ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަަން ތައިލެންޑު ކުންފުންޏަކާ ހަވާލުކޮށްފި

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ތިނަދޫގައި ހުންނަވާ އެ ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބެވެ. މި މަސައްކަތް ހަވާލުކުރީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. މިއީ އެ ކުންފުނިން އަމިއްލައަށް ޝައުގުވެރިކަން ފާޅުކޮށްގެން ދިވެހި ސަރުކާރާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށް ދާނީ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ކަަމަށެވެ. އަދި މި އެއާޕޯޓު ވެގެން ދާނީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސާ ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތުން މި ޕްރޮޖެކްޓު ނިމިގެންދާއިރުގައި ތިނަދޫގެ ފަޅުގައި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރަށް ރަންވޭއެއް އެޅިގެން ދާނެ. އަދި ހަމަ އެއާއެއްކޮށް ޕްރިމިއާ ފްލައިން ސްކޫލެއް ގާއިމުކުރެވި ފްލައިޓުތަކަށް ސާވިސް ދިނުމަށްޓަކައި އެމްއާރުއޯއަކާއި ފިއުލް ފާމެއް ގާއިމުކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ ހުވަދު އަތޮޅަކީ ވަރަށް ބޮޑު އަތޮޅަކަށް ވާތީވެ އެކި ދިމަދިމާލުން ޓޫރިސްޓު ރިސޯޓުތަކަށް ގެސްޓުން އުފުލުމަށްޓަކައި ސީޕްލޭން ޓާމިނަލަކާއެކީ ސީޕްލޭން ހަބެއް ގާއިމުކުރެވިގެންދާނެ،"

މިިތަނުގައި ހުންނަ އިތުރު ހިދުމަތްތަކާއި ވަސީލަތްތަކުގެ ތެރޭގައި ޑީކޮމްޕްރެޝަން ޗެމްބަރަކާއި އެއާ އެމްބިއުލާންސް ހިދުމަތް ވެސް ގާއިމުކުރެވިފައިވާނެ އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި މިތަނުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ އިތުރުން 12 ރިސޯޓަށް އިންވެސްޓުކުރުމުގެ ޝައުގުވެސް ކޮންޓްރެކްޓަރުގެ އެބައޮތް ކަމަށެވެ. އެއީ 2400 އަށް ވުރެ ގިނަ އެނދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންކަމުުން މިއީ މިހާތަނަށް ހުވަދު އަތޮޅުގެ ތަރައްގިއަށް ލިބިގެންދާ މަޝްރޫއު. މިއާ އެއްކޮށް ހުވަދު އަތޮޅު މުޅިން ބަދަލުކޮށްލާނެ. ހުވަދު އަތޮޅަކީ ދިވެހިރާއްޖޭގައި އޮތް ވަކިން ހިނގާ ޓޫރިޒަމް ސަރަހައްދަކަށް ވެގެން ދާނެ." މުއްތަލިބު ވިދާޅުވި އެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމަށް ފަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު އާއި ޕޭން ޕެސިފިކްގެ މަންދޫބު ހުއްޓިލައިގެން
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމަށް ފަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު އާއި ޕޭން ޕެސިފިކްގެ މަންދޫބު ހުއްޓިލައިގެން

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމަށް ފަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު އާއި ޕޭން ޕެސިފިކްގެ މަންދޫބު ހުއްޓިލައިގެން

މިއީ ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނޫނެވެ. މުއްތަލިބު ހާމަކުރެއްވި ގޮތުގައި މި ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރެވެ.

މި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި މިއީ ފެނުން މަތީގައި މިގޮތަށް ތަރައްގީކުރެވޭ އެންމެ ބޮޑު ސްޓްރަކްޗާ އެވެ. ޒަމާނީ އާކިޓެކްޗާ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި އެއާޕޯޓު ވެގެން ދާނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ އެއާޕޯޓެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އޭގެ އިތުރުން މި އެއާޕޯޓުގެ ވެގެންދާނީ މި ސަރަހައްދުގެ ތަރަައްގީގެ ނާރެހަށް ކަމަށާއި ޓޫރިޒަމާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ގިނަ އަދެއްގެ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ލޮޖިސްޓިކްސް އާއި ފްލައިން ސްކޫލެއްގެ ޔޮޓް މެރީނާއެއް ވެސް ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ފަޅެއްގައި އެއާޕޯޓެއް ތަރައްގީކުރަށް ސޮއިކުރިއިރު ސަރުކާރުން އަންނަނީ ތިނަދޫއާ ޖެހިގެން އެއާޕޯޓެއް އޮންނަ ކާޑެއްދޫއާ ގުޅާލަން ބްރިޖެއް އެޅުމުގެ މަސައްކަތް ކުރަން ފީސިބިލިޓީ ސްޓަޑީ ހަދާނެ ބަޔަކު ހޯދަން މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox