އެމްޑީޕީ-ޑިމޮކްރެޓްސްއަށް އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް: "ސަރުކާރު ނުހުއްޓުވޭނެ"

މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. އޭނާ ހުންނެވީ ސީނިއާ މިނިސްޓަރެއްގެ މަގާމުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. އޭނާ ހުންނެވީ ސީނިއާ މިނިސްޓަރެއްގެ މަގާމުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ގާނޫނުތައް އިސްލާހުކުރަން ހުށަހަޅާ ހުށަހެޅުންތަކަކީ ސަރުކާރު ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ ދެ ޕާޓީއަށް މި ސަރުކާރުގެ އެންމެ އިސް އެއް ވެރިޔަކަށް ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މައިގަނޑު ގޮތެއްގައި ހުށަހަޅަން ނިންމާފައި ވަނީ ހަތަރު ކަމަކެވެ. އެއީ, މަޖިލިސް މެމްބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިއުލޭޓް ކުރުމާ ގާނޫނުތައް އިސްލާހުކުރުމާއި ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓް ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައަށް ފަހު ބޭއްވުމަށެވެ.

އޭގެ ތެރެއިން އަބްދުއްރަހީމްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ސިޔާސީ މަގާމުތައް ލިމިޓުކުރަން ހުށަހެޅި ހުށަހަޅުމާ މެދު އެވެ.

"މި އުޅެނީ ސަރުކާރު ހުއްޓުމަކަށް ގެންނަން. އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވައްޗޭ ސަރުކާރު މިއީ ވަރަށް ބަލިކަށި ސަރުކާރެކޭ. ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެއޭ. އެކަމެއް ނުކުރޭނެ އެނގޭތޯ. އެއީ ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކުން ނިންމީ އެމްޑީޕީއަކަށް ނޭނގެއޭ ވެރިކަން ކުރަން," ރައްދު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

"އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަންނަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން,"

އެފަދަ ލިމިޓެއް ކަނޑައެޅިޔަސް ރައީސުލްޖުމްހޫރިއްޔާއަކަށް ގާނޫނު އަސާސީގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު އޮންނާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ގާނޫނަށް ބަދަލު ގެނެސް އެކަން ނުކުރެއްވީ ކީއްވެގެންތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.

މަޖިލީހުގެ އަދަދު ލިމިޓު ކުރުމަކީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަސް އަހަރަކުން 10 12 ގޮނޑި އިތުރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެކަމަކު ވާދަވެރިން އެކަން ކުރައްވަން އެ އުޅުއްވަނީ އެ ވިސްނުމެއްގައި ކަމަށް ގަބޫލެއް ނުކުރަން. އެ އުޅުއްވަނީ އެހެން ވިސްނުންފުޅެއްގައި," އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ އިސްލާހަށް ސަރުކާރުން ތާއިދުކުރާނެތޯ އަބްދުއްރަހީމް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox