ރައީސް އޮފީހުގެ މިނިސްޓަރުން ސިޓީ ކައުންސިލަށް ވަދެ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓީ ކައުންސިލަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ވަޑައިގެން ނުފޫޒު ފޯރުވާކަމަށް ބައެއް ކައުންސިލަރުން ތުހުމަތުކުރޭ -- ފޮޓޯ: އަދަދު ފައިލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓީ ކައުންސިލަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ވަޑައިގެން ނުފޫޒު ފޯރުވާކަމަށް ބައެއް ކައުންސިލަރުން ތުހުމަތުކުރޭ -- ފޮޓޯ: އަދަދު ފައިލް

ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން މާލޭ ސިޓީ ކައުންސިލުގެ އޮފީހަށް ވަދެ މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް ކައުންސިލަރުން ތުހުމަތުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ވެރިކަން ބަދަލުވި ފަހުން ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ސިޔާސީ މުވައްޒަފުން ކައުންސިލް އިދާރާތެރެއަށް ވަދެ އުޅުއްވާ ކަމަށެވެ. އެއީ ކޮން ކަމަކު ކަމެއް ސާފު ނުވާކަމަށް އޭނާ ބުންޏެވެ.

ދާދި ފަހުން ޕީޕަލްސް ނެޝަނަލް ފްރޮންޓުން ބޭއްވި ޖަލްސާއެއްގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ ވެސް ވަނީ ރައީސް އޮފީހުގެ ބައެއް ބޭފުޅުން ސިޓީ ކައުންސިލަށް ވަޑައިގެން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ނާޒިމާ ވިދާޅުވީ ސިޓީ ކައުންސިލުގެ ތެރެއަށް ރައީސް އޮފީހުގެ ބޭފުޅުން ވަދެ ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ސިޓީ ކައުންސިލް ތެރޭގައި ވަރަށް ދަތިތައް އެބަ އާދޭ. އަޅުގަނޑު މިކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާނަން. އެއީ ސިޓީ ކައުންސިލް ތެރޭގައި އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް އޮފީހު މީހުން ވަދެ ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަކަށް،" ނާޒިމާ ވިދާޅުވި އެވެ.

ނަމަވެސް ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު އައިމިނަތު ޝަތުފާ ވިދާޅުވީ ރައީސް އޮފީހުގެ އެއްވެސް މުވައްޒަފަކު ކައުންސިލް އޮފީހަށް އައިސްފައިނުވާ ކަމަށެވެ.

ކުރިން މޭޔަރުކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، އެމަނިކުފާނާ އެކު ސިޓީ ކައުންސިލުގައި މަސައްކަތް ކުރި ގިނަ ބަޔަކަށް ރައީސް އޮފީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުން މަގާމުތައް ދެއްވި އެވެ.

ސިޓީ ކައުންސިލުގެ ތެރޭގައި މަގާމުތައް ދިން މީހުންގެ ތެރޭގައި ގިނަ އިދާރީ މުވައްޒަފުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox