ފަރުވާއަށް ފަހު ޝަމީމް ހޮސްޕިޓަލުން ދޫކޮށްލައިފި، ވިދާޅުވީ އެނބުރި އަންނާނީ ގަދަކޮށް ކަމަށް

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް؛ އޭޑީކޭގައި ފަރުވާދިނުމަށް ފަހު ޝަމީމް ގެއަށް ދޫކޮށްލައިފި -- ފޮޓޯ: އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް؛ އޭޑީކޭގައި ފަރުވާދިނުމަށް ފަހު ޝަމީމް ގެއަށް ދޫކޮށްލައިފި -- ފޮޓޯ: އަދަދު

މަރުތޭލަކުން ހަމަލާދީ މިއަދު ޒަހަމްކޮށްލި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލައިފި އެވެ.

ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިކަން ހާމަކުރައްވައި ފޭސްބުކް ގައި ލިއުއްވި ލިއުއްވުމެއްގައި ޝަމީމު ވިދާޅުވީ، ފަރުވާއަށް ފަހު ގެއަށް ދޫކޮށްލާފައިވާކަމަށާއި، އެނބުރި މަސައްކަތަށް ވަޑައިގަންނަވާނީ ގަދަކޮށް ކަމަށެވެ.

"އާއިލާ ކައިރިއަށް ގެއަށް އާދެވިއްޖެ. މިހާރަށްވުރެ ގަދަކޮށް ދެން މަސައްކަތަށް ނިކުންނާނީ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމްއަށް ބަޔަކު ހަމަލާ ދިނީ، ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް މަރުތޭލެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާގެ ސަބަބުން ޝަމީމްގެ ވައަތުގެ ކަށިގަނޑަށް ގެއްލުން ލިބުނެވެ.

ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ގޮތުގައި ޝަމީމަށް މާލޭގެ މަގުމަތީގައި ހުންނަވަނިކޮށް ހަމަލާ ދިނީ ސައިކަލެއް އައި ދެ މީހަކު ވެގެންނެވެ.

އެމްއެންޑީއެފުން ޕީީޖީގެ ސެކުއިރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ހެނދުނު ޝަމީމްގެ ހާލު ބެއްލެވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަދި މި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox