ފައިސާ ނުދޭތީ މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަނީ

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ. މިފްކޯއިން މަސްވެރިންނަަށް ނުދީ 190 މިލިޔަން ރުފިޔާ އެބަ އޮތް.

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ. މިފްކޯއިން މަސްވެރިންނަަށް ނުދީ 190 މިލިޔަން ރުފިޔާ އެބަ އޮތް.

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގައި މަސްވެރިން މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރާ މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ކޫއްޑޫއަށް ކިރި މަހަށް ފައިސާ ނުދޭތާ ތިން މަސްދުވަހަށް ވުރެ ދިގުލައިގެން ދިއުމެވެ. އެ ޝަކުވާތަކަށް ކޫއްޑޫގެ އޮފިޝަލުން ޖަވާބެއް ދިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން ނުދީ އެބަ އޮތެވެ.

އެ ފައިސާ ދިނުމަށް ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން އެތެރެއިން އަދި ބޭރުން ވެސް ލޯނު ހޯދުމުގައި ގޮންޖެހުން ހުރި ކަމަށެވެ. ނަމަވެސް ސަރުކާރާއި މިފްކޯއިން އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަ ބުނޭ. ސަރުކާރު އަދި މިފްކޯއިން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން،" ޝިޔާމް ވިދާޅުވި އެވެ.

ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްްރޫއުތައް ނުފެށި ލަސްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުއިއްޒު ވެސް މި މަހުގެ ކުރީކޮޅު ވަނީ ދެއްވައިފަ އެވެ.

ނަމަވެސް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މާލީ ދަތިކަމެއް ނެތް ކަމަށެވެ.

އެޑިޓަރުގެ ނޯޓު

ތިޔަ ހުރީ ކޫއްޑޫގައި ހެއްޔެވެ؟ އެ ރަށުގައި ހުރި ނަމަ މަސްވެރިންގެ އިހުތިޖާޖުގެ ވީޑިއޯ، ފޮޓޯ، މައުލޫމާތު "އަދަދު" ނޫހަށް ހިއްސާކޮށް ދެއްވުން އެދެމެވެ. އެކްސްއިން ނުވަތަ ފޭސްބުކުން ފޮނުވިދާނެ އެވެ. ނުވަތަ news@adhadhu.com އަށް އީމެއިލް ކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox