ޗައިނާ އުޅަނދު ރާއްޖެއަށް އައުން: އިންޑިއާއިން ބުނަނީ ގާތުން ބަލަމުން އަންނަ ކަމަށް

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. އިންޑިއާގެ ނޫސްވެރިން ރާއްޖެއާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ކުރި. ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. އިންޑިއާގެ ނޫސްވެރިން ރާއްޖެއާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ކުރި. ފޮޓޯ: ސޯޝަލް މީޑިއާ

ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, އާއި އެހެން އުޅަނދެއް ރާއްޖެއަށް ދަތުރުކުރަމުން އަންނަ ކަމަށް ބުނާތީ އެކަން ގާތުން ބަލަމުން އަންނަ ކަމަށާއި އިންޑިއާގެ މަސްލަހަތުތައް ރައްކާތެރި ކުރަން އަަޅަން ޖެހޭ ފިޔަވަަޅުތައް އަޅަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަައި ނޫސްވެރިއަކު ސުވާލުކުރީ ޗައިއިނާގެ އުޅަނދުތައް ރާއްޖެއަށް ދަތުރުކުރަމުން އަންނަ އައުމާ މެދު ދެކޭ ގޮތެއް ބެލުމަށެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ އިންޑިއާއިން ކުރިން ވެސް ބުނެފައިވާ ފަދައިން، އެގައުމު މަސްލަހަތުތަކަށް އަސަރުކުރާ ގޮތަށް ހިނގާ ކަންތައްތައް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.

"ކުރިން ވެސް ބުނެފައިވާނެ ފަދައިން އަޅުގަނޑުމެންގެ މަސްލަހަަތުތަކަށް އަސަރުކުރާ ކަންތައްތައް ގާތުން ބަލަމުން ގެންދާނަން. އިގުތިސާދީ މަސްލަހަތުތައް، ތަރައްގީއާ ގުޅޭ މަސްލަހަތުތައް އަދި ސަލާމަތީ މަސްލަހަތުތައް،" ޖައިސްވަލް ވިދާޅުވި އެވެ.

ކަނޑު އުޅަނދުތައް ޓްރެކް ކުރާ ސައިޓްތަކުން ލިބެން ހުރި މައުލޫމާތުން އެނގޭ ގޮތުގައި ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, މިހާރު ވެސް އޮތީ ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ކައިރީގަ އެވެ.

އެ އުޅަނދު ރާއްޖެ އަންނަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ އިއްޔެ އެވެ. ނަމަވެސް, ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ބުނާ ގޮތުގައި އެ އުޅަނދު މާލޭގައި ދެން ބަނދަރުކުރާނީ މި މަހުގެ އަށެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox