ހުލާސާކޮށް އިއްޔެ: ވީއައިއޭ ތަރައްގީކުރަން ކުއްލި އާ ތަސައްވުރެއް

އެއާޕޯޓު އާ ޕްލޭނުގައި ހިމެނޭ ޓާމިނަލެއްގެ ކުރެހުމެއް

އެއާޕޯޓު އާ ޕްލޭނުގައި ހިމެނޭ ޓާމިނަލެއްގެ ކުރެހުމެއް

މިހާރު ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އާ ޕްލޭނެއް ސަރުކާރުން ކުއްލިއަކަށް ރޭ އިއުލާނުކުރި އެވެ.

އަހަރަކު 25 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓާއި އެހެނިހެން ހިދުމަތްތައް ތަރައްގީ ކުރުމުގެ ތަސައްވުރު ރޭ އިފުތިތާހު ކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނުގައި ވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރޭ ބޭއްވި ޖަލްސާއާ ހަމައަށް ވެސް މި މަޝްރޫއުގެ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނެތެވެ.

"ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ބޮޑު ބައި މި އަހަރުގެ ނިޔަލަށް ނިމި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ، މިއާއެކު އެމްއޭސީއެލްގައި 25 އިންސައްތަ އިތުރު ވަޒީފާ އުފެދިގެންދާނެ، އެއީ ގާތްގަނޑަކަށް 1،000 އާ ވަޒީފާ،" ވެލާނާ އާ ޕްލޭނާއި އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަސައްކަތް އިފްތިތާހުކުރަން ދަރުބާރުގޭގައި ރޭ ބޭއްވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވި އެވެ.

އާ ޕްލޭންގައި ހިމެނޭ ކަންތައްތައް

  • 25 މިލިއަން ފަސިންޖަރުނަށް ހިދުމަތް ދެވޭ އާ އާމިނަލް އެއް، (މިހާރު ތަރައްގީކުރަމުން އަންނަކީ ހަތް މިލިއަން ފަސިންޖަރުނަނަށް ހިދުމަތް ދެވޭ ޓަމިނަލް އެއް)
  • ގަޑިއަކު 2000 ޕަސެންޖަރުނަށް ހިދުމަތް ދެވޭ އާ ޑޮމެސްޓިކް ޓާމިނަލް އެއް. (މިހާރު ހިދުމަތް ދެވެނީ ގަޑިއަކު 300 ފަސިންޖަރުނަށް)
  • ޕްރައިވެޓް ޖެޓްތަކަށް ހާއްސަ ޓާމިނަލެއް
  • އަގުހެޔޮ އެއާލައިންތަކަށް ގަޑިއަކު 1000 ޕަސެންޖަރުނަށް ހިދުމަތް ދެވޭ ލޯ ކޯސްޓް ކެރިއާ ވަކި ޓާމިނަލެއް
  • ސީޕްލޭންގެ ވަސީލަތްތައް ތަރައްގީކޮށް ފުޅާކުރުން (މިހާރު ހުރި ޓާމިނަލް ވަކިން އެހެން ރަށަކަށް ބަދަލުކުރުން، އަދި އެއާޕޯޓާ ގުޅައިލުން)
  • ފިއުލް ކެޕެސިޓީ 100 މިލިއަން ލިޓަރާ ހަމައަށް އިތުރުކުރުން
  • މުޅިން އާ އެމްއާރުއޯ ޕެސިލިޓީ އެއް ގާއިމު ކުރުން
  • ކާގޯ ޓާމިނަލް 100،000 މެޓްރިކް ޓަނުން 300،000 މެޓްރިކް ޓަނަށް އިތުރު ކުރުން
  • މަތިންދާ ބޯޓު ޕާކުރެވޭނަ ޖާގަ 34 އިން 73 އަށް އިތުރުކުރުން
  • ޝަރީފް ވިދާޅުވީ އާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ގެންްދިއުމަށް ބޭނުންވާ ޓާކްސްފޯސްތައް އުފައްދާ މަސައްކަތްތައް އިންތިޒާމުތައް ރާވާފައިވާ ކަމަށެވެ. އާ ޕްލޭނަށް ހަރަދުވާނެ ފައިސާގެ އަދަދެއް ޝަރީފް ހާމައެއް ނުކުރައްވަ އެވެ.

މިހާރު ކުރިއަށްދާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ފެށީ 2016 ވަނަ އަހަރުގެ މޭ މަހު އެވެ. އެ ޕްރޮޖެކްޓުގައި ހިމެނޭ ބޮޑު ޓާމިނަލްގެ ގިނަ މަސައްކަތްކޮށް، މިހާރު އެ ފެންނަން ހުރި ޑިޒައިންނާ އެއްގޮތަށް އެތަން ބަދަލުކޮށްލީ ކުރީގެ ސަރުކާރުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox