ހަތަރު ދުވަހުގެ ދަތުރެއްގައި ރައީސް މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

Feb 18, 2024, 3:38 AM
ރައީސް މުއިއްޒު ޑުބާއީއަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގަންނަވަނީ: އައްޑޫއަށް ރައީސް މި ވަޑައިގަންނަވަނީ މި މަހު ތ. އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށްފަހު -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޑުބާއީއަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގަންނަވަނީ: އައްޑޫއަށް ރައީސް މި ވަޑައިގަންނަވަނީ މި މަހު ތ. އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށްފަހު -- ފޮޓޯ: ރައީސް އޮފީސް

ހަތަރު ދުވަހުގެ ދަތުރެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އައްޑޫއަށް ފުރާވަޑައިގަންނަވާކަން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އައްޑޫއަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، އާންމުންގެ އަޑު އައްސަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"[ދަތުރުގެ ބޭނުމަކީ] ރައްޔިތުންނާ ބައްދަލު ކުރެއްވުން. ރައްޔިތުންގެ އަޑު އެއްސެވުން، ރައްޔިތުންގެ ހާލު ބެއްލެވުން. ކުރިން ވެސް ވިދާޅުވެފައި ވަނީ ވަޑައިގެންނެވޭ އެންމެ ގިނަ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް،" ރައީސް އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.

މާލެއަށްފަހު ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫއަށް ރައީސް މިއަދު މި ވަޑައިގަންނަވަނީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް މި މަހު ވަޑައިގަތުމަށްފަހެވެ.

ތ. އަތޮޅުގެ ޖުމުލަ 10 ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންނެވި އެވެ. އެއީ ގުރައިދޫ އާއި ދިޔަމިގިއްޔާއި މަޑިފުށްޓާއި ވޭމަންޑޫ އާއި ބުރުނީ އާއި ކަނޑޫދޫ އާއި ވަންދޫ އާއި އޮމަދޫ އާއި ކިނބިދޫ އަދި ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox