އާޒިމްގެ ޕްލޭނަކީ ވަޅޯމަސް މާރުކޭޓު ހުރި ތަނަށް ރޯމަސް މާރުކޭޓު ބަދަލުކުރުން

ރޯ މަސްމާރުކޭޓު -- ފޮޓޯ: އަދަދު

ރޯ މަސްމާރުކޭޓު -- ފޮޓޯ: އަދަދު

މަސް ދޯނިން ދޯނިން މާރުކޭޓަށް މަސް ބޭލޭ ގޮތް ހެދުމަށްޓަކައި މިހާރު ވަޅޯމަސް މާރުކޭޓު ހުރި ތަނަށް މާލޭ ރޯމަސް މާރުކޭޓު ބަދަލު ކުރާނެ ކަމަށް މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓުފޯމް، އެކްސް (ކުރީގެ ޓްވިޓާ) ސްޕޭސްގައި ކުރިއަށް ގެންދިޔަ ފޯރަމެއްގައި އާޒިމް ވިދާޅުވީ މަގު ހުރަސްކޮށް މާރުކޭޓަށް މަސް ގެންދަން ޖެހުމުގެ ބަދަލުގައި، މިހާރު ވަޅޯމަސް ހުރި ތަނަށް ރޯމަސް މާރުކޭޓު ބަދަލުކޮށްފި ނަމަ މަސްވެރިންނަށް އެތައް ފަސޭހައެއް ލިބި، މަހުގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ވެސް ބޮޑުވާނެ ކަމަށެވެ.

"މަސް މާރުކޭޓު ހުރި ތަން އަޅުގަނޑު ބަދަލުކުރަން ބޭނުންވަނީ ވަޅޯމަސް މާރުކޭޓު ހުރި ތަނަށް، އޭރުން އެ ހިސާބުގަނޑު ވެސް [މިހާރު ރޯމަސްމާރުކޭޓު ހުރި ސަރަހައްދާއި މަގު] ސާފުތާހިރު ވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

"ގަންނަ މަހަކީ ރަނގަޅު މަސްކަން ޔަގީން ކުރެވޭނެ ނިޒާމު މަސް މާރުކޭޓުގައި ހުންނަން ޖެހޭނެ، ވިއްކާ މަހަކީ ކޮލިޓީ ރަނގަޅު މަސްކަން ޔަގީން ކުރެވޭނެ ލެބެއް (މަސް މާރުކޭޓުގައި) ގާއިމުކުރަނަށް."

އާ ރޯމަސް މާރުކޭޓު ތަރައްގީ ކުރާނީ، އެ ސަރަހައްދުގެ އެއްބައިގައި ހިތްފަސޭހަ ކޮށްލަން ތިބެވޭނެ ގޮތަށާއި، ދަތުރުވެރިންނާއި އެހެން މީހުންނަށް ފާހާނާ ކުރެވޭނެ ގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

މާރުކޭޓު ބަދަލުކުރުމުގެ އިތުރުން، އާޒިމް އެންމެ އިސްކަމެއް ދެއްވާނެ ކަންކަމުގެ ތެރޭގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަ ތަނެއް ހެދުން ހިމެނެ އެވެ. ބުޅާތައް ގެންގުޅޭނެ އިމާރާތް ހަ މަސް ދުވަސްތެރޭގައި ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިކެޓަރު ކަމުގައި ހުންނަވާ ކާމިޔާބު ގިނަ ޕްރޮޖެކްޓަކެއް ހިންގަވާފައިވާ އާޒިމް ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރައްވާ، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މާލެ އަކީ ތަފާތު ތަނަކަށް ހައްދަވާނެ ކަމަށެެވެ.

"އަޅުގަނޑު ބުނި ކަމެއް ވިއްޔާ މިހާތަނަށް ހާސިލު ކޮށްފައި އޮންނާނީ. މާލީ ދާއިރާގެ ތަޖުރިބާ ހުރުމާއިއެކު އަޅުގަނޑަށް ވަރަށް ބޮޑަށް މި ކަންތައްތަކަށް ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބައެނގޭ،" އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox