ދޮގު އިލްޒާމު އެޅުވި ލީޑަޝިޕަކުން ބާއްވާ އިންތިހާބެއްގައި ވާދަ ނުކުރާނަން: އަބްދުލްރަހްމާން

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަބްދުލްރަހުމާން ވާހަކަދައްކަވަނީ -- ފޮޓޯ: މީސްމީޑިއާ

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަބްދުލްރަހުމާން ވާހަކަދައްކަވަނީ -- ފޮޓޯ: މީސްމީޑިއާ

ޕާޓީ ތެރޭގައި ފިތުނަ އުފައްދާކަމަށް ބުނެ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ބަދަލު ކުރި ނަމަވެސް އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ރައީސް، އަބްދުލް ރަހުމާން ވިދާޅުވެއްޖެ އެވެ.

މީސްމީޑިއާގައި އަބްދުލްރަހުމާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސަރުކާރު ގެނައީ ވަރަށް ފޮނި އުއްމީދަކާ އެކީގައި ނަމަވެސް ޕާޓީ ލީޑަރުންނަށް ފިނި ކޮޓަރިން ޖާގަ ލިބުމުން ބުރަ މަސައްކަތް ކުރި މީހުން މިހާރު ބޭކާރުވެފައިވާ ކަމަށެވެ. ރައީސް މުއިއްޒުއަށް ޖަވާބު ދޭނީ މަޖިލިސް އިންތިހާބުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުން ކެނޑި ޕާޓީ ލީޑަރުންނަށް ފިނި ކޮޓަރިން ޖާގަ ލިބުމުން އަޅުގަނޑުމެން ވީ ގުރުބާނީގެ ހަދިޔާއަކަށް އިހުލާސްތެރިން ނޫން ކަމަށް ދައްކައި ޕާޓީން ހުރާލައިފި، މިކަމުގެ ޖަވާބު މީދޫ ދާއިރާގެ ރައްޔިތުން މަޖިލިސް އިންތިހާބުގަ ރައީސް ޑރ. މުއިއްޒުއަށް ވަރަށް ރަނގަޅަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަބްދުލްރަހުމާން ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ވެރިކަން ހިންގާ ކޯލިޝަނުގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންނަށް ނުދޭން އިއްޔެ ނިންމީ ޕާޓީ ބައިބައިވާ ގޮތަށް ފިތުނަ އުފެއްދި ކަމަށް ބުނެ އެވެ. އަދި ބައެއް މެންބަރުންގެ ކެންޑިޑެސީ ބާތިލު ކުރީ ޕާޓީއަށް ހިދުމަތް ނުކުރާ ކަމަށް ބުނެ އެވެ.

އަބްދުލްރަހުމާން ވިދާޅުވީ އޭނާގެ އަގު ވައްޓާލައި ދޮގު އިލްޒާމު އެޅުވި ލީޑަރުޝިޕަކުން ބާއްވާ އިންތިހާބެއްގައި ވާދަ ނުކުރާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ، އަޅުގަނޑު ވާދަ ކުރާނެ އެއްވެސް ޕްރައިމަރީއެއް ނެތް، ފުރުސަތެއް ވެސް ބޭނުމެއް ނޫން،" އަބްދުލްރަހުމާން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ސަޕޯޓަރުން ވެސް އެދޭގޮތް، 2024 މަޖިލިސް އިންތިހާބުގައި އަޅުގަނޑު ވާދަ ކުރާނީ އަމިއްލަގޮތުން، ތަމްސީލު ކުރާނީ ރައްޔިތުން،"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމުގެ އުސޫލުގެ ދަށުން އިއްޔެ ބައެއް މެންބަރުންނަށް ވާދަ ކުރުމުގެ ފުރުސަތު ނުދޭން ނިންމުމަށްފަހު މިއަދު އެ ނިންމުން ބަދަލު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވި އެވެ.

"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި," އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލު ކުރުމަށްފަހު އެ ނިންމުން މިއަދު ބަދަލު ކުރި ނަމަވެސް އަބްދުލްރަހުމާނުގެ އިތުރުން ވެސް ބައެއް ކެންޑިޑޭޓުން ވަނީ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވާދަ ނުކުރުމަށް ނިންމައިފަ އެވެ.

އޭގެއިތުރުން ޕާޓީގެ އަމަލުތައް ހުރިގޮތާމެދު ހިތްހަމަނުޖެހި ބައެއް ކެންޑިޑޭޓުންގެ ސަޕޯޓަރުން މިއަދު ވަނީ ޕާޓީން ވަކިވެސް ވެފަ އެވެ. އެގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ޝިޔާމް) ގެ ސަޕޯޓަރުން ޕާޓިން ކެނޑެން މިއަދު ސިޓީތަކެއްގައި ސޮއި ކުރި އެވެ.

ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދި ކަމަށް ޕީއެންސީން ތުހުމަތު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުއިއްޒުއާ ދެމެދު މައްސަލަ ޖެހުނު ވަގުތު ރައީސް ޔާމީންއަށް ސަޕޯޓު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

އެހެން ބައެއް މެންބަރުން ކައިރީ ޕާޓީން ބުނީ އެކަށީގެންވާ މިންވަރަށް ޕާޓީއަށް ހިދުމަތްކޮށްފައިނުވާ ކަމަށެވެ.

"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތީ ނޮވެމްބަރު، 2023، ގަ އެވެ. އެއަށްފަހު ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލާފައިވާ ކަމަށް ސަރުކާރުން ޕާޓީގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ފަހުން ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox