ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރައްޔިތުން ވޯޓުދިނީ އެ ސިޔާސަތައް ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރައްޔިތުން ވޯޓުދިނީ އެ ސިޔާސަތައް ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރައްޔިތުން ވޯޓުދިނީ އެ ސިޔާސަތައް ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބުގައި ކެމްޕެއިނުކުރީ އަދި ރައްޔިތުން ވޯޓުދިނީ އެ ސިޔާތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން، މިއަދު ދ. ކުޑަހުވަދޫގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެއްފަސްކުރުމުގެ ސިޔާސަތު އިއުލާނުކުރެއްވީ ކެމްޕެއިނުގެ ތެރެއިން މެނިފެސްޓޯ އިއުލާނުކުރި އިވެންޓުގައި ކަމަށެވެ.

"މެނިފެސްޓޯ އިއުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން ރާއްޖެ ތަރައްގީ ކުރެވޭނީ އެކި ސަރަހައްދުތައް އެކި ޒޯންތައް ތަރައްގީކޮށްގެނޭ، އެއްފަސްކުރުމުގެ، ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ ރާއްޖެ ތަރައްގީ ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގަ،" ރައީސް ވިދާޅުވި އެވެ

ކޮންމެ އަހަރެއްގެ ބަޖެޓުގައި ޖަހައިގެން ކޮންމެ ރަށަކަށް ކަންކަން ކޮށްދޭންވެއްޖެ ނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ހަދާ ބަނދަރު މާދަމާ ވެސް ހަލާކުވާނެ ނޫނިއްޔާމު ކުޑަވާނެ އޭގެ ޒާތުގަ އަނެއްކާވެސް ހަދަމުން، އެގޮތައް މިދިޔަ ދިޔުން އެގޮތައް ގެންދަން ޖެހޭނީ، އޭގެން ރައްޔިތުންނަކަށް އެންމެ ފުރިހަމަ މިނުގަ ހިދުމަތެއް ނުދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު މީހުން އުޅޭ ހުރިހާ ރަށެއް އެކުގައި ތަރައްގީކުރުން އެއީ ތިމާވެށީގެ ގޮތުން ވެސް ފީސިބަލް ގޮތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވެސް ތަކުރާރު ކުރެއްވި އުތުރާއި ދެކުނުގެ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނާއި ހަތް ސަރަހައްދެއްގައި ތަރައްގީ ކުރާ އާބަން ސެންޓަރުތަކުގެ ސިޔާސަތު ތަކުރާރުކުރެއްވި އެވެ.

އަދި އެތަންތަން ވެގެންދާނީ ކުރިއަށް އޮތްތަނުގައި ރަށްރަށުގެ ރައްޔިތުން ހިޖުރަކޮށް ސެޓްލްވާނެ ތަންތަން ކަމުގައިވެސް ދެކިލައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެ ހުށަހެޅުން ހުށަހެޅީ، އޭގެ މައްޗަށް ކެމްޕެއިން ކުރީ، މެނިފެސްޓޯ ހެދީ، ރައްޔިތުން އެކަން ބަލައިގަތީ، އަޅުގަނޑު ވައުދުވީ ގޮތަށް، އެއީ، އަޅުގަނޑުމެންގެ ސިޔާސަތު، ރައްޔިތުން ބަލައިގަތް ސިޔާސަތު،" ރައީސް ދެން އިއުލާނުކުރެއްވީ ހަތް އާބަން ސެންޓަރުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭ ވާހަކަ އެވެ.

ރިޔާސީ އިންތިހާބުގައި، މެނިފެސްޓޯ އިއުލާނުކުރުމުގެ ކުރިންވެސް ރައީސް ވަނީ ތަރައްގީގައި އިސްކަންދޭނީ ބޮޑެތި އާބާދީތަކަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޮގަސްޓު 12، 2023 ގައި ހދ. ނޮޅިވަރަމްގައި ބޭއްވި ކެމްޕޭނުގައި ޖަލްސާއެއްގައި ގިނައިން ކަންތައްތައް ކޮށްދޭނީ އާބާދީ ބޮޑު ތަންތަނަށް ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ގާނޫނުއަސާސީ ކަށަވަރުކޮށްދޭ. އޭގެ އިތުރަށް ގިނަ ރައްޔިތުން ތިބި ތަނަކަށް އިސްކަންދިނުން. އެންމެ ގިނަ މީހުން ތިބި ތަނަކަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ދިނުން. މިކަމަކީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް. އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް،" ރައީސް ވިދާޅުވެފައިވެ އެވެ.

ނޮޅިވަރަމުގައި ދެއްކެވި މި ވާހަކައަށް އިދިކޮޅުން ދިން ރައްދުތަކާއި ސޯޝަލް މީޑިއާގައި އާއްމުން ފާޅުކުރި ނުރުހުމާއެކު ރައީސް ވިދާޅުވީ، ތަރައްގީ ކުރުމުގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށެވެ.

"މީގެ ކުރީ ޖަލްސާތަކުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން ރަށުގެ އާބާދީގެ ސައިޒަކަށް ނޫނޭ ބަލަންޖެހޭނީ، ކޮންމެ ރަށެއްގައި ވެސް ތިއްބަވަނީ ދިވެހި ރައްޔިތުން، ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއް،" އެމަނިކުފާނު ފަހުން ވިދާޅުވި އެވެ.

އަދި، އޭގެ ކުރީ ދުވަހު ހއ. ހޯރަފުށީގައި ހުންނަވާ ރައީސް ވިދާޅުވީ، "އާދެ، އެއާއެކީގައި ރަށްރަށުގައި ތަރައްގީއަކީ އެމަނުކުފާނުގެ [ކުރީގެ ރައީސް ޔާމީނުގެ] ދައުރުގައި ވެސް އެންމެ އިސްކަންދެއްވި ކަންތައް، ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި، އަޅުގަނޑުމެންގެ ވެސް ވިސްނުމަކީ އެހެން ހަމަ މަސައްކަތް ކުރުން، އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވުމެއް ނޫން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox