މިއަދު ހެނދުނު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިނީ ދެ މީހަކު ކަމަށާއި މިހާރު ޝަމީމަށް އެމްއެންޑީއެފުން ފޯރުކޮށްދޭ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގަައި ޝަމީމަށް މިއަދު ހެނދުނު ހަމަލާ ދިނީ މަރުތޭލަކުންނެވެ. އޭނާގެ ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް ކަމަށާއި ހަމަލާ އެރީ ވައަތުގެ މުލައްދަނޑިއަށް ކަމަށް އެނގިފައިވެ އެވެ.
ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ގޮތުގައި ޝަމީމަށް މާލޭގެ މަގުމަތީގައި ހުންނަވަނިކޮށް ހަމަލާ ދިނީ ސައިކަލެއް އައި ދެ މީހަކު ވެގެންނެވެ.
އެމްއެންޑީއެފުން ޕީީޖީގެ ސެކުއިރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ހެނދުނު ޝަމީމްގެ ހާލު ބެއްލެވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޝަމީމަށް ފަރުވާ ދެއްވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަދި މި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.













