ފައިސާ ނުދޭތާ ދެ މަސް ދުވަސް، އުދާސްތަކާ އެކު މަސްވެރިން ރަތަށް!

ކޫއްޑޫގައި މަސްވެރިން މިއަދު މުޒާހަރާ ކުރަނީ: މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 290 މިލިޔަން ރުފިޔާ ނުދީ އެބަ އޮތް -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ކޫއްޑޫގައި މަސްވެރިން މިއަދު މުޒާހަރާ ކުރަނީ: މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 290 މިލިޔަން ރުފިޔާ ނުދީ އެބަ އޮތް -- ފޮޓޯ: ވީޑިއޯ ކެޕްޗާ

"ފޯނުބިލު ނުދެއްކޭ، ކަރަންޓުބިލު ނުދެއްކޭ ކުދިންގެ ޓިއުޝަންފީ ނުދެއްކޭ, އަންހެނުންގެ ޕެޑްފޮށި ނުގަނެވޭ،" މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ކިޔައިދެމުން މަސްވެރިއަކު މިއަދު ބުންޏެވެ. އޭނާއަށް ނުދެއްކި ހުރި ބިލުތަކާއި ނުގަނެވި ހުރި ތަކެތީގެ ލިސްޓް ދިގެވެ. އެހެން ނަމަވެސް އެއީ އަތް އުރާލައިގެން ގޭގައި ހުރި މަސްވެރިއެއް ނޫނެވެ.

މިދިޔަ ދެ މަސްދުވަހު އޭނާ އާއި އޭނާ ފަދަ އެތައް މަސްވެރިންނެއް ވަނީ ރަތްދައްކަ އައްވާއި ގަދަ ވަޔާއި ބޯ ވާރޭގައި މާކަނޑަށް ނުކުމެ، އެތައް ހާސް ޓަނެއްގެ މަސް ބާނައި، މިފްކޯއަށް ކިރައިފަ އެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 290 މިލިޔަން ރުފިޔާ އަދިވެސް ނުދީ އެބަ އޮތެވެ. އެއީ 11،600 ޓަނުގެ މަސް ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން ގަތީމާ ދައްކަން ޖެހޭ އަގެެވެ.

ހުވަދުއަތޮޅުގެ ދެބުރިއާއި އައްޑޫ އަދި ނިލަންދެ އަތޮޅުގެ ބައެއް މަސްވެރިން އަރައިގެން އައި އިރާއެކު މިއަދު ކޫއްޑޫއަށް ފޭބީ އެ ފައިސާ ނުދޭތީ އުޅޭ ހާލުގެ ވާހަކަ އަޑުގަދަކޮށް ގޮވައިލުމަށެވެ. ކޫއްޑޫގައި ފެށި މުޒާހަރާގައި ބައިވެރިވެގެން ހުރި މުހައްމަދު ކެޔޮޅު ބުނި ގޮތުގައި މަސްވެރިންގެ އިހުތިޖާޖު ހުއްޓައިލާނީ ފައިސާގެ ކަންތައް ކޮޅެއްގައި ޖައްސައިފަ އެވެ.

"މި މުޒާހަރާ ކުރިއަށް ދާނެ އަޅުގަނޑުމެންނަށް ހަމަ ލާރި ލިބެންދެން ކޮންޓިނިއުސް ކޮށް،" މުޒާހަރާއާ ބެހޭ ގޮތުން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިފްކޯއިން އެއްވެސް ފައިސާއެއް ދޫނުކުރާތާ މިހާރު ދެމަހާ އެއް ދުވަސް ވެއްޖެ އެވެ. ފައިސާ ނުލިބި އެހައި ދުވަސްވުމުން މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށް ބުނެ އޭނާ ފާޅުކުރީ އެންމެ އަސާސީ ހިދުމަތްތަކުގެ މަހުރޫމު ވެދާނެ ކަމުގެ ކަންބޮޑުވުމެވެ. ފޯނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް އޭގެ ތެރޭގައި ހިމެނެ އެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރި ނުވެވި ހުރި މަސްވެރިއެއް ކަމަށްވާ އާމިރު އަލީ ބުނި ގޮތުގައި ދައުލަތުގެ މަސްކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިޔަން ރުފިޔާއެއް ނުދީ އޮތް އިރު ޔޫޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުން އެކަމެއް ނުދަނެ އެވެ. އެއްކޮޅުން މިފްކޯއިން ފައިސާ ނުދީ އޮތް އިރު އަނެއްކޮޅުން ފެނަަކައިން ފޮނުވަނީ ކަރަންޓު ކަނޑައިލާނެ ކަމުގެ އިންޒާރެވެ.

"ކަރަންޓާ ނުލައި ނުއެއް އުޅެވޭނެތާ، އެހެންވީމާ އެގޮތް މިގޮތުން [ދަރަންޏަށް] ފައިސާ ހޯދައިގެން ކަރަންޓު ބިލު މިހާރު ދައްކައިފިން. އެކަމަކު ގެއިން އިންޓަނެޓް އެހެރީ ކެނޑިފައި،" އާމިރު ބުންޏެވެ.

އޭނާ މަހަށްދާ، ގއ. ގެމަނަ ފުށީގައި ދުއްވާ ގަސްވާ ދޯނިން 28 މީހަކު މަހަށް ދެ އެވެ. އެ 28 މީހުން ބަލަހައްޓާ 28 އާއިލާއަށް ވެސް އާމިރަށް އޮތް ފަދަ ދަތިކަން އެބަ އޮތެވެ.

"ޑިސެމްބަރު 18، އިން ފެށިގެން އެންމެ ބިލަކަށް ވެސް ފައިސާ ދީފައެއް،" ކުރިއަށް އޮތީ ރޯދަމަސްކަން ފާހަގަކުރަމުން، އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާ އެކު އޭނާ ބުންޏެވެ.

މަސްވެރި ރަށްރަށުގައި ދުވަހުން ދުވަހަށް ގަންނަން ޖެހޭ ތަކެތި ހޯދުމުގައި މަސްވެރިންނާއި ވިޔަފާރިވެރިންނާ ދެމެދު އޮންނަނީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ލޭންދޭނަށް ދޫކުރުމުގެ ނިޒާމެކެވެ. ފިހާރަތަކުން މަސްވެރިންނަށް ތަކެތި ދޫކުރަނީ މިފްކޯއިން ފައިސާ ދޫކުރުމާ އެކު ދައްކާނެތީ އެވެ. ކަންތައްތައް ރަނގަޅަށް އޮތް ޒަމާނުގައި އެއީ ގިނަވެގެން ދެ ހަފުތާގެ ތެރޭގައި ނިމޭ މުއާމަލާތެކެވެ. އެހެން ނަމަވެސް މަސްވެރިންނަށް ފައިސާއެއް ނުލިބި ދެމަސް ދުވަސް ވުމުން އެކަން ވެސް އޮތީ ބޮއްސުންލައިފަ އެވެ.

ސަރުކާރުން ބުނަނީ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް

މިފްކޯއިން މަސްވެރިންނަށް ނުދީ ހުރި ފައިސާއާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެބްރުއަރީ 12، ގައި ބޭއްވި ޖަލްސާގައި ޖަވާބުދެއްވި އެވެ. އޭނާ ވިދާޅުވީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ހަނދާން ނުނެތޭ ކަމަށެެވެ.

"އެ ވައުދު ހާސިލުކުރުމަށް ޓަކައި އަަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ،" ޝިޔާމް އެދުވަހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ތިރިކުރުމަކީ އެގޮތުން އެޅި ފިޔަވަޅެކެވެ. މި ސަރުކާރު އައި އިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު "ބެކްލޮގެއް" އޮތް ކަމަށާއި މިހާރު އޮތް ދަތި ކަން ގުޅިފައި އޮތީ އެ ބެކްލޮގާ ކަމަށް ވެސް ޝިޔާމް އެދުވަހު ވިދާޅުވި އެވެ.

"އެ އުނދަގުލުން އަރައިނުގަނެ މިއުޅެނީ، އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މިއުނދަގުލުން އަޅުގަނޑުމެން އަރައިގަނެ، މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފިލުވައިލާނަން،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އެ ޖަވާބު ދެއްވި އިރު މަސްވެރިންނަށް އެހައިތަށް ދޫނުކޮށް އޮތް ފައިސާގެ އަދަދަކީ 270 މިލިޔަން ރުފިޔާ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ކިރި މަހަށް ދޭން ޖެހޭ ފައިސާއާ އެކު މިހާރު އެ އަދަދު އޮތީ 308 މިލިޔަނުގަ އެވެ.

"އަދަދު" ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ މާޗް 5، ގެ ކުރިން އެ ހުރިހާ ފައިސާއެއް ދޫކޮށް ހަލާސްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox