ރައީސްގެ ތަސައްވުރާއެކު، ލަހެއް ނުވެ ރާއްޖެއިން ދުބާއީގެ މަންޒަރުތައް ފެންނާނެ: އާދަމް ޝަރީފް

 ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އަދި ދުބާއީގެ މަންޒަރެއް

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އަދި ދުބާއީގެ މަންޒަރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއެކު ކުރެވޭ މަސައްކަތްތަކުން ލަސްތަކެއް ނުވެ ރާއްޖޭގެ އެކި ސަރަހައްދުތަކުން "ދުބާއީގެ މަންޒަރުތައް ފެނިގެންދާނެ" ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އަންގާރަ ދުވަހުގެ ރޭ ވޭމަންޑޫގައި ބޭއްވި ޖަލްސާގައި، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުން އުންމީދުކުރާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް ފެންނަން ފެށީ އަދިކިރިޔާ ކަމަށެވެ.

"އެމަނިކުފާނުގެ ތަސައްވުރުގަ، އަޅުގަނޑުމެންނަށް މިއަދު އެމަނިކުފާނުގެ އެކި ބައްދަލުވުންތަކުން ލިބޭ މައުލޫމާތަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުތަކުން ލަސްތަކެއް ނުވެ ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ،" ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުއިއްޒުއާ ވާދަކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.

Advertisement

މި މަންޒަރު މާލެ ކައިރި އަދި އެހެން ސަރަހައްދުތަކުން ފެންނާނެ ކަމަށާއި މި ސަރުކާރުން ގައުމު އުމްރާނީ ގޮތުން ކުރިއަރުވައި ރާއްޖެ ދުބާއީގެ ގޮތުގައި ފެންނަންފަށާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އާއި ވެރިރަށް މާލެއާ ދެމެދު ކަނޑުއަޑިން ޓަނަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން އެކަމަށް ކިޔާ ފާޑާއި އުފައްދާ ސުވާލަށް ވެސް އާދަމް ޝަރީފު ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ރައީސުލްޖުމްހުރިއްޔާ އެވާހަކަ އެ ވިދާޅުވަނީ، އެމަނިކުފާނުގެ އިންޖިނީރިންގެ ތަޖުރިބާ އާއި ބޭރުގެ ތަޖުރިބާތައް ހޯއްދެވުމަށް ފަހުގައި މިއީ ޔަގީންވާނެ ކަމަކަށްވާތީ، އެ މަންޒަރު އަޅުގަނޑުމެންނަށް ފެނޭ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަށް ހުންނެވި އާދަމް ޝަރީފު އިތުރަށް ފާހަގަކުރެއްވީ، ރައީސް މުއިއްޒު ފަދައިން ތަރައްގީގެ މިފަދަ ބިޔަ މަޝްރޫއުތަކެއް އިއުލާނުކުރެއްވި ވެރިޔަކު ފެނިފައި ނުވާ ކަމަށާއި އިގުތިސާދީ ގޮންޖެހުންތަކާއެކުވެސް މަޝްރޫއުތައް ނިންމަވާނެ ކަަމަށެވެ.

ނަމަވެސް އެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ މުހިންމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަސްތަކެއް ނުވެ ރާއްޖެއިން ދުބާއީގެ މަންޒަރުތައް ފެންނަ ވަރަށް ތަރައްގީ ގެނެވޭނެ ކަމަށް އާދަމް ސަރީފު ވިދާޅުވި ނަމަވެސް، ކުރިއަށް އޮތީ ތަދު ދުވަސްތަކެއް ކަމާއި މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ދަތިވާނެ ކަމުގެ އިޝާރާތެއް ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox