުތަކުގެ ތެރެއިން މ. ދިއްގަރުގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ބުދަ ދުވަހު ދުވަހު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވަޒީރުުންނަކީ މަޖިލީހުން ރުހުން ދީފައި ތިބޭ ބައެއް ކަމަށާއި އެ ބާވަތުގެ ވާހަކަތައް ދައްކަވާ ނަމަ ވަޒީރުންގެ އިތުބާރު ނެތްކަމަށް ނިންމުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

"މަޖިލިސް މެންބަރުންނަށް ރައްދުވާ ގޮތަށް އަދި މަޖިލިސް މެންބަރުކަން ކޮށްފައި ހުރި ބޭފުޅަކު އެގޮތަށް ޕަބްލިކްގައި ވާހަކަދައްކައިގެން ނުވާނެ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވިދާޅުވި ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ.

އޭގެފަހުން 2022 ވަނަ އަހަރު ޕީޕީއެމްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ވެސް އާދަމް ޝަރީފު ވަނީ މަޖިލިސް މެންބަރުންގެ ދަތްދޮޅި ދުއްވާނުލައި ނުހުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފު ވާހަކަ ދެއްކެވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންނާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރުމާ ގުޅުވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ ބަންޑާރަ ނައިބު، އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަށެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން އެންމެ ބޮޑު އިދިކޮޅު ދެ ޕާޓީ، އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެމްޑީޕީން ބުނީ އާދަމް ޝަރީފުގެ އެ ވާހަކަތަކުން ދޭހަވަނީ ސަރުކާރުގެ އަނިޔާވެރި ވިސްނުން ކަމަށެވެ. ޑިމޮކްރެޓްސް އިން ބުނީ މަޖިލީހަކީ ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ކަން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި އާދަމް ޝަރީފުގެ ވާހަކައަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދެއްކެވި ވާހަކައެއް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox