މޭޔަރު މަގާމާ ހަވާލުވުމަށްފަހު، އާޒިމް ދެންނެވީ ސިޓީގެ އިހުތިސޯސް ބޮޑުކުރަން

މާލޭގެ އާ މޭޔަރު އާދަމް އާޒިމް، މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގެ އާ މޭޔަރު އާދަމް އާޒިމް، މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގައުމުގެ ވެރިކަންކުރާ މާލެ ސިޓީގެ މޭޔަރުގެ މަގާމާ ހަވާލުވުމަށް ފަހު، މާލެ ސިޓީގެ އިހުތިސޯސް ބޮޑު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އާ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އާޒިމް ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވީ ރައީސް މުއިއްޒު ކަމަށް ވާތީ މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް އެމަނިކުފާނު ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

އާޒިމް ފުރަތަމަ ވެސް މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ރައީސް މުއިއްޒު ކުރެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވައިފަ އެވެ. އެއަށް ފަހު އޭނާ ވަނީ މާލެ ސިޓީގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅާއި ގިރާވަރުފަޅު ހިމަނައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"މާލޭގެ ރައްޔިތުން އެދެނީ، ބްރިޖަކުން ގުޅައިލެވޭ ސަރަހައްދުތަކަކަށް، ބޯހިޔާވަހިކަމުގެ ހަޔާތަކަށް ދާން، އެ ކަން ކޮށްދެއްވުމަކީ މަނިކުފާނުގެ ސަރުކާރުން އެ ހިތްތަކަށް ދެވޭނެ ތަސައްލީއެއް، މާލޭގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅު ހިމަނާ ދެއްވާށޭ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވަނީ އެމްޑީޕީގެ ސަރުކާރުން ގްރޭޓާ މާލެ ސަރަހައްދަށް ގެންގުޅުނު ބޯހިޔާވަހިކަމުގެ ބައެއް ސިޔާސަތުތައް މި ސަރުކާރުން ވެސް ތަންފީޒުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުން މާލޭގެ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ގެދޮރު ދޫކުރުން ހިމެނެ އެވެ.

މާލޭގެ މީހުން ބޭނުންވަނީ އެ ސިޔާސަތު ކަމަށް ހަރު އަޑުން އާޒިމް ވިދާޅުވިއިރު، ކެމްޕެއިނުގައި އޭނާ ގެންދެވީ މާލެ އަތޮޅުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ފުށިދިއްގަރުފަޅު ހިއްކައި ރަސްމާލެ ނަމުގައި އަވަށެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.

އާޒިމް މިރޭ ވެސް ތަކުރާރު ކުރެއްވީ، އެންމެ ފުރަތަމަ ތަރައްގީކޮށް މީހުން އާބާދުކުރަން ޖެހޭނީ ސިޓީގެ މައި ރަށް ކަމަށްވާ މާލެއާ ބްރިޖަކުން ގުޅައިލެވެން ހުރި ރަށްރަށް ކަމަށް ވިދާޅުވާ ވާހަކަ އެވެ.

"އަވަސް ތަރައްގީ ކުރެވޭނީ ބްރިޖަކުން ގުޅައިލެވޭ ސަރަހައްދަށް، އެ އަވަށްތަކަށް ތަރައްގީ ގެނެސްދީގެން، ފުރަތަމަ ކުރަންވީ ކަމަކީ އެއީ،" ރައީސް މުއިއްޒާއި ސަރުކާރުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ވާހަކައިގައި އޭނާ ވަނީ ލާމަރުކަޒީ ނިޒާމު ކުރިއެރުމުގެ ސިޔާސަތެއް ގެންގުޅުމަށް ސަރުކާރުތަކުން މަސައްކަތްކޮށްފައިވާތީ ކުރީގެ ސަރުކާރުތަކަށް ޝުކުރު ދަންނަވައިފަ އެވެ. އަދި އެމްޑީޕީން ރާއްޖެއަށް ތައާރަފުކުރި ނިޒާމެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު، އާޒިމް ވަނީ އެ ނިޒާމު ކުރިއަށް ގެންދަން މިހާރުގެ ރައީސް މުއިއްޒު ވެސް ނިންމަވާފައިވާތީ އެ ކަމަށް މަރުހަބާ ދަންނަވައިފަ އެވެ.

މާލެ ސިޓީގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅު ހިމެނުމަށް އާ މޭޔަރު އާޒިމް އެދިވަޑައިގެންނެވިިއިރު އެއީ މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވި އިރު ވެސް ކުރުމަށް ސަރުކާރުގައި އެދުނު ކަމެކެވެ. އޭރު ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައެއް ވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox