ޔަންގު ޑެމްސް އިންތިހާބު: ބާތިލްކުރި ބައިގެ ވޯޓު ފެބްރުއަރީ 17 ގައި

Feb 4, 2024, 1:48 PM
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބެއްގައި ބޭނުންކުރި ކަރުދާސްތަކެއް: ޔަންގް ޑެމްސްގެ އިންތިހާބުގައި ބާތިލުވި ބައި ބާއްވާނެ ތާރީހެއް އިއުލާންކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބެއްގައި ބޭނުންކުރި ކަރުދާސްތަކެއް: ޔަންގް ޑެމްސްގެ އިންތިހާބުގައި ބާތިލުވި ބައި ބާއްވާނެ ތާރީހެއް އިއުލާންކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިދިޔަ އަހަރު ވުޖޫދުކުރި ދަ ޑިމޮކްރެޓްސްގެ ޒުވާނުންގެ ގޮފި, ޔަންގް ޑެމްސްގެ އިންތިހާބުގައި މައްސަލަ ދިމާވި ފޮށިތަކުގައި އަލުން ވޯޓުލުން ގެންދާނީ ފެބްރުއަރީ މަހު 17، ގައި ކަމަށް ކަނޑައަޅައި ޑިމޮކްރެޓްސްއިން އެ ކަން އިއުލާން ކޮށްފި އެވެ.

ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދާ ޕާޓީ ރައީސްގެ ކައުންސިލަށް، ޕާޓީގެ މަގާމުތަކަށް އިންތިހާބުވެފައިވާ މެމްބަރުން އެ ކައުންސިލަށް އައްޔަންކުރާނެ ކަން އެ ޕާޓީން މިދިޔަ ޖެނުއަރީ 31، ގައި އިއުލާން ކުރި އެވެ. އޭގެ ތެރޭގައި ޔަންގް ޑެމްސްގެ ލީޑަރު އަދި ނައިބު ލީޑަރު ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް ޑިސެމްބަރު 2، 2023، ގައި ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހެދިފައިވާ ގޯހަކުން ބައެއް ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވިފައިވާ ބައިތައް ބާތިލް ކުރަން ނިންމީ އެވެ.

Advertisement

އޭގެ ފަހުން ދެ މަސް ދުވަސްވީއިރު ބާތިލުކުރި ބައިތަކުގެ ވޯޓުލުން އަލުން އޮންނާނެ ދުވަސް އިއުލާންނުކޮށް، ޕާޓީ ރައީސްގެ ކައުންސިލް ވަނީ އެ މަގާމުތައް ނުލައި އެކުލަވާލައިފަ އެވެ. އެކަމާ ޒުވާން މެންބަރުން ނުރުހުން ފާޅު ކުރަމުން ދަނިކޮށް ޑިމޮކްރެޓްސްއިން އިއުލާން ކުރި ގޮތުގައި އެ ވޯޓުތައް އޮންނާނީ ފެބްރުއަރީ މަހުގެ 17، ގަ އެވެ.

ޔަންގް ޑެމްސްގެ ލީޑަރު ކަމަށް ވާދަކުރެއްވި ޔޫސުފު ޝާހު މިހާރު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފަ އެވެ. އަދިވެސް އިތުރު ޒުވާން މެންބަރުން ގެންދަނީ ސޯޝަލް މީޑިއާ އެކްސްގައި ހިޔާލު ފާޅުކޮށް ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޔަންގް ޑެމްސް އިންތިހާބުގެ ނަތީޖާގެ އިތުރުން 13 ރަށެއްގެ ނަތީޖާ އާއި ނ. އަތޮޅުގެ ނަތީޖާގެ ބައެއް ވެސް ބާތިލް ކުރި އެވެ. މި ބާތިލްކުރި އިންތިހާބުތައް ވެސް ފެބްރުއަރީ 17، ގައި އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ކުރި އިއުލާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox