މޭޔަރުގެ މަގާމަށް އަންނާނީ ސަރުކާރާ ކޯޅޭކަށެއް ނޫން، އެކުގައި މަސައްކަތް ކުރާނަން: އާޒިމް

މޭޔަރުގެ މަގާމަށް އަންނާނީ ސަރުކާރާ ކޯޅޭކަށެއް ނޫން، އެކުގައި މަސައްކަތް ކުރާނަން: އާޒިމް

އަންނަ ހޮނިހިރު ދުވަހު އޮންނާ މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ބައި-އިލެކްޝަން ކާމިޔާބުވެއްޖެނަމަ އެ މަގާމާ ހަވާލުވާނީ ސަރުކާރާ ކޯޅުމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ބޭއްވި ބަހުސްގައި އާޒިމް ވަނީ ވަކި ކެންޑިޑޭޓަކު ހޮވައިގެން މެނުވި މާލެ ސިޓީއަށް ކަންކަން ނުވާނެ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

"އަޅުގަނޑުމެން މިއަންނަނީ ކޯޅޭކަށެއް ނޫން ސަރުކާރަކާ. އަޅުގަނޑު މި އަންނަނީ ސަރުކާރާ އެއްކޮށް މަސައްކަތް ކުރަން. ހުރިހާ މުއައްސަސާއަކާ އެކު. ގާނޫނު އަސާސީގައި ބުނީ ކޯޅޭކަށޭ އެއް ނޫން. ގާނޫނު އަސާސީގައި ބުނަނީ މޭޔަރު ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާށޭ, ރައީސުލްޖުމްހޫރިއްޔާ ވެސް އަމަލު ކުރާށެ," މިދިޔަ ސަރުކާރުގައި އެމްޓީސީސީގެ އިސްވެރިޔަކަށް ހުރެ އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައި އާޒިމް ވިދާޅުވި އެވެ.

ކަންކަން ނުކޮށްދިނުމަކީ ރައީސަށް އޮތް އޮޕްޝަނެއް ނޫން ކަމަށާއި އެމަނިކުފާނު ކަންކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެގޮތަށް ރައްޔިތުންނަށް ތްރެޓުކުރާ [އިންޒާރު ދޭ] ވެރިޔަކު ހުރުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. ގާނޫނުގެ ވެރިކަން ހިންގާ ތަނެއް, އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑު އެއްބާރުލުން ނުދޭނީ އިސްރާފަށޭ," އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ތަފްސީލުތައް ހާމަނުކޮށް ފެށި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަކީ މިވަގުތަށް އިސްރާފެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވި އެވެ.

"ފަސް ބިލިއަނަށް އެމްޓީސީސީއަށް ކުރެވޭނެ މަސައްކަތެއް 10 ބިލިއަނަށް ކޮށް ފަސް ބިލިއަން އެ އިސްރާފު ކޮށްލަނީ މިހާރުވެސް. އަޅުގަނޑު މި ބުނަނީ އިސްރާފު ނުކުރާށެ, ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރާށޭ. އަޅުގަނޑުގެ މޭޔަރު ކަމެއްގައި އެންމެނާ ގުޅިގެން މިކަންކަން ހައްލު ކޮށްދޭނަން," ރަަސްމާލެ މަޝްރޫއުއަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވި އެވެ.

ބިދޭސީން އިތުރުވުމުގެ މައްސަލައަށް ވެސް އާޒިމް ސިޔާސަތުތަކެއް ހުށަހެޅުއްވި އެވެ. އެގޮތުން, އެންމެ ފުރަތަމަ ކަމެއްގެ ގޮތުން މާލޭގައި ތިބި ބިދޭސީން ދެނެގަންނާނެ ކަމަށާއި ބިދޭސީން ގެނައުމާ ގުޅޭގޮތުން މި ސަރުކާރުން ގަވާއިދުތަކަށް ގެނައި ބަދަލުތައް ގޯސްކަމަށް އާޒިމް ސިފަކުރެއްވި އެވެ.

"މި މައްސަލަތައް ހުއްޓައި އިތުރު 10,000 މީހުން ގެންނަން ނިންމައިފި. އަޅުގަނޑު ދެކޭ ގޮތުގައި ހުރި މައްސަލަތައް ހައްލުކޮށްފައި އިތުރު މީހަކު މިތަނަށް ގެންނަން ޖެހޭނީ ވެސް. އަޅުގަނޑު އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާނަން ކުރިއަށް އޮތް ތަނުގައި ވެސް. ގާނޫނާ ގަވާއިދު ތަންފީޒު ނުކުރެވިގެން މައްސަލައެއް ނުޖެހޭނެ," އާޒިމް ވިދާޅުވި އެވެ.

ވެހިކަލް ކެރީން ކެޕޭސިޓީ އޮންނަ ގޮތަށް މާލެ ސިޓީގައި ބިދޭސީންނަށް އުޅެވޭނެ އަދަދު ދެނެގަންނަން ޖެހޭ ކަމަށާއި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ބިދޭސީންނަށް ގަވާއިދާ ހިލާފު އުޅޭ ކަންކަން ބެލުމަށް ސީދާ މަގުމައްޗަށް ނުކުމެ އެކަން ހައްލުކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން ކަމަށާއި އިތުރަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންނެއް ނުދޭނެ ދޮގު ހަދަން ފުރުސަތެއް. ދޮގު ހަދަމުން މިހާރު އެ ދަނީ. އެ މީހުން ދައްކާނެ ވާހަކަ ގަބޫލުކުރާނެ ބަޔަކު ވެސް ނެތް. އަޅުގަނޑުމެންނަށް މި އިންތިހާބުން އެކަން ވަރަށް ސާފުކޮށް ފެންނާނެ. އެ ދޮގު ހަދާ މީހުންނަށް ރައްޔިތުން ވޯޓު ފޮށިން ނަތީޖާ ދައްކާލާނެ," އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox