މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ސަފީރު ހާޒިރު ކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާއަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ތާއީދުކުރައްވާ މެމްބަރެއް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާއަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ތާއީދުކުރައްވާ މެމްބަރެއް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި، އިންޑިއާ ސަފީރު މުނޫ މަހާވަރް ފޮރިން މިނިސްޓްރީއަށް ހާޒިރު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ވަކި ޕާޓީއަކަށް ނިސްބަތް ނުވި ނަމަވެސް އާންމުގޮތެއްގައި ޕީއެންސީ/ޕީޕީއެމް އަށް ތާއީދުކުރައްވާ ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު ސޯޝަަލް މީޑިއާގައި ލިއުއްވި ލިއުމަކާ ގުޅިގެން، އިންޑިއާގެ ހާރިޖީ ވުޒާރާއަށް ރާއްޖޭގެ ސަފީރު އެތައް ފަހަރަކު ހާޒިކުރި ކަމަށެވެ.

އެކަން އެހެން ހިނގާފައި ވާއިރު ރާއްޖޭގެ މަސްދޯނި ފަހަރަށް އިންޑިއާ ސިފައިން އެރި މައްސަލާގައި އެ ގައުމުގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ނުކުރެވެންވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިއަދުވެސް ހަމަ ހަމަޖެހިލާފައި މިތާ ފަހަތުގައި [މަޖިލީހުގެ ޖަލްސާ އަޑުއަހަން ވަންނަ މީހުން ތިބޭ މާލަމުގައި] އިން އިންޑިއާ އެމްބެސެޑަރު. އެންމެން ސަލާންކޮށްފައި މިވަރެއް ނެތިގެން އުޅުނީ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދިވެހި މަސްދޯނިފަހަރަށް ހަތިޔާރާ އެކު އެރި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ތިބީ އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ވާދަވެރިކަމުގައި ކޮންމެވެސް އެއް ގައުމަކަށް ތާއީދުކޮށްގެންނެވެ. އެގޮތުން އިންޑިއާއަށް ފާޑުކިޔަން އިދިކޮޅު އެމްޑީޕީ ފަސްޖެހޭ އިރު ޗައިނާއަށް ފާޑުކިޔަން، ޕީއެންސީ/ޕީޕީއެމް ކޯލިޝަން ފަސްޖެހޭ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އިންޑިއާ ސިފައިން ހަތިޔާރާ އެކު މަސްދޯނިތަކަށް އެރި މައްސަލާގައި ކަންހިނގި ގޮތް ސަރުކާރުން ރައްޔިތުންނަށް ސާފުނުކޮށްދޭ ކަމަށް ވިދާޅުވެ، އޭނާ ސަަރުކާރަށް ފާޑުވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުންވަނީ ކަންކަން ހާމަކުރަން. ސަރުކާރުން ވެސް އެބަޖެހޭ މިއަށް ވުރެ ޒިންމާދާރުވާން. ސަރުކާރުން މިއަދާ ހަަމައަށް އިރު ވެސް އަދި ވެސް ސާފެއް ނުކޮށްދޭ މިއީ ކިހިނެއް ވެގެން އުޅޭ ކަމެއް ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox