ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓްރީޓޮޕުން ހިލޭ ސްކްރީން ކުރާ ކެމްޕޭނެއް ފަށައިފި

Feb 21, 2024, 2:05 AM
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓްރީޓޮޕުން ހިލޭ ސްކްރީން ކުރާ ކެމްޕޭނެއް ފަށައިފި

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކުރެވޭ ކެމްޕޭނެއް ޓްރީޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.

ޓްރީޓޮޕުން ބުނީ، ފެބްރުއަރީ 19، އިން 28 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕޭނުގައި ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަންހެނުންގެ ހާއްސަ ކްލިނިކުން ރޭގަނޑު 8:00 އިން 10:00 ޖަހަންދެން ކުރިޔަށްދާނެ ކަމަށެވެ.

މި ސްކްރީނިން ކެމްޕޭން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޓީމުގެ ކޮންސަލްޓަންޓް ޑަކްޓަރުންގެ ބެލުމުގެ ދަށުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

"މި ކެމްޕޭންގެ މަގްސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރައި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން،" ޓްރީޓޮޕުން ބުނެ އެވެ.

މި ކެމްޕޭނުގައި ޑޮކްޓަރަށް ދެއްކުމާއި، ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެ ކަމަށާއި ނަމަވެސް، ޓެސްޓް ނަތީޖާ ލިބުމުގެ ފަހުން ހޯދާ އިތުރު ހިދުމަތަކަށް އަގު ދައްކަންޖެހޭނެ އެވެ.

ސްކްރީން ކުރުމަށް އައުމުގެ ކުރިން ބަލަން ޖެހޭ ބައެއް މުހިންމު ކަންތައްތައް:

ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން.

  • ސްކްރީނިން ހައްދަވައިއިރު ޕީރިއަޑު ނުވަތަ ހައިލު ވެފައިނުވުން.
  • ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއާ ސްކްރީނިން" އެއް ހަދާފައި ނުވުން.

މި ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޑަކްޓަރުން:

  • ޑރ. އަކަންޝް (އަންހެނުންގެ ހާއްސަ)
  • ޑރ. އަދިތި (އަންހެނުންގެ ހާއްސަ)
  • ޑރ. ސަޖަނާ (އަންހެނުންގެ ހާއްސަ)

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، އަދި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ސްކްރީނިންގް ކެމްޕޭނަށް ބުކިންގް ހެދުމަށާއި އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ 3351610 ނަމްބަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox