އިސްވަޒީރު އަބްދުއްރަހީމް ވިދާޅުވަނީ ސިޔާސީ މަގާމުތައް މަދު ނުކުރާނެކަމަށް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް، މަގާމުތަކަަށް ބޭފުޅުން އައްޔަންކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް، މަގާމުތަކަަށް ބޭފުޅުން އައްޔަންކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތައް މަދެއް ނުކުރާނެ ކަމަށާއި ސަރުކާރުން އަދިވެސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށް ރައީސް އޮފީހުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ/ޕީޕީއެމް އިން ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ކުރެވޭނީ އެކަމަށް އެކަށީގެންވާ ވަރަށް މަގާމުތަކަށް މީހުން ލައިގެން ކަމަށެވެ. މަގާމުތަކަށް މީހުން އައްޔަންކުރަމުން ގެންދަނީ އެ މީހުންނަށް މުސާރަ ދިނުމަށް ޓަކައި އާމްދަނީ އިތުރުކުރާނެ މަގުތައް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަަޅުގަނޑުމެން އަދިވެސް އިތުރު މަގާމުތަކަށް މީހުން އައްޔަންކުރަމުން ދާނަން، އެއީ އަޅުގަނޑުމެން ވަރަށް ބައިވަރު ކަންތައް ކުރާށޭ [ވެރިކަމަށް] އައީ. އެނގިވަޑައިގަންނަވާނެ ރަސްމާލޭގެ ޕްރޮޖެކްޓް ކަހަލަ އެތައް ބައިވަރު ޕްރޮޖެކްޓްތަކެއް އެބަހުރި. އެކަންކަން ކުރެވެން އޮތީ އެކަށީގެންވާ ގާބިލު ޓީމެއް އޮވެގެން، އެެހެންވީމާ މީހުން އައްޔަން ކުރުމުގެ ކަންތައް އަދިވެސް ކުރިއަށް ދާނެ އިނގޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުމުގެ ކުރިން، އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ އޭރުގެ ސަރުކާރުގެ މަތި ބަރު ވާހަކަ އެެވެ. ސަރުކާރުގެ މަގާމުތަކުގައި އެހާ ގިނަ ބޭފުޅުން ތިބެން ނުޖެހޭނެ ކަަަމަށް އޭރު އެ ބޭފުޅުން އައީ ވިދާޅުވަމުންނެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ، އެ ވާހަކަތައް އެހެން ދައްކަވާފައި މިހާރު އެހާ ގިނަ ސިޔާސީ މަގާމުތައް އުފައްދަނީ ކީއްވެތޯ ސުވާލުކުރުމުން އަބްދުއް ރަހީމް ތުހުމަތުކުރެއްވީ އެ ސަރުކާރުގައި ފަނަރަސަތޭކައެއްހާ ސިޔާސީ މުވައްޒަފުން ތިބި ކަމަށެވެ.

"އަޅުގަނޑުމެންގެ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދި ފަސްސަތޭކައަކަށް ނާރާ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މި ސަރުކާރުން މަގާމަކަށް މީހަކު އައްޔަންކޮށްފިއްޔާ އެ މީހެއްގެ ޒިންމާ އަދާކުރާނެ ކަމަށާއި ކުރީ ސަރުކާރު ނިމި ދިޔަ އިރު ހާލަތު އޮތް ގޮތް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އެގޮތުން ބައެއް ސިއްރު ޑީލުތައް، ސީދާ ކޮން ކަމަކާ ގުޅޭ އެއްބަސްވުންތަކެއް ކަން ފާހަގަނުކޮށް، ސަރުކާރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox