ސަރުކާރުގެ ހުށަހެޅުމަކީ އިންޑިއާ ސިފައިން ބާލައި، ހެލިކޮޕްޓަރާއި ޑޯނިއާތައް ދުއްވަން މަދަނީ މީހުން ގެނައުން

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު: ހެލިކޮޕްޓަރާއީ ޑޯނިއާތައް އޮޕަރޭޓުކުރަން އިންޑިއާ ސިފައިން 75 މީހަކު ރާއްޖޭގައި ހަރަކާތްތެރިވޭ -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު: ހެލިކޮޕްޓަރާއީ ޑޯނިއާތައް އޮޕަރޭޓުކުރަން އިންޑިއާ ސިފައިން 75 މީހަކު ރާއްޖޭގައި ހަރަކާތްތެރިވޭ -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސިފައިން ރާއްޖެ ފޮނުވާލުމުގެ ކަންކަން މަޝްވަރާކުރަން ރާއްޖެ އާއި އިންޑިއާ ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން އެކުލެވޭ ކޯ ގްރޫޕުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުން ހުށަހެޅީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށް ކަމަށް ސަރުކާރުން މިދިޔަ އާދީއްތަ ދުވަހު ބުނެފި އެވެ.

ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން މަދަނީ މީހުން ގެނައުން "އެންމެ ރަނގަޅު" ކަމަށް އިންޑިއާ ސަރުކާރާ ކުރި މަޝްވަރާތަކުގައި ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށް ރައީސް އޮފީހުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ދެން ޑޯނިއާ އޮޕަރޭޓު ކުރުމާއި މިފަދަ ކަންކަމުގައި ވެސް މިލިޓަރީ ބޭފުޅުން ތިއްބެވި ނަމަ މިލިޓަރީ ބޭފުޅުން ހަމަ މި ގައުމު ދޫކޮށް، ދިވެހި ގައުމު ދޫކޮށް ދާން ޖެހޭނެ ކަމާއި އެކަން ކުރުމުގައި ސިވިލް ބޭފުޅުން ތިއްބެވުން އެންމެ ރަނގަޅު ކަމަށް އެގޮތަށް މަޝްވަރާތައް ކުރިއަށް އެދަނީ. ދެން ނިމިގެން ދާނެ ގޮތެއް ދަންނަވަން މާ އަވަސް ކަން ނޭނގެ،" ޖެނުއަރީ 14، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.

ކޯ ގްރޫޕުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުން ހުށަހެޅި އަނެއް ކަމަކީ، ރާއްޖޭގައި ތިބި އިންޑިއާގެ 89 ސިފައިން މާޗު 15، ގެ ކުރިން އަނބުރާ ގައުމަށް ގެންދިޔުމެވެ. މިކަމާ ގުޅޭގޮތުން ކުރަން ޖެހޭ މަޝްވަރާތައް ވެސް އެ ދުވަހު ކުރިއަށްގެންދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި އިންޑިއާގެ 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންނެވެ. ދެން އިތުރަށް ތިބީ ސެނަހިޔާ އަސްކަރީ ހޮސްޕިޓަލުގައި ބަލި މީހުން ބަލައި އިންޑިއާ ސިފައިންގެ ޑޮކްޓަރުންނެވެ.

ދިވެހި ސަރުކާރުން މިހެން ބުނި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލް ވަނީ، ސީދާ މިކަން ކަށަވަރުކޮށް ނުދެއްވި ނަމަވެސް، އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން އިންސާނީ އެހީ އާއި ބަލި މީހުން އުފުލުން ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ކަމަށް ވިދާޅުވެފަ އެވެ.

"އެ ދުވަހު އަޅުގަނޑުމެން އާންމު ކުރިން ޕްރެސް ރިލީޒެއް ވެސް، އޭގައި ވެސް އޮންނާނެ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން އިންސާނީ އެހީއާއި ބަލި މީހުން އުފުލުމުގައި ރާއްޖޭގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދަން ކުރެވުނު މަޝްވަރާތަކުގެ ވާހަކަ،" ޖައިސްވަލް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ދެން ބާއްވާ މަޝްވަރާތައް އޮންނާނީ އެ ގައުމުގެ އެވެ. ނަމަވެސް އެ ބައްދަލުވުން އޮންނާނެ ވަކި ތާރީހެއް ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އަދި ނުބުނެ އެވެ.

ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭނުންކޮށްފައެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox