މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ސިޓީކައުންސިލަށް ވަޑައިގެން އެތަނުގެ އިދާރީ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މާލޭ ސިޓީކައުންސިލުން ބުނިގޮތުގައި ކައުންސިލްގެ މެނޭޖްމަންޓާ އެކު އާޒިމް މިއަދު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. ކައުންސިލްގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ކުރި ބައެއް މައްސަލަތަކަށް އޭނާ އެޑްރެސް ކުރެއްވި ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
މާލޭގެ މޭޔަރު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކުރައްވައިގެންނެވެ. މާލޭގެ މޭޔަރް ގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.،މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަަމަށް އިންތިހާބުވުމުންނެވެ.











