އަލުން އިންތިހާބު ކުރެވެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް އެލްޖީއޭއިން ބުނެފި

އެލްޖީއޭގެ އެގްޒެކްޓިވް ބޯޑު މީޓިންގެ ތެރެއިން: ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން ޖެހޭނީ ލޯކަލް ކައުންސިލު އިންތިހާބުގައި ސިޓީ ކައުންސިލެއް އިންތިހާބުކުރުމަށް ފަހު ކަމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ އެގްޒެކްޓިވް ބޯޑު މީޓިންގެ ތެރެއިން: ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން ޖެހޭނީ ލޯކަލް ކައުންސިލު އިންތިހާބުގައި ސިޓީ ކައުންސިލެއް އިންތިހާބުކުރުމަށް ފަހު ކަމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި -- ފޮޓޯ: އެލްޖީއޭ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، ސިޓީ ކައުންސިލެއް އިންތިހާބުކުރުމާ ހަމައަށް އެ ރަށުގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

"ތިނަދޫ ސިޓީ ކައުންސިލަށް" އެޑްރެސްކޮށް ސިޓީ ފޮނުވުމަށާއި ލިޔެކިޔުންތަކުގައި "ކައުންސިލުގެ ރައީސް" ގެ ބަދަލުގައި "މޭޔަރު" ބޭނުން ކުރުމަށް އަންގާފައިވާތީ އެ މައްސަލަ ބެލުމަށްފަހު އެލްޖީއޭއިން ބުނީ މިހާރު އޮތް ތިނަދޫގެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވެން ނެތީ އެކަމަށް ގާނޫނުން ތަން ނުދޭތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެފަދަ ސިޓީ ކައުންސިލް އިދާރާއެއް އުފައްދާފައި ނުވާނަމަ، އިންތިހާބަކުން ހޮވާފައި އޮންނަ ރަށު ކައުންސިލަކަށް ސިޓީ ކައުންސިލުގެ ދަރަޖަ ނުދެވޭނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.

"އެހެންކަމުން، ހިނގަމުންދާ ތިނަދޫ ރަށު ކައުންސިލުގެ ދައުރު ހަމަވެ ސިޓީ ކައުންސިލެއް އިންތިހާބުވަންދެން ކައުންސިލުގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނައިސް ރަށު ކައުންސިލު ދެމި އޮންނާނެކަމަށް ދެކެން،" އެލްޖީއޭގެ ނިންމުމުގައި ބުނެފައި ވެއެވެ.

ސިޓީއެއްގެ ދަރަޖަ އަލަށް ދޭ ރަށެއްގެ ރަށު ކައުންސިލުގެ ދައުރު ހަމަ ނުވާނަމަ އެ ސިޓީއެއް ހިންގަންވާނީ ރަށު ކައުންސިލުން ކަމަށާއި، އެކަން ލާމަރުކަޒީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭއިން ބުނެ އެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސިޓީއެއް ހިންގާ ރަށު ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބޭ ހުރިހާ ބާރެއް ލިބެ އެވެ. އަދި ސިޓީއެއްގެ ދަރަޖަދޭ ހިސާބުން، ސިޓީ ކައުންސިލަކުން ދޭން ޖެހޭ ހުރިހާ ހިދުމަތެއް ވެސް ރަށު ކައުންސިލުން ދިނުމަށް ލާޒިމު ކުރެ އެވެ.

ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދޭތީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ލާމަރުކަޒީ ކޮމެޓީއިން ނިންމި ނިންމުމަށް ވެސް އެލްޖީއޭއިން ރިއާޔަތްކޮށްފައިވެ އެވެ. އެގޮތުން ރަށު ކައުންސިލުގެ ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ދިންކަމުގައިވީ ނަމަވެސް، ސިޓީ ކައުންސިލު އިންތިހާބު ކުރުމަށް އިންތިހާބެއް ބާއްވަން ވެސް ލާޒިމު ނުކުރާ ކަމަށާއި އެފަދަ ރަށު ކައުންސިލަކަށް ސިޓީ ކައުންސިލުގެ ދަރަޖަ ދިނުމަށް ލާޒިމު ނުކުރާ ކަމަށް ކޮމެޓީން ނިންމިކަން ފާހަގަކޮށްފައިވެ އެވެ.

ހދ. ކުޅުދުއްފުއްޓަކީ ވެސް ރަށު ކައުންސިލުގެ ދައުރުގެ މެދުތެރެއިން ސިޓީއެއްގެ ދަރަޖަ ދިން ރަށެއްކަން ފާހަގަކޮށްފައިވެ އެވެ. ޖެނުއަރީ 1، 2020، ގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، 21 މެއި 2021 ގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމާ ހަމަޔަށް ކުޅުދުއްފުށި ސިޓީގައި ހިންގަމުން ދިޔައީ ރަށު ކައުންސިލެއް ކަމަށް އެލްޖީއޭއިން ފާހަގަކުރެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޮގަސްޓް 31، ގަ އެވެ. އެ ނިންމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިންއިރު ސިޓީއަކަށް ބޭނުންވާ އަދަދަށް ރަށުގެ ރަޖިސްޓްރީގައި މީހުން ހަމަވާކަމާ މެދު ވެސް ސުވާލުތަކެއް އުފެދިފައިވެ އެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން، އެ ރަށު ކައުންސިލުން އެ ކަމަށް އެދި ހުށަހެޅި އިރު ރަޖިސްޓްރީ އާބާދީ އުޅުނީ 7،000 ގަ އެވެ.

ރައީސް ސޯލިހު ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވި ކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް މި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox