ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ބާރުއަޅަން ސަރުކާރު އޮތީ ތައްޔާރަށް: ޗައިނާ ސަފީރު

Jan 13, 2024, 6:28 AM
ޗައިނާ ސަފީރު އަދި ރައީސް ޑރ. މުއިއްޒު: ވިދާޅުވީ ޗައިނާ އިންވެސްޓަރުން ގެންނަން ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް -- ފޮޓޯ: ޗައިނާ އެމްބަސީ

ޗައިނާ ސަފީރު އަދި ރައީސް ޑރ. މުއިއްޒު: ވިދާޅުވީ ޗައިނާ އިންވެސްޓަރުން ގެންނަން ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް -- ފޮޓޯ: ޗައިނާ އެމްބަސީ

މިހާރަށްވުރެ ގިނައިން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ބާރު އެޅުމަށް ޗައިނާގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަން ލިޖިން މިއަދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ސިނާއަތެއްކަން ފާހަގަ ކުރައްވަމުން ޗައިނާގެ ސީޖީޓީއެން ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ އެ ދާއިރާއިން ގުޅުން ބަދަހި ކުރުމަކީ ދެ ގައުމުން އެދޭ ގޮތް ކަމަށެވެ.

"ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ބާރު އަޅަން ޗައިނާގެ ސަރުކާރުން އޮތީ ތައްޔާރަށް. ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުން ގުޅިގެން އެކީގައި މަސައްކަތް ކުރަން ރާއްޖެއިން ވެސް ވަރަށް ބޮޑަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ވަން ލިޖިން ވިދާޅުވީ މީގެ ކުރިން ވެސް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ޕްރޮމޯޓު ކުރުމަށް މިހާރު ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ގައުމު. ކޮވިޑުގެ ކުރިން، ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދިޔައީ ޗައިނާއިން،" ސަފީރު ވިދާޅުވި އެވެ. "ރާއްޖޭގެ ވަފުދެއް ޗައިނާއަށް އައިސް ފަތުރުވެރިކަން ޕްރޮމޯޓު ކުރަން މަސައްކަތް ކުރާނެ. އަދި މިހާރު ވެސް، ދެ ގައުމުގެ ދޭތެރޭގައި ޑައިރެކްޓް ފްލައިޓު އިތުރު ކުރަން ދަނީ ވާހަކަ ދައްކަމުން." އޭނާ ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ސަފީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ސަބަބުން އިންފްރާސްޓްރަކްޗާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ފެހި، ނޫ، އަދި ޑިޖިޓަލް އިގްތިސާދުގެ ދާއިރާ އާއި ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އިންފްރާސްޓްރަކްޗާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާއިން ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރެވޭ. އޭގެ ތެރޭގައި މަގު ހެދުމާއި ސޯޝަލް ހައުސިން އަދި ހޮސްޕިޓަލްތައް ބިނާކުރުން ހިމެނޭ. މިފަދަ ކަންކަމުން އާންމުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބޭނެ. ދެ ވަނަ ކަމަކީ، ނޫ އިގްތިސާދު، ފެހި އިގްތިސާދު އަދި ޑިޖިޓަލް އިގްތިސާދު. ތިން ވަނަ ކަމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާ ހިމެނޭ،" ވަން ލިޖިން ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓު ކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"ޕްރޮޓޮކޯލް ހަމަޖައްސާފައި އޮތީ ބިޒްނަސް ފޯރަމަށްފަހު ރައީސް މުއިއްޒު އެތަނުން ވަޑައިގަތުމަށް. އެކަމަކު ރައީސް މުއިއްޒު މަޑު ކުރެއްވުމަށްފަހު ދެ ގައުމުގެ ވިޔަފާރިވެރިންނާ ވަކިވަކިން ބައްދަލު ކުރައްވާ ހުރިހާ ބޭފުޅުންނާ ސަލާމް ކުރައްވާ ވާހަކަ ދެއްކެވި. އަދި ރާއްޖެއާއެކު ގާތް ގުޅުމެއް ބޭއްވުމަށް ހާއްސަކޮށް ޗައިނާގެ ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންނެވި،" ސަފީރު ވިދާޅުވި އެވެ.

"އޭގެ ސަބަބުން ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓު ކުރުމަށް ބާރު އެޅޭނެ. އަދި އެކަމަކީ ރާއްޖޭގެ ވިޔަފާރިވެރިން ޗައިނާއަށް މުދާ އެކްސްޕޯޓު ކުރުމަށް ވެސް އެޅޭ ބާރަކަށް ވާނެ. ހާއްސަކޮށް މެރިން ޕްރޮޑަކްޓްސް."

ޖެނުއަރީ 7، ފެށިގެން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރު ނިންމާލެއްވީ ހުކުރު ދުވަހެވެ. އެ ދަތުރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅުގެ މަގު ހެދުމާއި ޔުޓިލިޓީސް ބިނާކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox