ރާއްޖޭގެ އީއީޒެޑު ބުޑުގައި ޗައިނާގެ ރިސާޗު އުޅަނދު "އެނބުރެނީ"

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3: ރާއްޖޭގެ އީއީޒެޑު ބުޑުގަ ޗައިނާގެ ރިސާޗު އުޅަނދު އެނބުރެނީ --

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3: ރާއްޖޭގެ އީއީޒެޑު ބުޑުގަ ޗައިނާގެ ރިސާޗު އުޅަނދު އެނބުރެނީ --

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑުގައި "އެނބުރެން" ފަށައިފި އެވެ.

އެ އުޅަނދު ރާއްޖެ އަންނަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ އިއްޔެ އެވެ. ނަމަވެސް, ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ބުނާ ގޮތުގައި އެ އުޅަނދު މާލޭގައި ދެން ބަނދަރުކުރާނީ މި މަހުގެ އަށެއްގަ އެވެ.

މި މަހުގެ 22 އިން ފެށިގެން އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން މި އުޅަނދު ދައްކާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެ އުޅަނދުގެ ބައެއް ޓްރެކިން ސިސްޓަމްތައް ވަނީ ނިއްވާލާފަ އެވެ. އެ ސައިޓުތަކުން ދައްކާ ގޮތުގައި އެ ދުވަހު ޗައިނާގެ އުޅަނދު އޮތީ އިންޑޮނީޝިއާ ބޭރުން ޖާވާ ކަނޑުގަ އެވެ.

ނަމަވެސް ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ އީއީޒެޑު ބުޑުގަ އެވެ. މި ސަރަހަށްދަށް އެ އުޅަނދު އައީ އިއްޔެގެ ވަގުތެއްގަ އެވެ. އެ އުޅަނދު މިހާރު އޮތް ސަރަހައްދުން މާލެއަށް ސީދާ ދަތުރުކުރާނަމަ އެއް ދުވަހުގެ ތެރޭގައި މާލެ އާދެވޭނެ އެވެ.

ޗައިނާގެ އުޅަނދު ރާއްޖެ ސަރަހައްދުގައި، އެ އުޅަނދު ވަނީ ތިން ފަހަރެއްގެ މަތިން އީއީޒެޑުގެ ތެރެއަށް ވަދެފަ -
ޗައިނާގެ އުޅަނދު ރާއްޖެ ސަރަހައްދުގައި، އެ އުޅަނދު ވަނީ ތިން ފަހަރެއްގެ މަތިން އީއީޒެޑުގެ ތެރެއަށް ވަދެފަ -

ޗައިނާގެ އުޅަނދު ރާއްޖެ ސަރަހައްދުގައި، އެ އުޅަނދު ވަނީ ތިން ފަހަރެއްގެ މަތިން އީއީޒެޑުގެ ތެރެއަށް ވަދެފަ -

އިއްޔެއިން ފެށިގެން ޗައިނާގެ އުޅަނދުން ދަނީ ރާއްޖޭގެ އީއީޒެޑުގެ ކައިރީގައި ބުރު އަޅަމުންނެވެ. އެގޮތުން އެއް ޕެޓާނަކަށް އުޅަނދު ދަތުރުކުރަމުންދާއިރު، ތިން ފަހަރެއްގެ މަތިން މި އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑުގެ ތެރެއަށް ވެސް ވަދެފަ އެވެ.

ރާއްޖެ ސަރަހައްދުގައި ދިރާސާ ނުކުރާނެ: ސަރުކާރު

މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ.

އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23 ގައި ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ހޯދޭނެ؟

ޗައިނާގެ ސާވޭ އުޅަނދެއް ރާއްޖެއަށް ދަތުރުފަށާފައި މިވަނީ، މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާ އުޅަނދާ ގުޅިގެން ސަރުކާރުން މިފަދަ ގޮތަކަށް އަމަލުކުރަމުން މިދަނީ ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމުމަށް ފަހު އެވެ. ސަރުކާރުން ބުނީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރާސާތައް އެއްވެސް ބޭރު ގައުމަކުން ކުރިއަށްގެންދިޔުމަށް ދެކޮޅު ހައްދަވާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވީ ޑިސެމްބަރު 16, 2023 ގައި ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގަ އެވެ.

"ރާއްޖޭގެ ކަނޑު އަޑީގެ ބަތާނާ އެހެން ދައުލަތަކުން ހޯދާ ކުރެހުމަކީ އެއީ ދިވެހިންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހިންގެ ހައްގެއް, ދިވެހިން ގައުމީ ވާޖިބެއް. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހިން," އެ ޖަލްސާގައި ވަރަށް ޖޯޝުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ.

އެގޮތުން, ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

އެގޮތުން, ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތަކާއި ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

މަދަނީ ބޭނުމަށް އެއްކުރާ މައުލޫމާތު އަސްކަރީ ބޭނުމަށް ބޭނުންކުރާ ކަމުގެ ތުހުމަތު

ދުނިޔޭގެ ކަނޑުތައް ދިރާސާކޮށް މައުލޫމާތު އެއްކުރުމަކީ ހަމައެކަނި ޗައިނާއިން ކުރާ ކަމެއް ނޫނެވެ. މޫސުމީ ބަދަލުތަކާއި, ކަނޑުގެ ދިރުންތަކާއި, ޖިއޮލޮޖީ އަދި މައުދަންތައް ހޯދުމަށް ދުނިޔޭގެ ޑަޒަނަކަށް ވުރެ ގިނަ ގައުމުން ދަނީ ދިރާސާ ކުރަމުންނެވެ.

ކަނޑުގެ ދިރާސާތައް ޗައިނާއިން ކުރިއަށްގެންދާތީ ކަންބޮޑުވަނީ އެ ގައުމުން މަދަނީ ބޭނުމަށް ކުރާ ދިރާސާ އާއި އަސްކަރީ ދިރާސާތަކާ ދެމެދު އޮންނަ ތަފާތު ނޭނގޭތީ ކަމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ލަފާ އަރުވާ އެމެރިކާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) އިން ބުނެފައިވެ އެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުތައް އޮޕަރޭޓް ކުރަމުންދަނީ ޗައިނާގެ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރަން ފެށުމުގެ ކުރިން ޗައިނާގެ އަސްކަރިއްޔާއިން ކުރިން ބޭނުންކުރި އުޅަނދުތަކެވެ.

އޭގެ އިތުރުން މި އުޅަނދުތަކުން ޗައިނާގެ އަސްކަރިއްޔާގެ ބަނދަރުތަކުގައި ބަނދަރުކުރާކަން ވެސް ވަނީ އެނގިފަ އެވެ. މިފަދަ ޕޯޓް ކޯލްތަކުގައި ބޯޓުތަކުން ޓްރެކިން ސިސްޓަމްތައް ނިއްވާލިކަން ވެސް ވަނީ ފާހަގަވެފަ އެވެ.

ބައެއް އުޅަނދުތަކުން ހުއްދަ ހޯދުމެއް ނެތި ގައުމުތަކުގެ އީއީޒެޑު ތެރެއަށް ވަދެ ދިރާސާކުރިކަން ވެސް ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާގެ ރިސާޗު އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އެންމެ ބޮޑަށް ބަސް ބުނަނީ އިންޑިއާއިންނެވެ. އަދި, ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިންޑިއާގެ އިތުރުން، ޗައިނާގެ ރިސާޗު އުޅަނދުތައް ވަނުން ލަންކާގެ ސަރުކާރުން ވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ. ލަންކާ ސަރުކާރުން މިގޮތަށް ނިންމީ އިންޑިއާއިން ޕްރެޝަރުކޮށްގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox