މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ، ފުރަތަމަ ކުރާނެ ކަމަކީ ދޮގު ނުހަދަން ސަރުކާރަށް ދެންނެވުން: ސޯލިހު

Feb 18, 2024, 3:16 AM
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބޭނެ ކަމަށާއި އާ މަޖިލީހުގެ ފުރަތަމަ މަސައްކަތަކަށް ވާނީ ދޮގު ނުހެދުމަށް ސަރުކާރަށް ދެންނެވުން ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީހާން މަހުމޫދަށް ތާއިދު ހޯދަން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު މިހާރު ހުރި ގޮތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށެވެ.

ސަރުކާރު ޒިންމާދާރު ކުރެވޭނީ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ކުރެވިގެން ކަމަށް އެމްޑީޕީގެ ވަގުތީ ރައީސެެއްގެ ގޮތުގައި ވެސް ހުންނެވި ސޯލިހު ވިދާޅުވި އެވެ.

"[މަޖިލީހުގެ އަގުލަބިއްޔަތު ނެގުމަށް ފަހު] އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް. ދޮގު ނުހެދުމަށް ޑރ. މުއިއްޒަށް އަޅުގަނޑުމެން ދަންނަވާނަން. އޮޅުވާނުލުމަށް އަޅުގަނޑުމެން ދަންނަވާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން، 90 ދާއިރާއަށް ވާދަކުރެ އެވެ.

މި ސަރުކާރުންވި ބައެއް ވައުދުތައް ތަންފީޒުކުރާ ގޮތާމެދު ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނު ބިނާކުރި މައިގަނޑު ދެ ވައުދު ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި، އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭ ގޮތުންނެވެ. އެ ދެ ކަންތައް ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ތިން މަސްވެގެން ދިޔައިރު ވެސް އެ ދެ ވައުދު ވެސް ނުފުއްދެ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ކުރީގެ ސޯލިހު ނެރުއްވި ގަރާރު، މި ސަރުކާރުން ބާތިލު ނުކުރާތީ ވެސް ސިޔާސީން ދަނީ ފާޑުކިޔަމުންނެވެ.

"ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން" ކަމަށާއި "ވެރިކަން ކުރި މީހެއްގެ ހައިސިއްޔަތުން ލޯ މަރާލައިގެން ހުރެވޭކަށް ނެތް" ކަމަށް ވެސް ސޯލިހު ރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox