މަޖްލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނަން: އާޒިމް

މާލެ ސިޓީ މޭޔަރުކަމަށް އިންތިހާބުވި އާޒިމް: އާޒިމް ވިދާޅުވީ ބޮޑު އަގުލަބިއްޔަތަކުން މަޖިލިސް ކާމިޔާބުކުރައްވާނެކަމަށް -- ފޮޓޯ: އިޔާން/އަދަދު

މާލެ ސިޓީ މޭޔަރުކަމަށް އިންތިހާބުވި އާޒިމް: އާޒިމް ވިދާޅުވީ ބޮޑު އަގުލަބިއްޔަތަކުން މަޖިލިސް ކާމިޔާބުކުރައްވާނެކަމަށް -- ފޮޓޯ: އިޔާން/އަދަދު

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރާނެ ކަމަށް މާލޭ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމަށް އިންތިހާބުވުން ފާހަގަކުރުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ، ދެން އެންމެ ބޮޑު އަމާޒަކީ މަޖްލިސް އިންތިހާބު ކަމަށާއި، އެ އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު އަގުލަބިއްޔަތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު މާޔޫސްކަން ފެނުނަސް ފަހަތެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ ކުރި. އެމްޑީޕީގެ ކުރިމަގު ވަރަށް އުޖާލާ" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ފެންނަނީ ކޮންމެ ކާމިޔާބީއަކާ އެކީވެސް މަޑުކޮށްލާތަން ކަމަށާއި، އެކަން ބަދަލުކޮށް ކޮންމެ ކާމިޔާބީއަކާ އެކު ގަދަޔަށް، ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ހުރިހާ މެންބަރުން ވެސް މަސައްކަތްކުރަންވީ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.

"އަޅުގަނޑު ބުނަން އޮތް ވާހަކައަކީ މި ޕާޓީން މަސައްކަތް ކުރަނީ މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް ކަންތައްތައް ކޮށްދޭށޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ކަންތައްތަކުގަ ސަލާންޖަހާކަށެއް" އާޒިމް ވިދާޅުވި އެވެ.

މޭޔަރުކަމަށް އިންތިހާބުވި އާޒިމް ވިދާޅުވީ، މިވަގުތު މާލެ ސަރަހައްދަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ.

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ރައްޔިތެއް ނަމަ އެ ރައްޔިތަކަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގޯތި ދީފައިވާކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވީ، ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު އަދި ހުޅުމާލެއިން ދީފައިވާ ގޯތިތައް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

އާޒިމްގެ އިތުރުން މިއަދުގެ އިންތިހާބުގައި ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.

އާޒިމް މޭޔަރު އިންތިހާބު ކާމިޔާބުކުރެއްވީ 44.8 ޕަސެންޓު ކާމިޔާބުކުރައްވައިގެންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29.6 ޕަސެންޓެވެ.

މިއަދުގެ އިންތިހާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓުލާން ނުކުތީ 31 ޕަސެންޓު މީހުންނެވެ. އެއީ 17442 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox