އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދަން އުނދަގޫ ޝަރުތުތަކެއް، އަހަރަކު ފަރުވާ ލިބެނީ ސަރުކާރުން ކަނޑައަޅާ އަދަދަކަށް

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު : އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދަން އުނދަގޫ ޝަރުތުތަކެއް - ފޮޓޯ: އަދަދު

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު : އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދަން އުނދަގޫ ޝަރުތުތަކެއް - ފޮޓޯ: އަދަދު

ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ދަށުން ހޯދޭނެ މީހުންގެ އަދަދު ލިމިޓުކޮށް، ފަރުވާ ހޯދަން އުނދަގޫ ޝަރުތުތަކެއް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކަނޑައަޅައިފި އެވެ.

އެންސްޕާއިން އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން އައިޔޫއައި އަދި އައިވީއެފްގެ ފަރުވާއަށް އެދުމުގައި ވެސް ވަކި ޝަރުތުތަކަށް ބަލަ އެވެ. ދެ ފަރުވާއަށް ވެސް ހިމަނާފައިވަނީ އެއް ޝަރުތުތަކެކެވެ.

އޭގެ ތެރޭގައި އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މަދުވެގެން ތިން އަހަރު ފުރުން ހިމަނާފައިވެ އެވެ. ތިން އަހަރު ފުރުމުގެ ކުރިން އައިވީއެފް ހަދަން އެދޭނަމަ މިހާރު އޮތް އުސޫލުގެ ދަށުން އެކަމަކަށް ނޭދެވެ އެވެ.

"ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން، ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި ތިން އަހަރު ދަރިމައިވުމަށް ނުކުޅެދިފައިވުން، އަދި ދަރިމައިވުމުގެ އެހެނިހެން ފަރުވާ ކާމިޔާބު ނުވެ، ރިޕްރޮޑަކްޓިވް ޕެތަލޮޖީއިން 'އައިވީއެފް' ނުވަތަ 'އައިޔޫއައި' އެފަރާތައް އެންމެ އެދެވޭ ފަރުވާ ކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުން" އުސޫލުގައި ޝަރުތެއްގެ ގޮތުން ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ދެމަފިރިންގެ ދަރިއެއް ނެތުމުގެ އިތުރުން ފާއިތުވި ތިން އަހަރު ޖިނާއި ކުށެއް ކޮށްގެން ހުކުމެއް ކޮށްފައި ނުވުން ވެސް އެ ފަރުވާތައް ހޯދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ފަރުވާއަށް ހުށަހަޅާ ދެމަފިރިންގެ އުމުރަށް ވެސް އެ އުސޫލުގެ ދަށުން ބަލަ އެވެ. އެގޮތުން އައިޔޫއައި އަށް އެދެވޭނީ އަނބިމީހާގެ އުމުރު 25 އަހަރާއި 42 އަހަރާ ދެމެދުގައިވާ ނަމަ އެވެ. އައިވީއެފަށް އެދޭ އަނބިމީހާގެ އުމުރު ހުންނަންވާނީ 30 އަހަރާއި 42 އަހަރާ ދެމެދުގަ އެވެ. ދެ ފަރުވާއަށް ވެސް ހުށަހަޅާ ދެމަފިރިންގެ ތެރެއިން ފިރިމީހާގެ އުމުރު 55 އިން މައްޗަށް ގޮސްގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

ނަމަވެސް ސިއްހީ ހާލަތެއްގެ ސަބަބުން އުމުރުން 25 އަހަރު ފުރިފައިވާ އަނބިމީހާއަށް އެންމެ އެކަށޭނަ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު އިރުޝާދު ދީފިނަމަ ކުރިން ބުނި އުމުރުގެ މާއްދާއަށް ބަލަން ނުޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

އައިވީއެފް ފަރުވާއަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އިތުރު ކަމަކީ މީގެ ކުރިން އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް އެ ފަރުވާ ހަމަޖެހިފައިނުވުމާއި އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިންބުރު ހަމަކޮށްފައި ނުވުމެވެ.

އުސޫލުގައިވާ ގޮތުން މި ބުނެވުނު ޝަރުތުތައް ހަމަވި ނަމަވެސް އަދި ފަރުވާއަށް ބޭނުންވާ އެހީ ޔަގީނެއް ނުވެ އެވެ. ޝަރުތު ހަމަވާ ފަރާތްތަކުގެ ފަރުވާއަށް އެހީ ލިބޭނެ ފަރާތްތައް ކަނޑައަޅަނީ ޕޮއިންޓު ސިސްޓަމެއް މެދުވެރިކޮށެވެ.

ޕޮއިންޓު ދެވޭ ކަންކަމުގެ ތެރޭގައި ދެމަފިރިންގެ ކައިވެނީގެ މުއްދަތާއި އަނބިމީހާ އުމުރުގެ އިތުރުން އާމްދަނީ އަދި ދެމަފިރިން ކުރެ އެއްވެސް މީހެއްގެ ދަރިއެއް ހުރުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން މީގެ ކުރިން އައިވީއެފް ފަރުވާ ހޯދާފައިވޭތޯ އަދި ދެމަފިރިންގެ 'ދިރިއުޅުމުގެ ހާލަތައް ވެސް' ޕޮއިންޓު ދެ އެވެ.

ރައީސްގެ ހަފުތާ 14 ގެ ތެރޭގައި ހިމެނި މި ވައުދުން ފަރުވާ ލިބޭނެ ފަރާތްތައް ހޮވެނީ، ސަރުކާރުން ކޮންމެ އަހަރަކު ފަރުވާ ލިބޭނެ ކަމަށް ކަނޑައެޅޭ ފަރާތްތަކުގެ އަދަދަށެވެ. އެގޮތުން މިސާލަކަށް އަހަރަކު 50 މީހުންނަށް މި ފަރުވާ ދޭން ނިންމައިފި ނަމަ އެ ހިދުމަތް ލިބޭނީ އެންމެ މަތިން ޕޮއިންޓު ލިބޭ 50 ފަރާތަކަށެވެ. ޝަރުތު ހަމަވި ނަމަވެސް މަދުން ޕޮއިންޓު ލިބޭ ފަރާތްތަކުން ޖެހޭނީ ޖެހިގެން އަންނަ އަހަރު އަލުން ފަރުވާއަށް އެދޭށެވެ.

ޑިސެމްބަރު 5، 2023 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގައި ބައްދަލުވުމަކަށްފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން އެ ބައްދަލުވުމުގައި ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ.

"އެކަން [އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް] ހިމެނޭހެން އާސަންދަ ސްކީމުގެ ގަވައިދު އިސްލާހުކޮށް ގެޒެޓު ކުރާނަން. އަދި އައިވީއެފް, އައިޔޫއައި ދެވޭގޮތުގެ އުސޫލެއް އެކުލަވާ އިއުލާނު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox