ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލުއިލޯނު ލިބޭ ގޮތް ބީއެމްއެލުން ހަދައިފި

ބީއެމްއެލުން މިއަދު ކުރިއަށް ގެންދިޔަ ހަފުލާގައި ބަދުރުއްދީން މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަދަދު

ބީއެމްއެލުން މިއަދު ކުރިއަށް ގެންދިޔަ ހަފުލާގައި ބަދުރުއްދީން މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަދަދު

ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލުއި ލޯނު އެޕްރޫވްކޮށް ފައިސާ ލިބޭ ގޮތް ބީއެމްއެލްއިން ހަދައިފި އެވެ.

ބީއެމްއެލްގެ ލުއި ލޯނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލޯނު އެޕްރޫވް ކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރިކަން އެ ބޭންކުން އިއުލާނު ކުރީ އެސްއެމްއީ ހަބުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެ ބަދަލާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑު ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ ބީއެމްއެލް މޮބައިލް އެޕު މެދުވެރިކޮށް ވެސް އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވެސް އެމީހަކަށް ލުއި ލޯނު ނެގޭނެ މިންވަރު ބަލައިލެވޭނެ ކަމަށެވެ.

އެގޮތުން އިންޓަނެޓު ބޭންކިން މެދުވެރިކޮށް ލޯނު ނެގޭ މިންވަރު ބެލުމަށްޓަކައި، އިންޓަނެޓު ބޭންކިންއަށް ލޮގިންވުމަށްފަހު ސާވިސެސްގެ ދަށުން އެކްސްޕެކްޓެޑް ކްރެޑިޓް ލިމިޓު ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު ފެންނާނެ އެވެ. އަދި ބީއެމްއެލް މޮބައިލް އެޕު މެދުވެރިކޮށް ލޯނު ނެގޭ މިންވަރު ފެންނާނީ އެޕުގެ ޑޭޝް ބޯޑުންނެވެ. މިއަދު ގެނައި ބަދަލާއެކު އެމީހަކަށް ލިބޭ މުސާރައަށް ރިއާޔަތްކޮށް 1.2 މިލިއަނާ ހަމައަށް ވަގުތުން ލޯނު ނެގޭނެ ކަމަށް ބަދުރުއްދީން ވިދާޅުވި އެވެ.

"ފުރަތަމަ ވެސް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕަށް ވަންނައިރު، ކަސްޓަމަރުންނަށް މިހާރު ފެންނާނެ އެލިޖިބަލްވާ ކަސްޓަމަރުންނަށް އެކްސްޕެކްޓެޑް ކްރެޑިޓް ލިމިޓު ކިޔާ އެއްޗެއް، އެއީ ބެކްރައުންޑުގައި ވަރަށް ގިން ކަންތައްތަކެއް އޮޓޮމޭޓެޑްކޮށް ހިނގާފައި އެ ކަސްޓަމަރަށް މި އަންގައިދެނީ ކިހާވަރެއްގެ ލޯނެއްކަން ނެގޭނީ،" ބަދުރުއްދީން ވިދާޅުވި އެވެ.

އެ ލިމިޓަކީ ކްރެޑިޓު ކާޑެއް ނަގަން ވެސް އަދި ލުއި ލޯނެއް ނަގަން ވެސް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލޯނު ވަގުތުން އެޕްރޫވްވި ނަމަވެސް އެހެން ބޭންކުތަކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ލޯނު ދައްކަމުން ނުދާ މީހުންގެ ހުށަހެޅުންތައް ލޯނު ދިނުމުގެ ކުރިން އިތުރަށް ބަލާނެ ކަމަށް ބަދުރުއްދީން ވިދާޅުވި އެވެ.

ބީއެމްއެލްގެ ލުއި ލޯނަށް އެޕްލައި ކުރުމަށް ބޭނުން ކުރަންޖެހޭނީ ގޫގުލް ނުވަތަ މައިކްރޮސޮފްޓު އޮތެންޓިކޭޓާ އެޕްލިކޭޝަނުން އަންނަ އޯޓީޕީ އެކެވެ. އޮތެންޓިކޭޓާ އެޕު، ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

ބީއެމްއެލްއިން ގެނައި މި ބަދަލަކީ އިންސާނަކު ބެލުމެއް ނެތި، ފުރިހަމައަށް އޮޓޮމޭޓެޑުކޮށް ލޯނު ދުކުރެވޭ ގޮތަށް ރާއްޖޭގައި އަލަށް ގެނައި ބަދަލެކެވެ. މީގެ ކުރިން އެ ބޭންކުން ލުއި ލޯނު ދޫކުރަމުން އައީ، ފަސް ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހަތަރު ގަޑިއިރަށް އަވަސްކޮށްލިއިރު، ލޯނު ދޫކުރަން އެ ބޭންކުން ކަނޑައަޅާފައި ވަނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދޭތެރެ އެވެ. ދަންވަރު ގަޑީގައި ހުށަހަޅާ ހުށަހެޅުންތައް އެޕްރޫވް ކުރުމުގެ މަސައްކަތް ކުރާނީ ހެނދުނު 9:00 އިން ފެށިގެން ކަމަށް ބަދުރުއްދީން ވިދާޅުވި އެވެ.

އޮންލައިންކޮށް ކްރެޑިޓް ލިމިޓު ބަލާލައި، ބީއެމްއެލްގެ ލުއި ލޯނަށް އެޕްލައި ކުރެވޭނީ އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް އެކަނި ކަމަށް ވެސް ބަދުރުއްދީން ވިދާޅުވި އެވެ. އެއީ:

  1. ގަވާއިދުން މުސާރަ ލިބޭ މީހެއް ކަމުގައިވުން
  2. މެދުކެނޑުމެއް ނެތި 12 މަސްދުވަހު ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާވެފައިވުން
  3. 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކަށްވުން
  4. މާޒީގައި ބަރާބަރަށް ލޯނުތައް ދައްކާފައިވުން
  5. ބޮޑު ލޯނެއް އެއްވެސް ބޭންކަކުން ނަގާފައިވާ މީހެއް ކަމުގައި ނުވުން

ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގެރެންޓާއާއި ރަހުނަކާ ނުލައި ލުއި އެކްސްޕްރެސްގެ ނަމުގައި ލޯނެއް ތައާރަފު ކުރީ 2013 ވަނަ އަހަރު އެވެ. އޭރު ލުއި ލޯނުގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ގިނަ ވެގެން ވެސް ނެގެނީ 50،000ރ. އެވެ. އޭގެފަހުން ބީއެމްއެލްއިން ވަނީ ތަފާތު އެކި ދާއިރާތަކަށް ހާއްސަކޮށް ލުއި ލޯނުތަކެއް ތައާރަފުކޮށްފަ އެވެ. އޭގެތެރޭގައި ޓީޗަރުންނަށް ހާއްސަކޮށް 2015 ވަނަ އަހަރު ތައާރަފު ކުރި ލުއި ލޯނާއި ޕްރޮފެޝަނަލް ލޯނުގެ ނަމުގައި ތައާރަފު ކުރި ލޯނު ހިމެނެ އެވެ.

އޭގެއިތުރުން 2018 ވަނަ އަހރު ބީއެމްއެލް އިސްލާމިކް ފައިނޭންސްގެ ނަމުގައި 500،000ރ. އާ ހަމައަށް މުދާ ނެގޭ ސްކީމެއް ބީއެމްއެލުން ތައާރަފު ކުރި އެވެ. އޭގެފަހުން ލުއި މައިކްރޯ ލޯނާއި ލައިފްސްޓައިލް ލޯނުގެ އިތުރުން ވެހިކަލް ލޯނު އަދި ވެހިކަލް ފައިނޭންސިން އެ ބޭންކުން ތައާރަފު ކުރި އެވެ.

އެއަށްފަހު 2021 ވަނަ އަހަރު ހޯމް އިމްޕްރޫވެމެންޓުގެ ނަމުގައި 300،000ރ. އާ ހަމައަށް ނެގޭ ލޯނެއް ބީއެމްއެލުން ތައާރަފު ކުރި އެވެ. މިއަދު މިގެނައި ބަދަލާއެކު، އެ ހުރިހާ ލޯނެއް ވެސް އެއީ އެއް ލޯނަކަށް ހަދައި، އޮންލައިންކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް އެޕްލައި ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox