އެމްޑީޕީގެ ސިޓީއާއެކު މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ މެދު އިތުރު މަޝްވަރާއަށް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް; މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާމެދު އިތުރަށް މަޝްވަރާކުރާކަން ހާމަކުރެއްވި -- ފޮޓޯ: އިޔާން/އަދަދު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް; މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާމެދު އިތުރަށް މަޝްވަރާކުރާކަން ހާމަކުރެއްވި -- ފޮޓޯ: އިޔާން/އަދަދު

އިދިކޮޅު މައި ޕާޓީ, އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހު ކަނޑައެޅުމުގައި އިލެކްޝަން ކޮމިޝަނުން އިތުރު މަޝްވަރާއަކަށް ގޮސްފި އެވެ.

އެމްޑީޕީން އީސީއަށް ސިޓީ ފޮނުވީ, އިންތިހާބުގެ ތާރީހާ މެދު މުއައްސަސާތަކުން އީސީއަށް ދިން ލަފަޔާ ހިލާފަށް ސަރުކާރުގެ ނުފޫޒާއެކު ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން އުޅޭ ކަމުގެ ތުހުމަތު ކޮށްފަ އެވެ. އަދި ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި އިންތިހާބު ބާއްވަން އެ ޕާޓީން އެދިފައި ވެއެވެ.

އިންތިހާބުތަކާ ބެހޭގޮތުން މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ, ކުރިން ނިންމައިގެން ތިބި ގޮތުން ނަމަ މިއަދު އިންތިހާބުގެ ތާރީހު އިއުލާނު ކުރާނެ އެވެ. އެހެން ނަމަވެސް އެކަން މަޑުޖައްސާލީ އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

Advertisement

"އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަނުން މިއަދު ޕްރެސްއަށް އައުމުގެ ކުރިން މަޝްވަރާ ކޮށްފައި މިއައީ. ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު މި ހަފްތާގައި ގޮތެއް ނިންމަން," ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ތާރީހާ ގުޅޭގޮތުން އެމްޑީޕީ އާއެކު މަޝްވަރާ ކުރުމަށް މާދަމާ 11:30 ގައި ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ހަބީބް ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު ކަނޑައަޅާނީ އާންމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އަދި, އެކަން އިންތިޒާމު ކުރުމަށް އީސީއަށް ހުރި ގޮންޖެހުންތަކަށް ބަލައި, ނިންމާނީ އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ތާރީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދަ މަސް ތެރޭގައި ބާއްވައިފިނަމަ, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވެދާނެތީ އެކަމަށް ވިސްނައި, ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ނިންމުމެއް ނިންމައި އިއުލާން ކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އީސީއަށް ލަފާ ދިނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެތީ ދަތިވާނެ ކަމަށް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox