ބޮންޑެ ގޮވައިލެއްވީ މަސް ގަންނަން "ހޯކޯމާރު" ބޯޓުތައް އަލުން ގެންނަން

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. އޭނާ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވާ މިއީ ދެވަނަ ދައުރު. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. އޭނާ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވާ މިއީ ދެވަނަ ދައުރު. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މަސްވެރިންގެ އަތުން ގަންނަ މަހަށް އަގު ނުދެވޭ މައްސަަލައިގެ ހައްލަކީ ބޭރުގެ މަސް ކުންފުނިތަކުގެ ބޯޓު ފަހަރު ރާއްޖެއަށް އައިސް މަސް ގަތުމުގެ ހުއްދަ ދިނުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު މިފްކޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ ކަންބޮޑުވުން ފާޅުކޮށް މަރަދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބޮންޑޭ ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ޖަޕާނުގެ "ހޯކޯމާރު" ކުންފުނިން ރާއްޖޭގައި މަސްގަތް އިރު މަސްވެރިންނަށް ވަގުތުން ފައިސާ ދިން ކަމަށެވެ.

އެއީ މިހާރު ވެސް އެ ކުންފުންޏާ ބޭރުގެ އެހެން ކުންފުނިތަކަށް ވެސް ކުރެވިދާނެ ކަމެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މަސްވެރިންނަށް] ވަގުތުން ފައިސާ ދެވޭނެ ގޮތްތައް އެބަ އޮތޭ، ހޯކޯމާރަށް ދޭންވީނުންތޯ އަނެއްކާ ވެސް، ޖަޕާނުގައި އެހެރީ މަސްކިރާބޯޓުތައް އެހެރީ، ދޫކޮށްލަންވީނުންތޯ އެމީހުންނަށް،" މެމްބަރު ވިދާޅުވި އެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯ އަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށް ވިދާޅުވެ، އެ ކުންފުނި އުވައިލަން ނުކުންނަން މަސްވެރިންނަށާއި މަސްވެެރިންގެ އާއިލާތަކަށް އޭނާ ގޮވައިލެއްވި އެވެ.

"އެސްޓީއޯއިން، މަސްވެރިންގެ އަތުން ލިބޭ ޑޮލަރުން [މަސް އެކްސްޕޯޓްކޮށްގެން ލިބޭ ޑޮލަރުން] ވިޔަފާރިކޮށްގެން މަސްވެރިންނަށް މިހާ ނިކަމެތިކަން ޖައްސައިގެން [އުޅޭ އިރު] އަސްލު ހަގީގަތުގައި މަސްވެރިން އެބަ ޖެހޭ ނުކުންނަން، ނުކުމެ މިފްކޯ އުވައިލަން،" ބޮންޑެ ވިދާޅުވި އެވެ.

"މެމްބަރުން ގަނަންނަ ސަރުކާރުގައި ލާރި ހުރޭ، މަސްވެރިންނަށް ދޭނެ ލާރިއެއް ނެތް"

މަސްވެރިން ކިރުވި މަހަށް ފައިސާ ދޫނުކުރާތީ ސަރުކާރަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވީ މަސްވެރިންނަށް ދޭނެ ފައިސާ ނެތް އިރު ސަރުކާރުން ބޮޑެތި އެހެން ހަރަދުތައް ކުރާ ކަމަށެވެ. އެފަދަ އެއް ހަރަދަކީ އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓްތައް ޗާޓަރުކޮށްގެން ކެމްޕޭނަށް ދަތުރުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވީ ފައިސާ ދީގެން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އަޖައިބު އަންތަރީސްވާ ވަރު ކަމެއް ނޫންހޭ، މަސްވެރިންނަށް ދޭނެ ފައިސާއެއް ނެތް، ބޮޑެތި ޗާޓަރު ފްލައިޓްތަކުގައި އެކި ތަންތަނަށް ކެމްޕެއިނަށް ދެވޭ، މިއީ މަސްވެރިން ދައްކާ ވާހައަކީ،" ބޮންޑެ ވިދާޅުވި އެވެ.

ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތު ތަކުގައިވާ ގޮތުން މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުދީ އެބަ އޮތެވެ. މާޗް 5، ގެ ކުރިން އެ ފައިސާ ދީ ހަލާސްކުރާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox