ރަައީސްގެ މިނިސްޓަރު ޝާހިދުގެ "އަތް" ކައުންސިލުގައި، ފައިސާ ހޯދަން ބިލު ވެސް ކުރެއްވި!

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ޓު ދަޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މުހައްމަދު ޝާހިދު. މާލެ މަގާމަށް ވަޑައިގެންނެވި ފަހުން ވެސް އޭނާ ގެންދެވީ މާލޭ ސިޓީކައުންސިލުގައި އިންހައުސްކޮށް ކޮންސަލްޓެންސީ ދެއްވަމުން. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ޓު ދަޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މުހައްމަދު ޝާހިދު. މާލެ މަގާމަށް ވަޑައިގެންނެވި ފަހުން ވެސް އޭނާ ގެންދެވީ މާލޭ ސިޓީކައުންސިލުގައި އިންހައުސްކޮށް ކޮންސަލްޓެންސީ ދެއްވަމުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން މާލޭ ސިޓީ ކައުންސިލްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުހައްމަދު ޝާހިދު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން ވެސް ކައުންސިލުގެ މަސައްކަތްތައް ކުރައްވައި އެކަމަށް ފައިސާ ހޯއްދަވަން ބިލު ކުރައްވައިފި އެވެ.

މި މައްސަލައިގައި "އަދަދު" ނޫހުން އެތައް ފަހަރަކު ސުވާލު ކުރުމުން އެ އިންވޮއިސް ކެންސަލް ކުރަން ކައުންސިލްގައި ކުރިން ވެސް ދެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ އިންވޮއިސް އަށް ފައިސާ ދޫކޮށްފައި ނެތް ކަމަށް ސިޓީ ކައުންސިލް މިހާރު ހިންގެވުމަށް ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. އަދި ޝާހިދުއާއެކު ހަދާފައިވާ އެއްބަސްވުން، އޭނާ ރައީސް އޮފީހުގެ މަގާމަށް ވަޑައިގަތުމުން ބާތިލު ވެފައިވާ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ގެންދަވަނީ ކައުންސިލަށް މަސައްކަތް ކޮށްދެއްވަމުންނެވެ.

މި ނޫހަށް ލިބިފައިވާ އިންވޮއިސްއެއްގައިވާ ގޮތުން ޝާހިދު ސިޓީ ކައުންސިލަށް ބިލު ކުރެއްވީ މި ސަރުކާރު އެކުލަވާލި ފަހުން ނޮވެމްބަރު 20، އިން ފެށިގެން ޑިސެމްބަރު 20، އަށް ސިޓީ ކައުންސިލަށް ވަޑައިގެން ކުރެއްވި މަސައްކަތަށެވެ.

އެ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހުރިހާ ދުވަހެއްގައި ސިޓީ ކައުންސިލަށް ވަޑައިގެން ކުރެއްވި މަސައްކަތަށް 30،000ރ. ހޯއްދެވުމަށް އޭނާ ބިލުކުރެއްވި އެވެ.

ޝާހިދު ހުށަހެޅުއްވި އިންވޮއިސް

ޝާހިދު ބިލު ކުރެއްވި ބައެއް މަސައްކަތްތައް

  • ލޯކަލް މާރުކޭޓް އަޅާ ކުންފުންޏާ މުއާމަލާތްކޮށް، ކޮންސެޕްޓް ޑިޒައިން، ޕްރޮޖެކްޓް ޓައިމްލައިން ފައިނަލް ކުރުން
  • ލޯކަލް މާރުކޭޓް އިމާރާތްކުރުމުގެ މަަޝްރޫއު އިފްތިތާހުކުރުމުގެ ތައްޔާރީތައް
  • ކައުންސިލް ހައުސިންގެ ގޮތުގައި ސިނަމާލެ ފްލެޓްތައް އަލުން އިމާރާތްކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ފައިނަލް ކުރުން
  • އެ މަޝްރޫއަށް ހިނގާނެ ހަރަދު ދެނެގަނެ ޝެޑިއުލް އެކުލަވައިލުން
  • ވިލިމާލެ ބީޑީޔޫ ވިލިމާލެ ކޮމިއުނިޓީ ޕްރޮޖެކްޓް ހިންގާ ކުންފުންޏާ ނެގޯޝިއޭޓްކުރުން
  • ޕާކިން ބިލްޑިންގެ ކުރެހުންތައް ޑިވެލޮޕަރުންނާ އެކު މުރާޖައާކުރުން

މި މަސައްކަތްތަކުގެ އިތުރުން ވަރަށް ގިނަ އެހެން މަސައްކަތްތައް ވެސް ޝާހިދު ސިޓީ ކައުންސިލަށް ހުށަހެޅުއްވި އިންވޮއިސްގައި ހިމަނުއްވާފައި ވެ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުން މިހާރު ވެސް ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ ބައެއް ކައުންސިލަރުނާއި އިންތިހާބީ މޭޔަރު އާދަމް އާޒިމް ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox