އިސްތިސްނާހާލަތެއްގައި ނޫނީ، ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސްޓާފުން: މި ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސްޓާފުން: މި ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިތުރު މީހުން އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެފަދަ މަގާމުތަކަށް އިތުރު މީހުން އައްޔަން ކުރާނީ އިސްތިސްނާ ހާލަތެއްގައި އެކަނި ކަމަށެވެ. ނަމަވެސް އެ ހާލަތްތަކަކީ ކޮބައިކަމާއި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ރައީސް ނުދެއްވަ އެވެ.

"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ހުސްވި ހަފުތާގެ ނިޔަލަށް ސަރުކާރުގެ ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 އަށް ވުރެ ގިނަ ބޭފުޅުން އައްޔަނުކޮށްފައިވެ އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. މި އަދަދުތަކަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 69.4 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަދި އެ ލެވެލްގައި އައްޔަނުކޮށްފައިވާ ބޭފުޅުންގެ އަދަދު 91 އަށް އަރަ އެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސަކާއެކު މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 4.2 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 51 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 މިނިސްޓަރުންނާއި އެ ފެންވަރުގެ 20 ފަރާތާއެކު ޖުމްލަ 42 މިނިސްޓަރުން އެބަތިއްބެވެ. މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 66،000ރ. ލިބިވަޑައިގަންނަވަ އެވެ. މި ބޭފުޅުންނަށް ސަރުކާރުން މަހަކު 2.7 މިލިއަން ރުފިޔާ، އަދި އަހަރެއްގެ މައްޗަށް 33 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި އަދަދުތަކާއެކު ޑެޕިއުޓީ މިނިސްޓަރުންނާއި އެއަށް ވުރެ މަތީ މަގާމުތަކުގައި ޖުމްލަ 300 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox