ހުލާސާކޮށް އިއްޔެ: ރައީސްގެ ނުރުހުން އިދިކޮޅު މެމްބަރުންނަށް، ވިދާޅުވީ އެއީ ބައެއްގެ އަޅުންތަކެއް ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ސިފަކުރައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ފާޑުވިދާޅުވެފައިވަނީ، މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް އެމަނިކުފާނު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާ ވެސް ފާސްކޮށްފައި ވަނިކޮށް، އިއްޔެ ނ. ހޮޅުދޫގައި ހުންނަވާ ވާހަކަ ދައްކަވަމުންނެވެ.

"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގަ ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މަޖިލީހުން ދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރެއް ނެރުނަސް އެ އަމުރު މަޖިލީހުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމަށް ވިސްނާ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނިންމަން ޖެހޭނީ ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ގައުމެއް ބިނާކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މަހުގެ 26 ގައި ރައީސް ވަނީ އެމަނިކުފާނު އެކުލަވާލެއްވި 22 ވަޒީރުންގެ ކެބިނެޓުގެ ތެރެއިން ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ބޭރުގެ ގައުމަކުން އޯޑަރު ކޮށްގެން ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ، އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖޭން ބޭރުގެ ކޮންމެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، ހަމަ މަޖުބޫރުވެގެން،" ހދ. ހަނިމާދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް މި ސަރުކާރުން ހާރިޖީ ގޮތުން އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އަވަށްޓެރި އިންޑިއާއާ އެވެ. އިދިކޮޅު ފަރާތްތަކާ އެންމެ ގާތް ގުޅުމެއް އޮންނަ ކަމަށް ސަރުކާރުން ބުނަނީވެސް އިންޑިއާއާ އެކު އެވެ.

"ތިމަންނަމެން ޖެހެއޭ ކޮންމެހެންވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން، އެހެން އަޅުގަނޑުމެންގެ މެންބަރުން ކައިރީގަ ވެސް ބުނަމުން ދިޔައީ، 'ތި އެންމެންނަކަށް ނުދެވޭނޭ ރުހުމެއް، ތިމަންނަމެން ކޮންމެހެން ވެސް ޖެހެއޭ ދެތިން ވަޒީރަކު ދުއްވާލަން' ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ،" ރައީސް އެ ރޭ ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރަކަށް އައްޔަންކުރި ޑރ. އަލީ ހައިދަރު އަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox