ހުލާސާކޮށް އިއްޔެ: ރައީސް އާއި މިނިސްޓަރުގެ ހިސާބު ދިމާނުވުން!

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއިރައީސް ޑރ. މުހައްމަދު މުއިއްޒު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއިރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ބިލުތަކުގެ ޖުމުލަ އަދަދާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި މައުލޫމާތާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި މައުލޫމާތުގައި ދެ ބިލިއަން ރުފިޔާގެ ފުށުއެރުމެއް ހުރިކަން އިއްޔެ ރިޕޯޓުކުރި އެވެ.

ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން, މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާއި ސަރުކާރުގެ މަސައްކަތްތައް ކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ރައީސް މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ގެންދަވަނީ "ވާރުތަވި އިގުތިސޯދީ ހާލަތު" ގެ ވާހަކަތައް ހިއްސާކުރައްވަމުންނެވެ. އިއްޔެ ގދ. ފަރެސްމާތޮޑާގައި ވެސް އޭގެ ބައެއް ވާހަކަތައް ރައީސް ހިއްސާކުރެއްވި އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު ނުވަ ބިލިއަން ރުފިޔާ, ނުވަ ހާސް މިލިއަން, ނުވަ ބިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެބައޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ," ރައީސް ހާމަކުރެއްވި އެވެ.

ނަމަވެސް, ރައީސް ހާމަކުރެއްވި ނުވަ ބިލިއަނުގެ އަދަދަކީ މިދިޔަ ޖެނުއަރީ 24, ގައި އިކޮނޮމިކް މިނިސްޓަރު ސައީދު އެކަމާ ގުޅޭ ގޮތުން ހާމަކުރެއްވި އަދަދަށް ވުރެ ދެ ބިލިއަން އިތުރު އަދަދެކެވެ.

"ރައީސް ޑރ. މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ގާތްގަޑަކަށް ހަތް ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރި. ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވަނީ ވަރަށް ބޮޑަށް،" ސައީދު އެ ދުވަހު ވިދާޅުވެފައިވެ އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ނުވަ ބިލިއަން ރުފިޔާއަކީ ސަރުކާރުގައި އޮތް 50 އަށް ވުރެ ގިނަ ކުންފުންޏާއި އެކި މިނިސްޓްރީތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ އެވެ. ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަބަދުވެސް ފާޅުކުރެ އެވެ.

ރާއްޖޭގެ އެކި ކުންފުނިތަކަށް ރައްޔިތުންނަށް ދޭން ޖެހިފައި ނުދީ މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދަރާފައި ނުވަ ބިލިއަން ރުފިޔާ ހުއްޓޭ. އެއީ ހަވާލުވި ހާލަތު," އިގުތިސޯދީ ހާލަތު ބަޔާން ކުރައްވަމުން ރައީސް މިއަދު އެ އަދަދު ހާމަކުރެއްވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ބިލުތައް ދައްކައި ހަލާސްކުރަން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލައި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް އެކިއެކި ކުންފުނިތަކާއި އާންމުންނަށް ދައްކާފައިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އައިއެމްއެފުން ބަލައިގަނެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީއާއެކު ދައްކަންޖެހޭ ފައިސާ ވެސް ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox