ކޮންމެ ދޯންޏަކަށް އެތައް މިލިޔަނެއް، މަސްވެރިން ތިބީ ފައިސާ ނުލިބެނީސް ކޫއްޑޫން ފުރާ ގޮތަކަށް ނޫން!

ގއ. ކޫއްޑޫ ފަޅު ތެރޭގައި މިވަގުތު އޮތް މަސްދޯނިތައް : ކޮންމެ ދޯންޏަކަށް ނުދީ އެތައް މިލިއަން ރުފިޔާއެއް އެބަހުރި - ފޮޓޯ: އަދަދު

ގއ. ކޫއްޑޫ ފަޅު ތެރޭގައި މިވަގުތު އޮތް މަސްދޯނިތައް : ކޮންމެ ދޯންޏަކަށް ނުދީ އެތައް މިލިއަން ރުފިޔާއެއް އެބަހުރި - ފޮޓޯ: އަދަދު

ގއ. ކޫއްޑޫ ފަޅު ތެރޭގައި މިވަގުތު 27 އެއްހާ މަސްދޯނި އެބައޮތެވެ. އާދިއްތައިން ފެށިގެން މަސްވެރިން އެ ރަށަށް ޖަމާވެ ކުރަމުންދާ މި ހަޅުތާލަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ 298 މިލިއަން ރުފިޔާ ދިނުން ލަސްވާތީ ކުރަމުންދާ ހަޅުތާލެކެވެ.

މަސްވެރިންގެ މި މުޒާހަރާގެ ޕްރެޝަރު ބޮޑުވެ އާދިއްތަ ދުވަހު ހަވީރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވެސް ކޫއްޑޫއަށް ވަޑައިގަތެވެ. ނަމަވެސް އެންމެ މަސްވެރިއެއްގެ އެކައުންޓަކަށް ވެސް މިހާތަނަށް ފައިސާ ޖަމާވެފައެއް ނުވެ އެވެ.

ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ ހުރިހާ ދޯންޏެއްގެ ކެޔޮޅުން ވެސް ނުލިބޭ ފައިސާގެ އަދަދު ގުނަނީ މިލިއަނުންނެވެ. އެންމެ ފަހުން ފައިސާ ޖަމާވީ މިދިޔަ އަހަރުގެ ޑިސެމްބަރު 17، ގަ އެވެ.

މަސްވެރިންގެ މި ހައްސާސް މައްސަލާގައި މިއަދު މަޖިލީހަށް ހާޒިރުކުރުމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދީ މިހާރު ހުރީ 280 މިލިއަން މިލިއަނެއްހާ ރުފިޔާ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން މިފްކޯއިން ބޭރުކުރި 18،987 ޓަނުގެ މަހަށް ލިބުނީ 395 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް 17 ނޮވެމްބަރުން ފެށިގެން މިހާތަނަށް މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް ޖުމްލަ ހަރަދު 435 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ މަހުގެ ފައިސާ ނުލިބި މަސްވެރިން ތިބީ ބިކަ ވެފައި

ކޫއްޑޫ ފަޅުގައި އޮތް ވިލެޖު މެރިން ދޯނީގެ ކެޔޮޅު އަބްދުﷲ ޖަމީލު، ބުނި ގޮތުގައި މަސްވެރިން ކޫއްޑޫއަށް އައިސް ތިބީ ލިބެންޖެހޭ ފައިސާ ހޯދާނެ އެހެން މަގެއް ނުފެނިގެން ކަމަށެވެ.

"އަޅުގަނޑުމެން ދޯންޏަށް އެކަނިވެސް އެބަހުރި ފަސް މިލިއަން ރުފިޔާ ދޭން، އެހެންވީމަ އަޅުގަނޑުމެންގެ ޑިމާންޑަކީ އަޅުގަނޑުމެންނަށް ދޭން ޖެހޭ ފައިސާ މިއަދުން މިއަދަށް ހަވާލުކުރުން،" ޖަމީލު ބުންޏެވެ.

އޭނާ ބުނީ ފައިސާ ދިނުމާ ބެހޭގޮތުން ސަރުކާރުން މަސްވެރިންގެ ގާތުގައި ހަދަނީ ދޮގުކަން އިނގޭ ކަމަށާއި، މަސްވެރިކަމާ ބެހޭ ވަޒީރު މިއަދު މަޖިލީހުގައި ދެއްކި ވާހަކަތަކުން ވެސް އެކަން ސާފުވާ ކަމަށެވެ.

އައިޝާ ދޯނި ކައްޕި މުހައްމަދު ޔާސިރު ބުނި ގޮތުގައި އެ ދޯންޏަށް ވެސް އެންމެ ފަހުން ފައިސާ ލިބުނީ ޑިސެމްބަރު 17، 2023 ގަ އެވެ. އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.

"އަޅުގަނޑުމެންގެ އިހުތިޖާޖުގެ ބޭނުމަކީ ތަނަށް ގެއްލުން ދިނުމެއް ނޫން. [ބޭނުމަކީ] ފައިސާއަށް ވީގޮތް އެނގުން. ބާނާ މަސް އެބަ ބޭރުކުރޭ، އެކަމަކު ލާރިއެއް ނުލިބޭ. އެމީހުންގެ ހުރިހާ ކަމެއް އެބަ ކުރެވޭ، މުސާރަ ދެވޭ، އެކަމު އަޅުގަނޑުމެންނަކަށް އެއްވެސް އެއްޗެއް ނުދެވޭ،" ޔާސިރު ބުންޏެވެ.

މި ދެ ދޯނީގެ އިތުރުން ގއ. ދާންދޫ ސީސަން ދޯންޏަށް ފަސް މިލިއަން ރުފިޔާ، ގދ. ފަރެސްމާތޮޑާ ޑޭޒީވިއު ދޯންޏަށް 6.7 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް އެ ދޯނީގެ ކެޔޮޅުން ބުންޏެވެ. މިހެންގޮސް މި ނޫހުން ވާހަކަ ދެއްކި ކޮންމެ ދޯންޏަކަށް ނުދޭ ފައިސާގެ އަދަދު އުޅެނީ އާންމުކޮށް ހަތަރު މިލިއަނުން މަތީގަ އެވެ.

"މަގޭ ދަރި ނުކުންނާނެ މި މަހު ކުލި ނުދެއްކިއްޔާމު ފޭސް 2 އިން، ޔަގީންކޮށް، ކޮބާ އަދި ދަރިންގެ ކެއިން ބުއިމާ ނިދުމާ އެކަންތައްތައް، ޒަރޫރީ ބޭނުންތައްވެސް ހުންނާނެތާ،" ކޫއްޑޫއިން ވާހަކަދެއްކި މަސްވެރިޔަކު ބުންޏެވެ.

"ވަރަށް ހާލުގަ ދިވެހި މަސްވެރިން މިއުޅެނީ، ވަރަށް ބިކަ ހާލުގަ، ރޯދަމަހެއް މިއޮތީ ކުރިމަތީގަ،" އެހެން މަސްވެރިޔަކު ބުންޏެވެ.

މިހާރު ބުނާ ތާރީހުތަކުގައިވެސް ފައިސާ ލިބޭނެ ކަމަށް މަސްވެރިން ގަބޫލެއް ނުކުރޭ

އަންނަ ހޯމަ ދުވަހާއި މާޗު 5، 2024 އަކީ މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން މިހާރު ދެމުންދާ ތާރީހު ތަކެވެ. ނަމަވެސް މަސްވެރިން ދެކޭ ގޮތުގައި އެއީ މިހާލަތުގައި ގަބޫލުކުރަން ދަތި ތާރީހުތަކެކެވެ.

"ގަބޫލެއް ނުކުރެވޭ، އެއީ މިހާރު ނެތް ލާރިއެއް ކޮންތާކުންތޯ އެ ހިސާބަށް ހޯދަނީ، ދެން ބުނީ މި މަހު 26 ގަ ދޭނެ ވާހަކަ، ނެތް ލާރިއެއް 26 ގަ ދޭނީ ކިހިނެތް"

ކޫއްޑޫގައި ހުރި މަސްވެރިޔަކު ބުނި ގޮތުގައި، ވަޒީރު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުންވެސް ސަރުކާރުން ދައްކާ ވާހަކަތަކާމެދު ސުވާލު އުފެދެ އެވެ.

"އެ ކޮންތާކުން ނެރޭ ފައިސާއެއްތޯ މާޗު 5 ގެ ކުރިން، ޗާޕުކޮށްގެންތޯ އެ ގެންނަނީ"

ވާހަކަދެއްކި އެހެން މަސްވެރިޔަކު ބުނީ ސަރުކާރުން ދަނީ މަސްވެރިންނަށް އޮޅުވައިލަމުން ކަމަށެވެ. އެ ތުހުމަތުގެ ސަބަބެއް ކަމަށް އޭނާ ބުނީ ސަރުކާރުން ދެވޭނެ ކަމަށް ބުނާ އަދަދު ބަދަލުވަމުން ދިއުމެވެ. ފުރަތަމަ ދެވޭނެ ކަމަށް ބުނި 22 މިލިއަން މިހާރު 100 މިލިއަނަށް އަރާފައިވާކަން އޭނާ ފާހަގަކުރި އެވެ.

ޖުމްލަ ގޮތެއްގައި ކޫއްޑޫގައި ތިބި ހުރިހާ މަސްވެރިންވެސް ބުނަނީ މިއީ ސިޔާސީ ހަރަކާތެއް ނޫނީ އެފަދަ އެއްވެސް ރޫހެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށެވެ. ހަމައެކަނި ބޭނުންވަނީ ބުރަ މަސައްކަތް ކޮށްގެން ކިރި މަހުގެ ފައިސާ ކަމަށް އެތައް މަސްވެރިޔަކު ތަކުރާރުކޮށް ބުންޏެވެ.

ނަމަވެސް، ކަން ހިނގާ ގޮތުން މަސްވެރިންނާއެކު އެއްވެސް ބަޔަކު ނެތްކަމުގެ އިހުސާސް ވަމުންދާ ކަމަށާއި އެ ފަރާތްތަކުން ތިބީ ވަރަށް ނިކަމެތި ހާލުގައިކަންވެސް މަސްވެރިން ދިޔައީ އެކި ފަހަރުމަތިން ފާހަގަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox