އެއާޕޯޓު މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ނުލިބޭ، އުންމީދަކީ ހުވަދު އަތޮޅުގެ ތަރައްގީ: ތިނަދޫ ކައުންސިލު

ތިނަދޫ ކައުންސިލު ރައީސް ސައުދު އަލީ -- ފޮޓޯ: އަދަދު

ތިނަދޫ ކައުންސިލު ރައީސް ސައުދު އަލީ -- ފޮޓޯ: އަދަދު

ގދ. ތިނަދޫގައި ތަރައްގީ ކުރަން ނިންމި އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި ކައުންސިލާއެކު އެފަދަ މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނެފި އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ މިއަދު ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ނުކުރެވުމާއި ގުޅިގެން، ތިނަދޫގައި އިންޓާނޭޝަނަލް އެއާޕޯޓެއް އެޅުމުގެ މަޝްވަރާތައް މީގެ ކުރީ ސަރުކާރުތަކުގައި ވެސް ކުރެވުނު ކަމަށެވެ.

ނަމަވެސް، ރޭ އިއުލާނުކުރެވި، ފަހުމާނުގައި ސޮއިކުރެވިގެންދިޔަ އިންޓާނޭޝަނަލް އެއާޕޯޓު އަދި 12 ރަށަކަށް އިންވެސްޓުކުރުމުގެ މަޝްރޫގެ އެއްވެސް ތަފްސީލެއް އެ ކައުންސިލަށް ލިބިފައިނުވާ ކަން ސައުދު ފާހަގަކުރެއްވި އެވެ.

"ކައުންސިލާ މަޝްވަރާކޮށްފަ އެއް ނެތް. ކައުންސިލުން އިންޓާނޭޝަނަލް އެއާޕޯޓެއްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ފަޅު ތެރޭގަ އެއާޕޯޓެއް އަޅާ ވާހަކަ ދެކެވޭ. [ރިސޯޓު ހެދުމަށް ދޫކުރާ ހުވަދު އަތޮޅުގެ 12 ރަށުގެ] ޑީޓެއިލްސް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. ސާފުވާން އެބަޖެހޭ ދެއްތޯ ކޮން ތަންތަނެއްކަން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، އެއާޕޯޓާއި ގުޅިގެން ޓޫރުޒަމަށް ދޭން ނިންމާފައިވާ ރަށްތަށް ނޭނގުނު ނަމަވެސް، އެއީ ހުވަދު އަތޮޅުގެ ކައުންސިލުތަކުގެ އިހުތިސާސުގައި ނުހިމެނޭ ރަށްތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މަޝްރޫއުގެ ތަފްސީލުތައް ނޭނގުނު ނަމަވެސް، ތިނަދޫގައި އިންޓާނޭޝަނަލް އެއާޕޯޓެއް ގާއިމް ކުރެވުމަކީ މުޅި ހުވަދު އަތޮޅުގެ އިގުތިސާދާއި ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ފައިދާކުރާނެ މަޝްރޫއުއެއްކަން ސައުދު ފާހަގަކުރެއްވި އެވެ.

"އެ ޕްރޮޖެކްޓް ހަގީގަތަކަށް ވެއްޖެނަމަ، މި ސަރަހައްދުގެ އިގުތިސާދަަސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. އިންޓަގްރޭޓެޑް ޓުއަރިޒަމާ އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށް އަދި އާންމު މީހާއަށް ވެސް އާމްދަނީ ލިބޭނެ ދޮރުތަކެއް ހުޅުވިގެން ދާނެ،" ސައު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެ މަޝްރޫއުގައި ކުލަޖެހި ހަގީގަތަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި އިންޓާނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ރޭ ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބެވެ. އެ މަސައްކަތް ހަވާލުކުރީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. މިއީ އެ ކުންފުނިން އަމިއްލައަށް ޝައުގުވެރިކަން ފާޅުކޮށްގެން ދިވެހި ސަރުކާރާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

އެއާޕޯޓެއް ތަރައްގީކުރުމުގެ އިތުރުން 12 ރިސޯޓަށް އިންވެސްޓުކުރުމުގެ ޝައުގު ވެސް ކޮންޓްރެކްޓަރުގެ އެބައޮތް ކަމަށާއި އެއީ 2400 އަށް ވުރެ ގިނަ އެނދު ކަމަށް މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި އެވެ. އަދި މިއީ ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށާއި މަޝްރޫއުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަޅެއްގައި އެއާޕޯޓެއް ތަރައްގީކުރަށް ސޮއިކުރިއިރު ސަރުކާރުން އަންނަނީ ތިނަދޫއާ ޖެހިގެން އެއާޕޯޓެއް އޮންނަ ކާޑެއްދޫއާ ގުޅާލަން ބްރިޖެއް އެޅުމުގެ މަސައްކަތް ކުރަން ފީސިބިލިޓީ ސްޓަޑީ ހަދާނެ ބަޔަކު ހޯދަން މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox