މަޖިލީހުގެ ނިންމުން ބޮލާލައި ޖަހާފައި އީސީގެ މެންބަރުންނަށް ތިބެވިގެން ނުވާނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ ޔާމީން

ރޯދަ މަހު އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވާއިރު އެ ނިންމުން ބޮލާލައި ޖަހާފައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނަށް ތިބެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރޭ ވިދާޅުވެއްޖެ އެވެ.

އުފެއްދުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީނު ވިދާޅުވީ އިންތިހާބު ރޯދަމަހު ނުބާއްވަން މަޖިލީހުން ނިންމީމާ، ސަރުކާރު ހިންގަވަން ހުންނަވާ ބޭފުޅަކު (ރައީސް ޑރ.މުހައްމަދު މުއިއްޒު) ދެކެވަޑައިގަންނަވާ ގޮތެއް އީސީން ބަލާކަށް ނުޖެހޭ ކަަަމަށެވެ. އެއީ ރައީސް ވެސް ޒިންމާދާރުކުރުވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު މިއޮތީ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީކުރުވަން ޖެހިފައި، މަޖިލީހުން އެ ނިންމި ކަންތައް [ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބާއްވާ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކުރި ފާސްކުރުން] ތަންފީޒުކުރަން އެބަ ޖެހޭ. އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހުން އެ ނިންމި ނިންމުން ބޮލާލައި ޖަހާފައި މިކަން ކުރާ ކަމަށް ވަންޏާ، އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ކޮމިޝަނަރަކަށް، މި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސުޕަވައިޒް ކުރައްވާކަށް ނޫނީ އޯވަސީ ކުރައްވާކަށް އިންނެވިގެނެއް ނުވާނެ،" ޔާމީނުގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބު ލަސްކުރުމާ ދެކޮޅު ހަދާއިރު އީސީން ދައްކާނެ އުޒުރަކަށް އޮންނާނީ އިންތިހާބަށް ހަރަދުވާ ފައިސާ އިތުރުވުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ސަރުކާރުން މަސްވެރިންނަށް ދޭން އޮތް ފައިސާއަށް ވުރެ ކުޑަ އަދަދެއް ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.

"މަޖިލީހަށް ނޫނީ ދައުލަތަށް ދަތިވާނެތޯ އިލެކްޝަނުން އެބުނާ ފައިސާކޮޅު އިލެކްޝަނަށް ދޭން؟" އެމަނިކުފާނު ސުވާލުކުރެއްވި އެވެ.

ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އުޅޭ ނަމަ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަގާމުން ވަކި ކުރާނެކަމުގެ އިޝާރާތެއް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ދީފަ އެވެ.

ގާނޫނުތައް މިހާރު އޮތް ގޮތުން ވެސް ރޯދައިގެ ފަހަށް އިންތިހާބު ފަސް ކުރުމުގެ ޖާގަ އިލެކްޝަންސް ކޮމިޝަނަށް އެބަ އޮތް ކަމަށާއި ރޯދަ މަހު އިންތިހާބު ބާއްވަން އެ ކޮމިޝަނުން ދައްކަނީ ބޭކާރު ހުއްޖަތެއް ކަމަށް އެމްޑީޕީން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވި އެވެ.

"އެހާ ސާފުކޮށް އޮތް ކަމެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނު އެއީ ސަބަބެއް ކަމަށް ދައްކަވާފައި، އަސްލު ސަބަބެއް ނުވެސް ނެތް މިކަމުގައި، މިކަން ކުރިއަށް ގެންދަވާ ކަމުގައި ވަނީ ނަމަ ދެން އޮތް ގޮތަކީ އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައްޗަށް އޮތް އިތުބާރު ގެއްލޭކަން ދެއްކުން ދެއްތޯ. އެމަގުން އެކަން ކުރަންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަން،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބޭއްވުން މަނާ ކުރާ ބިލެއް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަދި ތަސްދީގެއް ނުކުރައްވަ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

Advertisement

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox