ޓްރީޓޮޕުން ލޮލުގެ މުހިންމު ސާޖަރީއެއް ކާމިޔާބުކަމާއެކު ހަދައިފި

ޓްރީޓޮޕުން ލޮލުގެ މުހިންމު ސާޖަރީ ހެދި ޓީމު -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕުން ލޮލުގެ މުހިންމު ސާޖަރީ ހެދި ޓީމު -- ފޮޓޯ: ޓްރީޓޮޕް

ކަޅިއަށް ފުސް އަރައި، ލޮލުގެ ފެނުން ދިގު މުއްދަތަކަށް ދަށްވެ، އަދި ގްލޯކޮމާ ހުރި އުމުރުން 55 އަހަރުގެ އަންހެންގެ ލޯ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު އޮޕަރޭޝަންކޮށްފި އެވެ.

"ސާޖަރީ ހެދި އުމުރުން 55 އަހަރުގެ އަންހެން މީހާ ޑރ. އަރުޗަނާ ޝަރްމާއަށް، ދެއްކީ ދެ ލޮލުގެ ފެނުން ވެސް ދިގު މުއްދަތަކަށް ދަށްވެ، ދިގު މުއްދަތަކަށް ގްލޯކޮމާ ބަލި ތަހައްމަލް ކުރަމުން ދާތީ. ޑޮކްޓަރަށް ފާހަގަކުރެވުނީ ދެ ލޮލުގައި ކްރޮނިކް އެންގަލް ކްލޯޒާ ގްލޯކޮމާ ހުރިކަމާއި ވައަތު ލޮލުގައި އެޑްވާންސްޑް ގްލޯކޮމާ އަދި ސެނައިލް ކެޓަރެކްޓް ހުރިކަމަށް" ޓްރީޓޮޕުން ބުނެ އެވެ.

ލޮލުގެ ހާއްސަ ޑޮކްޓަރު ޑރ.އަރުޗަނާ ޝަރްމާ އަދި އޭނާގެ ޓީމު ގުޅިގެން ކުރި އޮޕަރޭޝަންއަކީ ގްލޯކޮމާ އާއި ކެޓަރެކްޓްގެ ހާލަތެއް އެކީގައި ދިމާވާ ބަލި މީހުންނަށް ބޭނުންކުރާ ސާޖިކަލް ޓެކްނިކް އެކެވެ. އެއީ މިއީ ކެޓަރެކްޓް (ލޯފުސްވާ ބަލި) އަދި ގްލޯކޮމާ (ލޮލުގެ އޮޕްޓިކް ނާރަށް ލިބޭ ގެއްލުން) ފިލްޓްރޭޝަން ސާޖަރީ އެކެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ފޭކޯއެމަލްސިފިކޭޝަން، އިންޓްރާއޮކިއުލާ ލެންސް އިމްޕްލާންޓް ކުރުމާއި، ޓްރެބިކިއުލެކްޓޮމީ ހިމެނެ ކަމަށެވެ.

ފޭކޯއެމަލްސިފިކޭޝަން އަދި އިންޓްރާއޮކިއުލާ ލެންސް އިމްޕްލާންޓް ކުރުމަކީ ކެޓަރެކްޓްއަށް ދެވޭ ސާޖިކަލް ފަރުވާތަކެއް އަދި ޓްރެބިކިއުލެކްޓޮމީ އަކީ ޕެނެޓްރޭޓިންގް ފިލްޓަރިން ސާޖިކަލް ޕްރޮސީޖާ ބޭނުން ކޮށްގެން އެކި ބާވަތުގެ އޯޕަން އެންގަލް އަދި ނޯމަލް ޓެންޝަން ގްލޯކޮމާއަށް ދެވޭ ފަރުވާއެއް ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

މި ބަލީގައި ލޭޒާ އިރިޑޮޓޮމީ އާއި އެންޓި ގްލޯކޮމާ ބޭސްތައް ބޭނުންކުރި ނަމަވެސް، ދެ ލޮލުގެ އެންޓިރިއާ ޗެމްބަރު އަދި އޮކްލޫޑެބަލް އެންގަލްސް ތިލަވެ އެއާއެކު ލޮލުގެ ޕްރެޝަރު ވަރަށް މަތިވެގެންދެ އެވެ.

ގްލޯކޮމާއަކީ ލޮލުގެ ފެނުން ދަށްކޮށް އަދި ލޮލުގެ ޕްރެޝަރު މަތިވެ އޭގެ ސަބަބުން ލޮލުގެ ފެނުމަށް އެހީތެރިވެދޭ ނާރު ހަލާކުވާން މެދުވެރިވާ ބައްޔެކެވެ. އެހެންވެ، ސާޖަރީ ހެދިފައިވަނީ ލޮލުގެ ޕްރެޝަރު ދަށްކޮށް އަދި ނާރުތަކަށް އިތުރު ގެއްލުން ނުލިބި، ބަލި ބޮޑުވުން މަޑުޖައްސާލުމަށް ކަމަށާއި، ލޮލުގެ ފެނުން ރަނގަޅުވެ، ރަނގަޅަށް ފެންނާނެ ގޮތަށް ކެޓަރެކްޓް ސާޖަރީއާ ވެސް އެކުއެކީގައި ކުރިއަށް ގެންދެވުނު ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

"ސާޖަރީއަށް ފަހު ބަލި މީހާގެ ފެނުން ރަނގަޅުވެ ލޮލުގެ ޕްރެޝަރު ދަށްވި. މީގެ ކުރިން މި ސާޖަރީއަށް އާންމުކޮށް ބަލި މީހުން ރާއްޖެއިން ބޭރަށް ދާން ޖެހުނުކަމުގައި ވިޔަސް، މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފަސޭހަކަމާއެކު މި ސާޖަރީ ކުރެވޭނެ. ޓްރީ ޓޮޕުން ދެވޭ މިފަދަ ފަރުވާތަކުން ބަލިމީހާގެ ވަގުތު ސަލާމަތްކުރެވި، ރާއްޖެއިން ބޭރަށްދާން ކުރަންޖެހޭ ހަރަދުތަކާއި ދަތުރުތަކާއި ގުޅުން ހުރި އިތުރު ފިކުރުތައް ކުޑަވެގެންދޭ" ޓްރީޓުޕުން ބުންޏެވެ.

ކެޓަރެކްޓް ބައްޔަކީ އުފެދިގެން ދާއިރު މާގިނަ އަލާމާތްތަކެއް ނުފެނި ގިނަދުވަހުން މަޑުމަޑުން ބޮޑުވަމުންދާ ބައްޔަކަށްވާއިރު، މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ލޮލުގައި އެއްވެސް ތަދެއް ނުވަތަ ރަތްވުމެއް ކުރިމަތި ނުވެވެސް ހިނގައިދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް. -- ފޮޓޯ: އަދަދު
ޓްރީ ޓޮޕް ހޮސްޕިޓަލް. -- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް. -- ފޮޓޯ: އަދަދު

އުމުރުން ދުވަސްވީ މީހުންގެ ކިބައިން މިބަލި ގިނައިން ފެނުނުކަމުގައި ވިޔަސް، އެކިއެކި ސަބަބުތަކާހުރެ ޒުވާނުންނާއި ތުއްތު ކުދިންގެ ފަރާތުންވެސް މިބަލި ފެނިގެން ދިޔުމަކީ އެކަށިގެންވާކަމެކެވެ.

ގްލޯކޮމާ އަކީ ލޮލުގެ އޮޕްޓިކް (ލޮލުގެ ފެނުމަށް އެހީތެރިވެދޭ ނާރަށް) ލިބޭ ގެއްލުމެކެވެ. މި ބަލީގެ ސަބަބުން ގިނަ ފަހަރަށް ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ނާރުތައް ފިތި ނާރުތަކުގެ ފައިބަރުތަކައް ގެއްލުންލިބެއެވެ.

މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ކަމުގައި ވާނަމަ، ލޮލުގެ ވަށައިގެން ފެންނަ ފެނުން ގެއްލި، އަދި އެންމެ ފަހުން ސީދަލަށް ފެންނަ ފެނުންވެސް ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިގޮތުން ލޮލުގެ ފެނުމަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިއްޖެނަމަ، ނުވަތަ މަތީގައި ބަޔާންކުރެވުނު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލޮލުގެ ހާއްސަ ޑޮކްޓަރަށް ދައްކައިގެން ތަހުލީލު ކުރަން ޖެހެއެވެ.

ކެޓަރެކްޓް ބަލި އަވަހަށް ދެނެގަނެ ފަރުވާ ދިނުމަކީ ލޮލުގެ ފެނުން ގެއްލުން ހުއްޓުވައި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ސިއްހީ ހިދުމަތް ދޭ ހޮސްޕިޓަލަށް ވެފައި ލޮލުގެ ޚާއްސަ ބަލިތަކަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެކެވެ.

މީގެއިތުރުން ޓްރީޓޮޕަކީ ބަލި މީހުންނަށް މަތީ ފެންވަރުގައި އަދި އަތްފޯރާފަށުގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ކާމިޔާބު ސާޖަރީތަކާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހީވާގިކަމާއެކު އަޒުމު ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox