ސީރިއާއިން ގެނައި ދިވެހިން ރިހެބިލިޓޭޓްކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް: މިނިސްޓަރު

ހޯމް މިނިސްޓަރު އަލީ އިހުސާން: ފަރުވާދެވޭނެކަން ޔަގީންވިޔަސް އެކި މީހުންނަށް ފަރުވާދިނުމަށް ނަގާނީ އެކި މުއްދަތުކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ފަރުވާދެވޭނެކަން ޔަގީންވިޔަސް އެކި މީހުންނަށް ފަރުވާދިނުމަށް ނަގާނީ އެކި މުއްދަތުކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެތެރެއިން މިއަދު ރާއްޖެއަށް ގެނެވުނު ފަސް އާއިލާގެ މީހުން ރިހެބިލިޓޭޓްކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ތިބި 21 ދިވެއްސަކު ރާއްޖެގެނައުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ސީރިއާއިން ދިވެހި އެއް އާއިލާއެއް ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދެވި މިހާރު މުޖްތަމައަށް ދޫކޮށްލެވިފައިވާކަމަށެވެ.

އެ އާއިލާގެ ކަންކަން ފަސް އަހަރަށް ގާތުން ބަލާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އާއިލާ މުޖްތަމައަށް ދޫކޮށްލިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށެވެ.

"ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ. ސަކްސެސްފުލީ ވަަރަށް ގިނަ ގައުމުތަކުގައި އެބަ ހުރި ރިހެބިލިޓޭޓް ކުރެވިފަ ރިއިންޓަގްރޭޓް ކުރެވިފައި." މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އަދި އެމީހުން އުޅެމުން ދަނީ ވެސް އާދައިގެ ދިރިއުޅުމެއްކަން ފާހަގަކޮށް އިހުސާން ވިދާޅުވީ، މިއަދު ރާއްޖެ ގެނައި ހުރިހާ އެންމެނަށްވެސް ފަރުވާދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ސީރިއާއަށް ގޮސް ތިބޭ ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން އެމީހުންނަކީ ދިވެހިންތޯ ޔަގީންކުރުމަށް ޑީއެންއޭ ޓެސްޓު ހަދަ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ އެންމެންނަކީ ވެސް އެކި މިންވަރަށް ހަނގުރާމައިގެތެރެއަށް ވަދެވި، އެފަދަ ފިކުރުތައް ހުރި މީހުންނަށް ވާތީ، ފަރުވާ ދެމުން ގެންދާނީ އެސެސްމެންޓަކަށް ފަހު، އެމީހަކަށް އެންމެ ބޭނުންތެރި ފަރުވާ ދެނެގަނެވިގެން ކަމަށެވެ.

"އެކި މީހުން އެކްސްޕޯސްކުރެވިފައި، އެކި ޓްރޯމާ، އެކި ވައްތަރުވައްތަރުގެ ކަންކަން މިހުންނަނީ. ސައިކޮލޮޖިކަލީ ކިހާވަރެއްގެ އިމްޕެކްޓެއްތޯ ކޮށްފައި ހުރީ، މި ހުރިހާ އެސްޕެކްޓަކުން ބަލާފައި އަޅުގަނޑުމެން މިހަދާ އެސެސްމެންޓުގެ ޒަރިއްޔާއިން ދެނެގަންނާނީ ކޮން ޕްރޮގްރާމެއްތޯ، ޕްރޮގްރާމު ހިންގަން ފެށީމަ ރިކަވަރީއަކީވެސް އެކި މީހުން ރެސްޕޮންޑު ކުރަނީ އެކި ވަރުވަރަށް" އިހުސާން ވިދާޅުވި އެވެ.

ސީރިއާއިން ގެންނަ ދިވެހިންގެ ތެރޭގައި ތިބި ކުޑަކުދިން، މުޖްތަމައަށް ނެރެވޭވަރު ވުމުން ހިންމަފުށީ ސްކޫލުގައި ކިޔަވައިދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އެކުދިންނަށް ކިޔަވައިދިނުމަށް އެރަށު ސްކޫލުގެ ޓީޗަރުން ތިބީ ފުރިހަމައަށް ތަމްރީންކުރެވިފައިކަމަށާއި، ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކުރުވުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސީރިއާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ. އެކަމަކު އެ ދިވެހިންގެ އަދަދު އެނގޭ އެއްވެސް މުއައްސަސާއެއް ނެތެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. އެގޮތުން 2022 ގެ ކުރީކޮޅު ގެނައި އާއިލާއެއް މިހާރު ވަނީ ރިހެބިލިޓޭޓު ކޮށް ނިންމުމަށްފަހު މުޖުތަމައަށް ދޫކޮށްލާފަ އެވެ. ސީރިއާގައި ތިބި މީހުން ގެންނަން މި ގައުމުގައި ތިބި އެ މީހުންގެ އާއިލާތަކުން މަސައްކަތް ކުރާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox